މަސައްކަތުގެ މާހައުލުގައި އަދި ދަތުރު ގޮސް އުޅޭއިރުވެސް އަޅުގަނޑުމެންގެ ތެރެއިން ދެ ޖިންސުގެ މީހުން ތޮފި އަޅައެވެ. އަނެއް ބަޔަކު ފެޝަނަކަށް އަޅާއިރި ބައެއް މީހުން ތޮފި އަޅަނީ ބޮލުން އިސްތަށިފައިވާތީ އެކަން ފޮރުވުމަށެވެ.

ސައިންވެރިން ބުނާ ގޮތުގައި ތޮފި އެޅުމުން ލިބޭ ގެއްލުން، ލިބޭ ފައިދާ ވުރެން ބޮޑުވާނެއެވެ. ތޮފި އެޅުމުން، އިރުން ދޭ ޔޫ.ވީ ގެ ގެއްލުންތަކުން އެ މީހެއްގެ ބޮލާއި މޫނު ރައްކާތެރިކޮށްދިނަސް ކުރުކޮށް ބުނާނަމަ ތޮފި އެޅުމުން އިސްތަށި ކުރަކިވެ އަވަހަށް ފައިބައެވެ.

ދިރާސާއަކުން ދައްކާގޮތުގައި އިސްތަށި ފޭބުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރަނީ ޖެނެޓިކްސް އަންހެނުންވެސް އަދި ފިރިހެނުންގެވެސް އިސްތަށި ފޭބުމަށް މެދުވެރިވަނީ "ޑެއިހައިޑްރޮސް ޓެސްޓެސްޓެރޯން" ކިޔާ ހޯމޯންއަކުންނެވެ.

އިސްތަށި ފޭބުމަށް މެދުވެރިވާ އެހެން ބައިވަރު ސަބަބުތައް ހުރެދާނެއެވެ. ބާރަށް އިސްތަށިގަނޑު ގަތާފައި ތޮފި އެޅުމުން ހެެއަރ ފޮލިކަލްސް އަށް ބާރުކުރެއެވެ. މި ގޮތަށް ގިނަ އަހަރުތަކެއް ވަންދެން ފޮލިކަލްސްތަކަށް ބާރުކުރުމުން އިސްތަށި ފައިވަން މެދުވެރިވެދާނެއެވެ.

ގިނަ މީހުން، ފޮލިކަލްސްތަކަށް ބާރުކުރާ ވަރަށް ތޮފި ނާޅަ ދާނެއެވެ. ހަންގަނޑުގައި ތޮފި އެޅިކަމުގެ އަސަރު ފެންނަ ހުންނަވަރުގެ ބާރު ތޮފި އަޅާނަމަ، އެއަށްވުރެން ދޫ ތޮތްޕެއް އެޅުމަކީ ބުއްދިވެރިކަމެކެވެ.

އަވިދޭއިރު ބޮލުން ދާ ހިއްލަނިކޮށް ތޮފި އަޅާކަމުގައި ވާނަމަވެސް ބޮލުން އިސްތަށި ފައިބާނެއެވެ.

ބާރުކޮށް، ގިނަ އިރުތަކެއް ވާންދެން، ނުވަތަ މިގޮތަށް ގިނަ ދުވަހު ތޮފި އަޅާކަމުގައިވަނީނަމަ އިސްތަށިގަނޑަށް މިކަމުގެ އަސަރު ކޮށްދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    ދެން މަމެން ބުރުގާ އަޅާ މީހުން ބޮލުގަ ނުހުންނާނެތާ ދޯ އެންމެ އިސްތައްޓެއްވެސް.... ކިޔާފާނެ ކޮންމެ އެއްޗެއްވެސް ދެން ހަމަ

    3
    1