ހިތުގެ މައްސަލަތައް މެދުވެރިވެ ހާޓް ޓްރާންސްޕްލާންޓް ހަދަން ޖެހިފައިވާ އެތައް މިލިއަން މީހުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެއެވެ. މިއީ ވަރަށް އަގުބޮޑު ކަމަކަށް ވާއިރު، މިކަން ކުރުމަށް ފައިސާ ނުލިބި އެތައް ބަޔަކު މަރުވެސް ވެއެވެ. ނަމަވެސް، އިނގިރޭސި ވިލާތުގެ ޑޮކްޓަރެއް މިވަނީ މިކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ފަށައިފައެވެ.

ސާ ޓެރެންސް އިންގްލިޝް އަކީ މީގެ 40 އަހަރު ކުރިން އިނގިރޭސި ވިލާތުގެ ފުރަތަމަ ހާޓް ޓްރާންސްޕްލާޓް ހެދި ޑޮކްޓަރެވެ. އޭނާ މިހާރު އަންނަނީ އިންސާނުންގެ ހިތުގެ ބަދަލުގައި އޫރުގެ ހިތް ބޭނުން ކުރުމަށް މަސައްކަތް ކުރަމުންނެވެ. އުމުރުން 87 އަހަރުގެ ޓެރެންސް ގަބޫލު ކުރާ ގޮތުގައި ކުރިއަށް އޮތް 3 އަހަރު ތެރޭގައި މިކަން ކުރެވޭ ވަރު ވާނެއެވެ.

އޫރުގެ ހިތެއް

ޒެނޮޓްރާންސްޕްލާންޓޭޝަން ނުވަތަ އެއް ދިރޭ އެއްޗަކުން އެހެން ދިރޭ އެއްޗަކަށް ޓިޝޫ އާއި ގުނަވަން ބަދަލު ކުރުމަކީ މީގެ ކުރިންވެސް ކޮށްފައި ވާ ކަމެއް ކަމެކެވެ. ޑަކްޓަރުން މިހާރު އަންނަނީ އޫރުގެ ކިޑްނީ އިންސާނުންނަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ކަންވެސް ފާހަގަކޮށްލެވެއެވެ.

މިކަމާއި ގުޅިގެން ޓެރެންސް އިތުރަށް ބުނެފައި ވަނީ މި މަސައްކަތް ކުރާތީ ޖަނަވާރު ތަކުގެ ހައްގުތަކަށް މަސައްކަތް ކުރާ މީހުން ހިތްހަމަ ނުޖެހޭ ކަމަށާއި ނަމަވެސް، ޖަނަވާރުންގެ ފުރާނަ އަށް ވުރެން އިންސާނުންގެ ފުރާނަ މާ މުހިއްމު ވާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބަރުބަރީ

  ކީއްވެތަ ކޮމެންޓެއް ނެތީ؟

  • ހުސޭނުބޭ

   އަހަރެމެންގެ ތެރޭގައި ނޫލޭ އެއްޗަކަށް ވާތީވެ ބުނާނެ އެއްޗެއް ނޭގެނީ.

 2. ޕިގް

  ދީނީ އިލްމުވެރިން ބުނަނީ އޫރުމަސް ކެއުން އެކަންޏޭ ހަރާމް މިވަނީ. އޫރުގެ ހިތް ބޭނުންކޮށްގެން އިންސާނެއްގެ ފުރާނަ ސަލާމަތް ކުރެވެންޏާ އެކަމުގައި އެއްވެސް ގޯހެއްނެތޭ.
  ދަލީލަކަށް މިއާޔަތް:
  وَقَدْ فَصَّلَ لَكُم مَّا حَرَّمَ عَلَيْكُمْ إِلَّا مَا اضْطُرِرْتُمْ إِلَيْهِ ۗ - 6:119 al-An’aam
  “while He has explained to you in detail what is forbidden to you, except under compulsion of necessity”

 3. Anonymous

  ތި ޑޮކްޓަރު މަންމަ ހަނދާންކޮށްބަލަ ހުރެގެން. އޫރުމަހަކީ ޖަރާސީމުން ފުރިގެންވާ އެއްޗެއް. ހަމަބުއްދި ނުހުންނަ އެއްޗެހިން މިތިބެނީ ޑިގްރީ ނަގާ މާސްޓަރސް ނަގައިގެން.

  8
  2