އަހަރެމެން އެންމެންވެސް ސްކޫލަށް ދާ ފުރަތަމަ ދުވަހު ވަރަށް މަޖާ ކުރާނެއެވެ. ހަމަ އެގޮތަށް ފޮޓޯ އިން އެ ފެންނަ ގްލަސްވެޖިއަން ލޫސީ ވެސް މިވަނީ ޓާމް ބްރޭކަށް ދިޔަ ފުރަތަމަ ދުވަހު ވަރަށް މަޖާ ކޮށްލާފައެވެ. އޭނާ މަޖާ ކުރި ވަރު ސްކޫލަށް ދިއުމުގެ ކުރިން ނަގާފައިވަ ފޮޓޯ އާއި ސްކޫލުން ގެއަށް އައިސް ނެގި ފޮޓޯ އިން ވަރަށް ރީއްޗަށް ފެންނަށް ހުރި އިރު، މީސް މީޑިއާގައި އެތައް ހާސް ބަޔަކު އަންނަނީ ލޫސީގެ ފޮޓޯ ޝެއާ ކުރަމުންނެވެ.

7 ހަފްތާގެ ބްރޭކަކަށް ފަހު އުމުރުން 5 އަހަރުގެ ލޫސީ ސްކޫލަށް ދިޔައީ ވަރަށްވެސް ނަލަ ހެދިގެންނެވެ. ލޫސީ "ކިއުޓް" ކަމަށް ގިނަ ބަޔަކު ދެކޭ އިރު، އޭނާ ސްކޫލުން ގެއަށް އައި އިރު ހުރީ ބޯވެސް ހާވާލާއި، ޖަހާފައި އިން ދަތިވެސް އެހެން ދިމާލެއްގައެވެ.

ލޫސީ ގެއަށް ދިޔަ އިރު ހުރި ގޮތް

ލޫސީގެ މަންމަ މި ދެ ފޮޓޯ ހިއްސާ ކުރުމަށް ފަހުގައި ބުނެފައި ވަނީ ލޫސީ އާއްމު ގޮތެއްގައި ގެއަށް އަންނަ އިރު ހުންނަނީ ރީއްޗައް ނަމަވެސް، ގިނަ ދުވަސްތަކަކަށް ފަހު ރައްޓެހިންނާއި ބައްދަލު ވުމުން އޭނާ މަޖާ ކުރީ ކަމަށް ބެލެވޭ ކަމަށެވެ.

ލޫސީގެ ފޮޓޯ އަށް ކޮމެންޓު ކުރި ބައެއް މީހުން ބުނެފައި ވަނީ އެ ސްކޫލުގައި ވިންޑް ޓާބައިން އެއް ހުންނަނީ ކަމަށް ވެދާނޭ ކަމަށެވެ. މިހެން ބުނެފައި ވަނީ އޭނާގެ ބޯ މާ ބޮޑަށް ހޭވިފައި ހުރުމުންނެވެ. ނަމަވެސް އަހަރެމެންނަށް ލޫސީ އާއި ދިމާލަށް އެއްޗެހި ކިޔޭކަށް ނޯންނާނެއެވެ. ސަބަބަކީ، އަހަރެމެންވެސް ސްކޫލް ދައުރުގައި ގެއަށް ދާއިރު ތިބެނީ މިހެން ކަމުގައި ވާތީއެވެ. ސްކޫލް ދައުރު މަތިން އަދިވެސް ހަނދާން އެބަހުރި ހެއްޔެވެ؟ އެހެން ވެއްޖެ ކަމުގައި ވަނީނަމަ ސްކޫލް ނިންމާފައި މިފަދަ ގޮތަކަށް ގެއަށް ދިޔައީ ކޮން ބައެއްކަން ބުނެދީ ބަލާށެވެ.