ސްޕޭންގެ ޕޮޕް ލަވަކިޔުންތެރިއެއް ކަމަށްވާ ޖޮއާނާ ސެއިންޒް އާދީއްތަ ދުވަހު ޝޯއެއް ހުށަހަޅަން ސްޓޭޖް މަތީގައި ހުއްޓާ ގައިގަ އަލިފާން ރޯވެގެން މަރުވެއްޖެއެވެ.
އުމުރުން 30 އަހަރުގެ އަންހެން ލަވަކިޔުންތެރިޔާގެ ގައިގަ އަލިފާން ރޯވީ ޝޯގެ ތެރެއިން އަލިފާނުގެ ކުޅިވަރެއް ދައްކާލަން އުޅުމުގެ ތެރޭގައެވެ.
މިހާދިސާ ހިނގީ ސްޕޭންގެ ލަސް ބާލަނަސް ގައި އާދީއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ފެސްޓިވަލެއްގެ ތެރެއިންނެވެ.
މީޑިއާތަކުން ބުނާ ގޮތުގައި ޖޮއަނާގެ ގައިގަ އަލިފާން ރޯވީ އޭނާ ލަވަކިޔަމުން ދިޔަ ސްޓޭޖްގެ ދެކޮޅުގައި އަލިފާނުގެ ކުޅިވަރުތައް ކުޅެމުން ދަނިކޮށް އެއިން އެއް އަލިފާންގަނޑު ކޮންޓްރޯލް ނުކުރެވި ޖޮއަނާގެ ގައިގަ ރޯވެގެންނެވެ.
އަލިފާނުގެ ކުޅިވަރުތައް ކުޅެން ބޭނުން ކުރި ޑިވައިސްއެއް ގޮވާ އަލިފާންގަނޑު އިތުރަށް ފެތުރިގެން ދިޔަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ޖޮއަނާގެ އިތުރުން އިތުރު މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ޖޮއަނާގެ ގައިގަ އަލިފާން ރޯވުމާއި އެކު އެސަރަހައްދުގައި ތިބި މީހުން ވަނީ ވަގުތުން އޭނާ އަށް އެހީތެރިވުމުގެ މަސައްކަތް ފަށާފައެވެ. ކައިރީގައި ހުރި ހޮސްޕިޓަލަކަށް ވަރަށް އަވަހަށް އޭނާ ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް ގިނަ އިރުތަކެއް ނުވެ އޭނާ ވަނީ މަރުވެފައެވެ.
ފުލުހުން ބުނީ ޖޮއަނާ މަރުވި މައްސަލަ މިހާރު ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ. މައްސަލަ ތަޙްޤީޤު ކުރަމުންދާތީ ފުލުހުން މިކަމާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ނުދެއެވެ.
ﷲ ގެޢަޒާބަށް ބިރުވެތިވެ މިފަދަކަންކމުން އިބުރަތް ހާސިލްކުރަމާތޯ.
سبحان الله މަރުވެގެން އެދިޔައީވެސް އަލިފާނުގެ ވޭނުގަ! ދެން ވެސް އޮތީގަދަފަދަ އަލިފާނުގެ ޢަޒާބު !! މީސްތަކުންނޭ މިފަދަ ކަންތައްތަކަކީ ދިރިތިބީންނަށް ލޮލަށް ފެންނަން ހުރި ޢިބްރަތް ތަކެވެ! އަދިވެސް އިސްލާހުވާކަށް ނުވޭތޯ ؟؟؟
ސުބްޙާނަﷲ މިފަދަ ކަންކަމުން އިބުރަތް ޙާސިލްކުރަންވީ މިޙާދިސާގަވެސް ނިމިދިޔައީ ހަމަ ﷲގެ އަޅެެއް އެކަމަކު މާތްﷲ ރުހިވޮޑިގެންނުވާ ކަމެއްގެތެރޭގަ މަސްޢޫލްވެއުޅެނިކޮށް މަގޭ ދަރިންނޭ، އަޙުންނޭ، އުހުތުންނޭ އެކުވެރިންނޭ ﷲގެ ކޯފާއަށް ހުށަހެޅިދާނެ އެއްވެސްކަމަކަށް އަރައިނުގަންނާތި. މާތްﷲގެ އިރާދަފުޅު މިފަދަ ކަންކަމުން އަޅަމެން ސަލާމަތްކޮށް ރައްކާތެރި ކުރައްވާށި. އާމީން
ﷲ އަކްބަރް... ކޮން ބައެއްބާ ކޮމެންޓް ތަކަށް ޑިސްލައިކް މި ޖަހަނީ... ކުރަން ހުރީ ގޯސް ކަމެއްކަން ގަބޫލު ނުކުރާ މީހުން ދޯ
އަލިފާންރޯވީމާ އަލިފާންރޯވި ވާހަކަ. އުޅެވޭގޮތެއް ހިތަކަށްނާރާ.
ސުއޫދު ކޮބާ