ފަސްގަޑިއިރު ވަންދެން ކާރެއްގެ ތެރޭ ތާށިވެފައި އޮތް ފަސް އަހަރުގެ ކުއްޖަކު ނޭވާ ހާސްވެގެން މަރުވެއްޖެއެވެ.

އިންޑިއާ ޕޫން އަވަށުގައި މި ހާދިސާ ހިނގަން މެދުވެރިވީ އެއްލާލާފައި އޮތް ކާރެއްގެ ތެރެއަށް އެ ކުއްޖާ ވަދެ ކުޅެމުން ދަނިކޮށް އަމިއްލައަށް ކާރު ތަޅުލެވިގެންނެވެ. އެ ކުއްޖާއަށް ކާރުގެ ތަޅު ހުޅުވަން ނޭގުނީއެވެ.

ފުލުހުންނާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތައް ބުނާގޮތުގައި، އެ ކުއްޖާގެ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް އަދާފައި ހުރި ތަންތަން ހުއްޓެވެ.

ކަރަން ޕަންޑޭ ނަމަކަށް ކިޔާ އެ ކުއްޖާ ބޭރަށް ގޮސްފައި ވަނީ އޭނާ ދިރިއުޅޭ ސަރަހައްދުގައި އުޅޭ އޭނާ ރަހުމަތެރިންނާއި އެކުގައެވެ. ފުލުހުން ބުނާގޮތުގައި އެ ދުވަހަކީ ހޫނު ދުަވަހެއްކަމުން އެއްލާލާފައި އެ ކާރަށް ކަރަން އެރީ ފިނިކޮށްލުމަށެވެ. ކަރަން އެ ކާރަށް އަރައި ކާރާއި ކުޅެމުން ދަނިކޮށް އޭތީގެ ތަޅު ލެވުނީއެވެ. އަދި އޭނާއަށް އެއްވެސް ގޮތަކަށް ބޭރަށް ނުކުމެވޭ ގޮތް ނުވީއެވެ.

ފުލުހުން ބުނީ، އެއީ ކާކުގެ ކާރެއްކަން ނޭގޭ ކަމަށާއި، އެތަނުގައި އެ ކާރު އޮންނަތާ ހަފްތާއެއްހާ ފުވަސް ވެދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުއުމިން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ