ގިނި ހިލަ ވެއްޓިގެން އައިސް ދުނިޔޭގައި ޖެހޭއިރު ކުދިކުދި ވެގެން ދެއެވެ. އޭގެ އެތިކޮޅުތަށް ހޯދުމަކީ އެހާ ފަސޭހަކަމެއް ވެސް ނޫނެވެ. އެކަމަކު މިއަދު ދައްކަން މިއުޅެނީ މި އެތިކޮޅުކޮޅު ހޯދާ ފަރާތެއްގެ ވާހަކައެވެ.

ޗައިނާގެ އަވަށެއް ކަމަށްވާ ޝެންހާއީ އަށް ބަލާއިރު މި މީހާ މުޅި ދުވަސް ހޭދަކުރަނީ މަދުން ނޫނީ ނުފެންނަ އެހެން ގޮތަކަށް ބުނާނަމަ ހޯދަން އުނދަގޫ ގިނި ހިލައިގެ އެތިކޮޅު ކޮޅު ހޯދުމަށެވެ.

އުމުރުން 37އަހަރުގެ ހެންގް އަކީ ވަރަށް އާދައިގެ ޓްރެއިނިންގ އެއް ފުރިހަމަ ކޮށްފައިވާ އެހެންނަމަވެސް ހުނަރާއި ވިސްނުމުން ފުރިފައިވާ މީހެކެވެ. އޭނާ މިކަމަށް ޝައުގުވެރިކަން ޖެހިފައިވަނީ 2009 ޗައިނާގެ ދެކެނު ހިސާބަކުން ފެނުނު ގިލަ ހިލަ ވެއްޓޭ މަންޒަރުތަކުންނެވެ. އޭގެ ފަހުން އޭނާ ވަނީ ގިލަ ހިލަ އާއި ބެހޭ ގޮތުން ކުޑަކޮށް ދިރާސާތަކެއް ހަދާފައެވެ.

އެކަން ކުރަން އޭނާ ހިތްކިޔާފައި ހުރިވަރުން 2012 ވަނީ ގިނި ހިލަ އެންމެ ގިނައިން ފައިބާ ސަރަހައްދު ކަމަށްވާ، ރަޝިއާ، ފްރާންސް، އަދި ޗައިނާގެ ހަނަފަސް ސަހަރާތަކަށް މެޓަލް ޑިޓެކްޓަރ ހިފައިގެން ގޮސްފައެވެ.

އޭގެ ފަހުން އޭނާ ބުނެފައިވަނީ އެންމެ ގިނައިން ގިނި ހިލަފައިބާ ސަރަހައްދުތައް ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން އެންމެ ގިނައިން ފައިބާ ސަރަހައްދަކީ ޗައިނާގެ އިރުމަތީ އޮންނަ ޒިންޖިއަން އަށް ކަމަށެވެ. އެހެންނަމަވެސް އޭގެ އެތިކޮޅުތައް ހޯދުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ވަނީ ބުނެފަައެވެ. އޭނާ ވަނީ މިކަމަށް ހާއްސަ ޓީމު ތަކަށްވެސް އެހީތެރިކަމުގެ އަތެއް ފޯރު ކޮށްދީފައެވެ. އަދި އެފަރާތްތަކުން ވަނީ އޭނާ އަށް ޝުކުރުވެސް ދަންނަވާފައެވެ.

ހެންގެ ބުނީ، 20 ވަރަކަށް ފަހަރު އޭނާ އަށް ޒިންޖިއަން އަށް ދެވުނު ކަމަށާއި އެހެން ނަމަވެސް ހިލައިގެ އެތިކޮޅެއް ފެނިފައިވަނީ އެންމެ ފަހަރުކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު