މީސް މީޑިއާގައި ހޯދާފައިވާ ސަމާލުކަމުގެ ސަބަބުން ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ އޮސްޓްރޭލިއާގެ އުމުރުން 20 އަހަރުގެ ކިމްބާލީ ސަމާ ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް ކުއްލިއަކަށް ގެއްލިއްޖެއެވެ.

މިހަފްތާގައި ކައިވެނި ކުރަން ހަމަޖެހިފައި އޮތް ކިމްބަލީ ގެއްލުނީ މިމަހުގެ 01 ވަނަ ދުވަހު އެވެ. އޭނާ އެންމެ ފަހުން ފެނުނީ ކްއީންސްލޭންޑްގެ ސާފާސް ޕެރަޑައިސް ނަމަކަށް ކިޔާ ހޮޓަލުންނެވެ. އެހޮޓަލުގައި އޭނާ ހުރީ ވަރަށް ގާތް ދެ ރަހުމަތްތެރިންނާއި އެކުއެވެ.

ކިމްބަސީގެ ރަހުމަތްތެރިޔަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ކިމްބަސީއަށް ވީގޮތެއް ލަފާކޮށްލަން ވެސް އަދި ނޭނގޭ ކަމަށެވެ.

"ކިމްބަލީ އަކީ އަމިއްލަ ނަފްސަށް ވަރަށް އިތުބާރުކުރާ، ހިތްހެޔޮ، މީހުންނަށް އަޅާލާ، އޯގާތެރި މީހެއް. އޭނާ ހަމައެކަނި އެޑިކްޓް ވެފައި ވަނީ މީސް މީޑިއާއަށް. އަހަރެމެންނަކަށް ނޭނގޭ ބުނާކަށް ވެގެން އުޅޭ ގޮތެއް." ރަހުމަތްތެރިޔާ ބުންޏެވެ.

ބައެއް މީހުން މީސް މީޑިއާގައި ބުނެފައި ވަނީ ކިމްބަލީ އޭނާގެ ސިއްރު ލޯބިވެރިޔަކާއި އެކު ވަނީ ފިލާފައެވެ. ނަމަވެސް އެކަން ވެސް މުޅިން ކަށަވަރެއް ނުވެއެވެ.

ކިމްބަލީގެ ޚަބަރެއް ނުވާތީ އޭނާގެ ރަހުމަތްތެރިން މިހާރު ވަނީ ކިމްބަސީ ގެއްލިފައިވާ މަަައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.

ކިމްބަލީ ގެއްލުނު ރޭ އޭނާ ވަނީ ކައިވެނި ޕާޓީއެއްގައި ބައިވެރިވެފައެވެ. އެހެންކަމުން ކައިވެނި ޕާޓީގައި ބަނގުރާ ބޮއެގެން ހުއްޓާ މީހަކު ނުވަތަ ބަޔަކު އޭނާ ވަގަށް ނަގައިގެން ގެންދިޔައީ ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މިމައްސަލައިގައި ފުލުހުން އަދި އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު