އެޕަލް އައިފޯން 11 އާއި އައިފޯން ޕްރޯގެ ދެވާޝަނެއް މިރޭ ލޯންޗް ކޮށްފިއެވެ.

އެޕަލް އައިފޯން 11 ގެ 6 ކުލައެއް ނެރޭނެއެވެ. އޭގެތެރޭގައި ހުދު، ރީނދޫ، ކަޅު، ރަތް، ފެހި އަދި ދަނބު ކުލަ ހިމެނެއެވެ.

އެޕަލް އައިފޯން 11 ގެ ކެމެރާއަށް ބޮޑެތި ކުރިއެރުންތައް ގެނެސްފައިވެއެވެ. މި ފޯނުގައި ވެސް ދެ ބެކް ކެމެރާ ހުންނާނެއެވެ. މި ކެމެރާއަކީ މިހާތަނަށް ސްމާޓް ފޯނަކުން އެންމެ ކްއެލިޓީ ރަނގަޅު ވީޑިއޯ ރެކޯޑުކޮށްލެވޭ ކެމެރާއެވެ.

އެޕަލް އައިފޯން 11 ޕްރޯގެ ދެ ވާޝަނެއް ނެރެއެވެ. މިއީ ތިިން ކެމެރާ ހިމެނޭ ފޯނެކެވެ. މި ފޯނުގެ ފަހަތުގައި ބޭނުންކޮށްފައި ވަނީ މެޝިން ގްލާސްއެވެ. މި ފޯނުގެ ހަތަރު ކުލައެއް ނެރޭނެއެވެ. އޭގެތެރޭގައި ސްޕޭސް ގްރޭ، ސިލްވާ އަދި ގޯލްޑްގެ އިތުރުން މުޅި އަލަށް ނެރޭ ކުލައެއް ކަމަށްވާ "މިޑްނައިޓް ގްރީން" ހިމެނެއެވެ.

އެޕަލް އައިފޯން 11 ޕްރޯގައި ތިން ބެކް ކެމެރާ ހުންނައިރު އޭގެތެރޭގައި ހިމެނެނީ 12 މެގަޕިކްސަލްގެ ވައިޑް ކެމެރާ އަކާއި، 12 މެގަޕިކްސަލްގެ ޓެލެފޮޓޯ ކެމެރާ އަކާއި، 12 މެގަޕިކްސަލްގެ އަލްޓްރާ ވައިޑް ކެމެރާ އެކެވެ.

އައިފޯން 11 ޕޮރޯގެ ފަށާ އަގަކީ 999 އެމެރިކާ ޑޮލަރެވެ. އައިފޯން 11 ޕްރޯ މެކްސްގެ ފެށޭ އަގަކީ 1099 އެމެރިކާ ޑޮލަރެވެ. މި ފޯނަށް މިމަހުގެ 20 ވަނަ ދުވަހުން ފަށައިގެން އޯޑަރު ކުރެވޭނެއެވެ.
އެޕަލް އިން މިރޭ ވަނީ އައިފޯންގެ އިތުރުން ވެސް އެކުންފުނީގެ ބައެއް އުފެއްދުންތައް ދައްކާލާފައެވެ.

އެޕަލް އިވެންޓްގެ ހާއްސަ ކަވަރޭޖް