އެމެރިކާގެ 56 އަހަރުގެ ވިކްޓޯރިއާ ތޯމަސް ފްރެބަޓް ނަމަކަށް ކިޔާ އަންހެނަކު އޭނާގެ 61 އަހަރުގެ ފިރިމީހާ ޖޭމްސް ފްރެބަޓްގެ ޖިންސީ ގުނަވަން ބުރިކޮށްލުމަށްފަހު، ފިރިމީހާގެ ހަށިގަނޑަށް އިތުރު އަނިޔާތަކެއް ދީފިއެވެ.

މިހާދިސާ ހިނގީ އެމެރިކާގެ ކެލިފޯނިއާގެ އުތުރުގެ ސަރަހައްދެއްގައި މިދިޔަ ހަފްތާގައެވެ. މިމައްސަލައިގައި ވިކްޓޯރިއާ ވަނީ މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނީ ވިކްޓޯރިއާ އޭނާގެ ފިރިމީހާ އަށް ހަމަލާ ދިނީ ފިރިމީހާ ބަނުމަށް ފަހު ކަމަށެވެ. ވިކްޓޯރިއާ ހައްޔަރުކޮށް ތަޙްޤީޤުގައި ސުވާލު ކުރަމުން ގެންދާ ކަމަށާއި ނަމަވެސް މިއީ ކީއްވެ ފިރިމީހާ އަށް ދިން ހަމަލާއެއްކަން ވިކްޓޯރިއާ އަދި ނުބުނާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހާދިސާ ހިނގި ކަމުގެ ރިޕޯޓް ލިބުނުތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޖޭމްސް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލަތާއި ގުޅޭ ގޮތުން އެއްވެސް ފަރާތަކުން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ވިކްޓޯރިއާ ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރަން ކޯޓަށް ގެންދިއުމުން ވަނީ އެއް ހަފްތާ ދުވަހު ބަންދުގައި ބަހައްޓަން އަމުރު ދީފައެވެ. އަދި އެއްލައްކަ އެމެރިކާ ޑޮލަރު ބޮންޑުގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އެފައިސާ އޭނާ އަދި ދައްކާފައި ނުވާތީ ކަފާލާތުގެ ދަށުން ދޫކޮށެއް ނުލައެވެ.

ވިކްޓޯރިއާގެ މައްޗަށް ވަނީ މީހަކު ކިޑްނެޕްކޮށް، މަރާލެވިދާނެ ފަދަ ހަމަލާއެއް އޭނާ އަށް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

ވިކްޓޯރިއާ ދެން ކޯޓަށް ގެންދާނީ އަންނަ ބުދަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހިތާނު

    ހިތާނު ނުކޮށްހުރީމަ ހިތާނުކުރަން އުޅުނީ އެކަމަކު ފިރިސޮޜު އެވަގުތު ތެޅިގަތީމަ ބުޑުން ބުރިވީ

    5
    1