އެކި ބާވަތުގެ ރިހަތައް ކެއްކުމަށާއި ތެތުލި ފަތް ހެދުމަށްވެސް ބޭނުން ކުރާ މުރަނގަ ތޮޅި އަކީ ދިވެހިންގެ ތެރޭގައި ވަރަށް އާއްމު އެއްޗެކެވެ. ނަމަވެސް، މުރަނގަ މަލޭ ބުނުމުން އެއީ ކޮން އެއްޗެއް ކަމެއްވެސް ގިނަ މީހުންނަކަށް ނޭނގޭނެއެވެ.

މުރަނގަ މަލަކީ ތެލުލިފަތް ހަދަން ބޭނުން ކުރާ ގަހުގައި އަޅާ މަލެކެވެ. މި މަލުގެ ބޭނުންތެރިކަން އަންހެނުންނަށް ވުރެން ބޮޑަށް ޖެހެނީ ފިރިހެނުންނަށެވެ. އެއީ ފިރިހެނުން މި މާ ބޭނުން ކުރުމުގެ ސަބަބުން ސިއްހީ އެތައް ފައިދާތަކެއް ލިބިގެން ދިއުމުގެ އިތުރުން، އެ މީހުންގެ ޖިންސީ ބާރުވެރިކަން އިތުރު ކޮށްދޭތީއެވެ.

ޑޮކްޓަރުން މައުލޫމާތު ދޭ ގޮތުގައި މުރަނގަ މަލުގައި ހިމެނޭ ވިޓަމިން ބީ3 އަކީ މި މައްސަލަ ހުންނަ ފިރިހެނުންނަށް ވަރަށް ބޮޑު އެހީއެއް ވެދޭ މާއްދާއެކެވެ. މައްސަލަ އެއް ނެތް ފިރިހެނުންވެސް މި މާ ކާން ޖެހޭ ގޮތުގައި ކައިގެން ގެއްލުމެއް ނުލިބޭނެއެވެ.

ފިރިހެނުންގެ ޖިންސީ ބާރު ދައްވާ ކަންކަމަށް ބަލައިލަމާ ހިނގާށެވެ. މިގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމާއި، މަސްތުވާތަކެތި ބޭނުން ކުރުމުގެ އިތުރުން މީހާގެ މެޓަބޮލިޒަމް މާ އަވަސް ވެއްޖެ ކަމުގައި ވަނީނަމަ މި މައްސަލަ ކުރިމަތިވުން ވަރަށް ގާތެވެ. މިއީ މިފަދަ މީހުންނަށް އާއްމުކޮށް ދިމާވާ ސިއްހީ މައްސަލަ އެއް ކަމަށް ދިރާސާތަކުން ހާމަވާ އިރުގައި އެކަންކަން ހުއްޓާލައި މެޓަބޮލިޒަމް ހަމައަކަށް އަޅުވަން ކުރެވެން ހުންނަން ކަންކަންވެސް ކުރަން ޖެހެއެވެ.

ކޮންމެއަކަސް، އެގޮތަށް ކަންތައް ކުރުމަށް ފަހު މުރަނގަ މަލުގެ ބޭނުން ހިފަން ވިސްނާށެވެ. އެހެން ނޫނީ އޭގެ އެންމެ އެދެވޭ ނަތީޖާ އެއް ނުފެނިދާނެއެވެ. މުރަނގަ މާ ބޭނުން ކުރާއިރު އެންމެ ފުރަތަމަ އެއް ތަށީގެ ކިރު އުނދުން މައްޗައް އުދާފައި ކުޑަކޮށް ހޫނު ކޮށްލާށެވެ. އެއަށް ފަހު މުރަނގަ މަލާއި ފޮނިތޮށީގެ އިތުރުން ކުޑަ ހަކުރު ކޮޅެއް އެ ކިރުތައް ތެރެއަށް އެޅުމަށް ފަހު ރަނގަޅަށް ކައްކާލާށެވެ.

މިގޮތަށް ކަންތައް ކުރުމަށް ފަހު ދުވާލަކަށް މީގެ އެއް ތަށި ބުއިމުން އޭގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެން ދާނެއެވެ. ބައެއް މީހުން ބުނާ ގޮތުގައި ހަފްތާ އެއްގެ ތެރޭގައިވެސް މިކަމުގެ ރަނގަޅު އަސަރުތައް ކުރަން ފަށައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. މާމިގިލީ މީހާ

  ތީ ވިހަ އެއްޗެއް. ވަގުތު ނޫހުގެ މީހުން ތީތި ބޮއިބަލަ. ނުބޯނެކަން ހަމަ ހުވާ. ޒަމްޒަމް ފެން ބޮއި ބަލަ. ހުރިހާ ބައްޔެއްވެސް ރަނގަޅުވާނެ. ދަރިން ނުލިބޭ މީހުންވެސް، ޒަމްޒަމް ފެނައް ކަޅުދިރި އަޅާގެން ބޮއިބަލަ. ދަރިންލިބޭނެ. މީވަރަށް އެފެކްޓިއުވް އެއްޗެއް..

  61
  11
  • މުރަނގަމާ

   މުރަނގަ މަލަކީ ވިހައެއްނޫން. ތެލުލާގެން ކާން ވަރަށް މީރުވެސް އެއްޗެއް. މަސްހުނިހަދާގެންވެސް ކާއެއްޗެއް. އަދި އެންމެރަނގަޅީ ފީރުމުރަނގަ ގަހުގެމާ. އެގަހުގެ މާކޯޅި ވަރަށްބޮޑުވާނެ.

   40
   1
   • ބޭނު ން

    ފީރުމުރަނގަ ގަސް މިހާރު މާލޭން ވަރަށް ނުފެނޭ. އެއީ ފަސްގަޑަށްވެސް ވަރަށް ރަގަޅު ބާވަތެއްގެ ގަހެއް.

    14
    2
    • ޞޯދުބެ

     ބޭނު ން ކައިރީގަ ބުނެލަން އޮތީ މާލެ އެއީ ވަރަށް ގަސް ގިނަ ތަނެއް ހޭ ?

     17
 2. ތޮޅި

  މުރަނގަ ތޮޅިއެއް ވަރު ނުވެއްޖިޔާ ރަނގަޅު

  68
  4
  • ޡީ

   ??????

   9
   2
 3. ހިޔަލަ

  ދަނޑުވެރިންނަށް ހާދަ ދެރަގޮތެކޭ މިވީ!
  މުރަނގަތޮޅިޔެއް ވިއްކާވެސް ތިނުލިބުނީ ތިވީ ގޮތުން!
  މިއުޅޭފިރިހެންވެރިން ގޭގޭ ގަސްގަހުގެ މާތަށް ވަގައް ނަގާން ގޮސްފީޔާ ތަދުބޭހައް ދޯ ވާނީ މުރަނގަތޮޅިވެސް!
  މާރުކޭޓުންވެސް މުރަނގަތޮޅިޔެއް ތިވީގޮތުން ނުލިބޭނެތާ!

  47
  3
 4. މޮރިންގާ ކަސްޓަމަރ

  އޯކިޑް މަގު މީޑިއާ ނެޓު ކައިރީ ހުންނަ 'އޮންވީ' ފިހާރައިގަ އެބަހުރި ތި މުރަނގަ ފަތުގެ ޕައުޑަރު އާ ކެޕްސޫލް ވިއްކަން. އެތައްގުނަ ފައިދާއެއް ލިބޭ އެއްޗެއް މުރަނގަ ނުވަތަ މޮރިންގާ ފަތަކީ.

  12
 5. ސާޔާ

  ކެއްކީމަ އޭގަހުންނަ ވިޓަމިންސް ހަލާކުވާނެ. ޢެންމެ ރަނގަޅީ ރޮލާކެއުން

  14
 6. ޢަލީ

  މުރަނގަ ތޮޅިއަކަށް ބަދަލުވެއްޖެއްޔާ ދައުވާކުރާނަން ސައިފޫ..

  10
  1
 7. ރަނގަޅުކޮށްލީ

  ޖިންސީ ބާރުވެރިކަން ފިރިހެނުންގެ ދަށްވަނީ މައިބަދައަށް ދިމާވާ މައްސަލަތަކުން ނާރުތައް ފިތި އެކަށީގެންވާ ވަރަށް ލޭ ދައުރު ނުކުރުމުން. އެއްވެސް ނޫހަކުން މިވާހަކަ އަދި ނުފެންނާތީ ބުނެލީ މިއީ މިކަން ތަޖުރިބާ ކުރާ މީހެއް.

  12
  2