ހަމަ ނިދި ނުލިބުމަކީ ސިއްހީ ގޮތުން އެތައް މައްސަލަތަކާއި ކުރިމަތިވާނެ ކަމެކެވެ. އޭގެ ތެރޭގައި ދިފާއީ ނިޒާމު ދަށްވުމާއި، މޫޑް ސްވިންގް އާއި ކުރިމަތިވުމާއި، ބަރުދަން އިތުރުވުމާއި ލޭގެ ޕްރެޝަރު މައްޗަށް ދިއުން ފަދަ ސިއްހީ ނުރައްކާތަކާއި މައްސަލަތައް ކުރިމަތި ކުރުވާނެ އެވެ.

އަދި ގިނަ އިރު ވަންދެން ނުނިދި އުޅެވިއްޖެ ނަމަ އަމިއްލަ ނަފްސަށް އާދަޔާ ހިލާފު ކަންކަމާއި ކުރިމަތި ކުރުވާނެއެވެ.

އެގޮތުން ފިރިހެނަކު 11 ދުވަސް ވަންދެން މި ވަނީ ނުނިދާ ހުރެފައެވެ. އޭނާ ވަނީ އެކަމުގެ ސަބަބުން އޭނާއަށް ކުރިމަތިވި މައްސަލަތަކުގެ ވާހަކަ ހިއްސާ ކޮށްފައެވެ. އޭނާ ބުނާގޮތުން ނަމަ އެކަމުގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓޯނީ ރައިޓް ބޭނުންވީ ދުނިޔޭގެ ރެކޯޑެއް މުގުރާކުމަށެވެ. އެގޮތުން އޭނާ އެކަން ކުރަން ފެށިއިރު، ނުނިދާ 11 ދުވަސް ހޭދަ ކުރިއެވެ. އެއީ އޭނާއަށް މާ ފަސޭހަ ދުވަސްތަކެއް ނޫނެވެ. 266 ގަޑިއިރު އޭނާ ހޭލައިގެން އުޅުނު ނަމަވެސް، ނުނިދާ އެންމެ ދިގު މުއްދަތަކަށް ހުރުމުގެ އެ ރެކޯޑް މުގުރާލެވޭ ގޮތެއް އޭނާއަށް ނުވިއެވެ.

ގިނަ މީހުންނަށް އެހާ ގިނަ ދުވަސްވަންދެން ނުނިދާ ހުރެ ވިސްނުމަކީ ރޮވިދާނެ ވަރުގެ ކަމެކެވެ.

ރައިޓް ނުނިދާ އެހާ ގިނަ ދުވަސް ވަންދެން ހޭދަ ކުރުމަށްފަހު، އެކަމުގެ ތަޖުރިބާ ހިއްސާ ކުރަމުން ބުނީ، އޭނާގެ ސިކުނޑީގެ މުޅިން އެހެން ހިސާބަކަށް ވަނުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އަދި ހޭލާ ހުރުމުން އޭނާގެ ނަފްސާނީ ހާލަތު މުޅިން ބަދަލުވި ކަމަށްވެސް އޭނާ ބުންޏެވެ. އެއީ ފަސޭހަ ކަމެއް ނޫން ކަމަށްވެސް އޭނާ ވަނީ ކިޔާދީފައެވެ.

ގިނިސް ވޯލްޑް ރެކޯޑްސް އިން ކުރިން ނިދި ނުލިބުމާއި ސިކުނޑިއަށް އޭގެ އަސަރު ކޮށްފާނެ ގޮތްތަކަށް ތާއީދު ކުރި ނަމަވެސް މިހާރު އެކަން ނުކުރެއެވެ. އަދި އެކަމުގެ ރެކޯޑް ބަލަހައްޓަމުންވެސް ނުދެއެވެ.