އުމުރުން އެންމެ 10 އަހަރުގެ ކުއްޖަކު ފަންޏެއްގެ ޝިކާރަ އަކަށްވެ މަރު ވެއްޖެއެވެ.

އެމެރިކާގެ ޓެކްސަސް އަށް ނިސްބަތްވާ ލިލީ މައެ އަވަންޓްގެ ސިކުނޑި ތެރެއަށް ވަދެފައި ވަނީ އެންމެ ސެލް އެއްގެ މައްޗައް ބިނާވެގެން އުފެދިފައި ހުންނަ އެމޯބިއާ ކިޔާ ފަންޏެއް ފަދަ އެއްޗަކުންނެވެ.

ލިލީގެ ސިކުނޑި ތެރެއަށް މި ފަނި ވަދެފައި ވަނީ އޭނާ އާއިލާ އާއި އެކު ޗުއްޓީ ހޭދަ ކޮށްލުމަށް ކޯރެއް ތެރެއަށް އެރެންގޮސް އުޅުމުގެ ތެރޭގައެވެ. އެންމެ ފުރަތަމަ ލިލީ އަށް ވަރަށް ގަދައަށް ހުން އައިސް ބޮލުގައި ރިއްސައިގަނެގެން އުޅުނު ނަމަވެސް، އޭނާގެ ފަރާތުން ބޮޑެތި ބަދަލުތަކެއް ފެނުމާއި ގުޅިގެން ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ.

ލިލީ ދަންނަ މީހުން އޭނާ ސިފަ ކުރަނީ މީހުންނާއި ވަރަށް ގުޅޭ، ވިސްތުން ތޫނު ކުއްޖެއްގެ ގޮތުގައި

ޑޮކްޓަރުން ލިލީގެ ހަށިގަނޑު ރަނގަޅަށް ބެލުމަށް ފަހުގައި ބުނެފައި ވަނީ ވަރަށް މަދުން ފެންނަ އަދި އެހައިމެ ނުރައްކާތެރި މި ފަނި ލިލީގެ ސިކުނޑި ތެރެއަށް ވަދެގެން އުޅޭ ކަމަށެވެ. މިފަދަ ފަންޏެއް މީހެއްގެ ގައި ތެރެއަށް ވަދެއްޖެނަމަ މީހާ މަރުވުމުގެ ފުރުސަތު 97 އިންސައްތަ އަށް އިތުރުވެގެން ދާނެއެވެ. އެއީ އެ ފަނި ސިކުނޑިއަށް ލިބެން ޖެހޭ ލޭތައް ލިބުމަށް ހުރަސް އަޅައި ސިކުނޑީގެ ސެލްތައް ކަމުން ދާތީއެވެ.

ލިލީ އަށް އެހީވުމަށްޓަކައި މީސް މީޑިއާ މެދުވެރިކޮށް ފަންޑެއް ހުޅުވި ނަމަވެސް، އެ ކުއްޖާ އަށް ފަރުވާ ކުރަން ފެށިތާ ހަފްތާ އެއް ތެރޭގައި ވަނީ މަރުވެފައެވެ. 1962ވަނަ އަހަރާއި 2018 ވަނައ އަހަރާއި ދޭތެރޭ މި ފަންޏާއި ހެދި 145 މީހަކު ޑޮކްޓަރުންގެ ފަރުވާ ހޯދާފައި ވާއިރު އެތަނުން ސަލާމަތްވެފައި ވަނީ އެންމެ 4 މީހުންނެވެ.