އިންސާނުންގެ ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔައެއް ކަމުގައިވާ ބައިލް ރައްކާކޮށްފައި ހުންނަ ފިތް (ގޯލްބްލެޑަރ) ގައި ހިލަ އުފެދުމަކީ ވަރަށް ޢާންމުކޮށް ގިނަ ބަޔަކަށް ދިމާވާ ސިއްޙީ މައްސަލައެކެވެ. ފިތުގެ ތެރޭގައި ހިލަ އުފެދެނީ ވަރަށް މަދު ޢަދަދަކަށް ކަމުގައިވާއިރު، އެކަމުގެ ސަބަބުން ރީނދޫވެ ފުރަމޭގެ ސެލްތައް ހަލާކުވުން ފަދަ ކަންކަން ކުރިމަތިވެއެވެ.

ޢާންމުކޮށް މި މައްސަލަ ދިމާވާ ފަރާތްތަކާއި ޚިލާފަށް ދާދިފަހުން ފިތުގައި ހިލަ އުފެދުނު މީހަކު މިވަނީ ޑޮކްޓަރުންނާއި ތަޖުރިބާކާރުން ސިއްސުވާލާފައެވެ. އިންޑިއާގެ މުމްބާއިއަށް ނިސްބަތްވާ އެ އަންހެން މީހާގެ ފިތް ތެރެއިން 2000 އަށްވުރެ ގިނަ ހިލަކޮޅު ނަގާފައި ވާއިރު، އޭނާ ވަނީ އިތުރު ގެއްލުމެއް ނުލިބި ސަލާމަތްކުރެވިފައެވެ.
ކާމިޔާބު އޮޕަރޭޝަނެއްކޮށް އެ އަންހެން މީހާގެ ފިތް ތެރެއިން ގިނަ އަދަދެއްގެ ހިލަކޮޅުނެގިއިރު، ޑޮކްޓަރުން އެކަމާއި ގުޅިގެން ތިބީ ބޮޑު ހައިރާންކަމެއްގެ ތެރޭގައެވެ.

އުމުުރުން 50 އަހަރުގެ އެ އަންހެން މީހާއަކީ މިދިޔަ 18 މަސް ދުވަސް ތެރޭގައި ހަށިގަނޑުގައި ރިއްސާތީ އުޅުނު މީހެކެވެ. އޭނާ ބެއްލެވި ޑޮކްޓަރުން އޭރުގައިވެސް އެދެމުން ދިޔައީ އަވަހަށް އޮޕަރޭޝަން ކުރުމަށެވެ. އެހެން ނަމަވެސް އޭނާ ވަނީ އެކަން ފަސްކޮށްފައެވެ. އަދި އެހެން ގޮތެއް ހޯދައިގެން އެކަމަށް ހައްލެއް ހޯދާނެކަމަށް އެ އަންހެން މީހާ ދިޔައީ ބުނަމުންނެވެ.

އެންމެ ފަހުން އޭނާގެ ހަށިގަނޑުގައި ރިއްސާތީ ކެތްނުވެގެން މިދިޔަ މަސް ތެރޭގައި ނިންމީ އޮޕަރޭޝަން ކުރުމަށެވެ.

މުމްބާއި ހޮސްޕިޓަލެއްގައި އެ އަންހެން މީހާ އޮަޕަރޭޝަން ކުރިއިރު، އޭނާގެ ހަށިގަނޑު 2350 ހިލަ ކޮޅު ނަގާފައިވެއެވެ. 30 މިނިޓްގެ އެ އޮޕަރޭޝަން ވަރަށް ކާމިޔާބުކަމަށްވެސް ޑޮކްޓަރުން ބުނިއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނަކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެގޮތުގައި ގިނަ ދުވަސްތަކެއް ވީނަމަ އޭނާގެ ފުރާނައަށްވެސް ނުރައްކާ ވުމުގެ ފުރުސަތު އޮތް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހްމަދު

    މިއީ 2018 ގައި ހިނގި ހާދިސާއެއް. އަދި ކިރިޔާ