ފާހާނާގެ ދޮރު ނުހުޅުވިގެން ނުނިކުމެވި ތާށިވެފައި ހުރުން އެއީ އާއްމުކޮށް ހިނގާ ކަމެކެވެ. ފަހަރުގައި އެފަދަ ކަމެއް ތަޖުރިބާކުރި ކިތަންމެ ބަޔަކު މިލިޔުން ކިޔުން ވެސް އެކަށީގެންވެއެވެ. ނަމަވެސް މީހަކު ފާހާނާއެއްގެ ތެރޭގައި ތާށިވެފައި ހަފްތާއެއްގައި ދުވަހު ހުރުން އެއީ އާއްމު ކަމެއް ނޫނެވެ.

ކިތަންމެ އާއްމު ނޫންކަމެއް ނަމަވެސް ފްރާންސްގެ އަންހެނަކު މިވަނީ ފާހާނާއިން ނުނިކުމެވި، ފާހާނާގެ ތެރޭގައި ހަ ދުވަހު ހުންނަން ޖެހިފައެވެ. އުމުރުން 83 އަހަރުގެ އަންހެން މީހާ ތާށިވީ އޭނާ ދިރިއުޅޭ ގޭގެ ފާހާނައިގައެވެ. އެގޭގައި ދިރިއުޅެމުން އައީ އޭނާ އެކަންޏެވެ.

އަންހެން މީހާގެ އެއްވެސް ދަރިއަކު ނެތެވެ. އޭނާގެ ޚަބަރެއް ނުވެގެން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައީ އޭނާ އަށް ބޮޑުދައިތަ ކިޔާ މީހެކެވެ. ދައްތަގެ ޚަބަރެއް ނުވާތާ ދުވަސްތަކެއް ވުމުން ފުލުހުންނަށް އޭނާ ގުޅިއެވެ. ފުލުހުން އެގެއަށް ގޮސް ބެލިއިރު އަންހެން މީހާ ހުރީ ފާހާނާގައި ތާށިވެފައެވެ.

ފުލުހުން ބުނީ ޑީހައިޑްރޭޑް ވުން ފިޔަވައި އިތުރު މައްސަލައެއް ދިމާވެފައި ނުވާކަމަށާއި އަންހެން މީހާ އަށް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ހަ ދުވަސް ވަންދެން އަންހެން މީހާ ފާހާނާގެ ތެރޭގައި ހުރީ ބެލެވޭ ގޮތުގައި ހަމައެކަނި ފެން ބޮއެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީޒްލީ

    މީ ކޮން ޤައުމެއްގައި ހިގިހާދިސާއެއްކަން ލިޔެފަ އޮށްނަމަ ފުރިހަމަ ވީސް!

    • ލީޒްމީ

      ފްރާންސްގެ އަންހެނަކު މިވަނީ ފާހާނާއިން ނުނިކުމެވި، ފާހާނާގެ ތެރޭގައި ހަ ދުވަހު ހުންނަން ޖެހިފައެވެ.