އިނގިރޭސިވިލާތުގައި ސިކުނޑީގެ އުނިކަން ހުންނަ މީހުންނަށް ފަރުވާދޭ ހޮސްޕިޓަލެއްގައި އޮތް ބަލިމީހަކު އަމިއްލަ އަށް މަރުވިއިރު، އެ މީހާ ބެލުމަށް ހަވާލުކޮށްފައިވާ ދެ ނަރުހުން ލަވަ ޖަހައިގެން ޗުއްޓީ ރާވަންކަން ތިބި މައްސަލައެއް ހޫނުވެއްޖެއެވެ.

އުމުރުން 22 އަހަރުގެ ލައުރެން އެލިންސްގެ ސިކުނޑީގެ ހާލަތު ގޯސްވެ، ފަރުވާ ހޯދުމަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔަ އިރު، އޭނާގެ ހާލު ގޯސް ކަމުން ކޮންމެ 15 މިނެޓަކުން ލައުރެން އުޅޭ ގޮތް ބެލުމަށް ނަރުހުންނާއި އޮތީ ހަވާލު ކޮށްފައެވެ. ނަމަވެސް، ލައުރެން ބަލަން ތިބި ދެ އަންހެން ނަރުހުން ލައުރެން އުޅޭ ގޮތް ނުބަލައި ތިބި ވަގުތެއްގައި އޭނާ ވަނީ ދަންޖެހިގެން މަރުވެފައެވެ.

އަމިއްލަ އަށް މަރުވި ލައުރެން

މި ކަމުގެ ޒިންމާ އެ ދެ ނަރުހުން އުފުލަން ޖެހޭނޭ ކަމަށް ލައުރެންގެ އާއިލާއިންނާއި އާންމުންގެ ގިނަ ބަޔަކުވެސް ބުނަމުންދާއިރު، މި ހާދިސާ އާއި ގުޅިގެން ދެ ނަރުހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެމީހުންނާއި ދެކޮޅަށް މިހާރު ވަނީ ކޯޓުގައި ދައުވާވެސް ކޮށްފައެވެ. އެއީ މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާއެވެ.

ހޮސްޕިޓަލުތަކުން ނަރުހުންނާއި ބަލި މީހުންގެ ހާލަތު ބަލަން ހަވާލު ކުރުމުން ބައެއް ފަހަރު މިފަދަ ހިތާމަވެރި ހާދިސާތައް ހިނގަމުން ދެއެވެ. ގިނަ ފަހަރަށް މިފަދަ ހާދިސާތައް ހިނގަނީ ޒިންމާ ހަވާލުކުރެވިފައިވާ ފަރާތްތަކުން ފަރުވާކުޑަކުރުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު