މިހާރު އިންޑިއާއަށް ކުރަމުން އަންނަ ދަތުރަކީ، އަމިއްލަ ހަރަދުގައި ކުރެއްވި ދަތުރެއް ކަމަށާއި، މަޝްހޫރު މީހުންނާ ދިމާ ކުރާ ހިތްވާ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަންނަނީ އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮލީވުޑްގެ މަޝްހޫރު ގިނަ އެކްޓަރުންނާއި ބައްދަލުކުރައްވަމުންނެވެ. މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ މިނިސްޓަރ އެކުރައްވާ ކަންތަކަށް ފާޑުކިޔާ ޓްވިޓް ކޮށްފައެވެ.

އެފަރާތްތަކަށް ރައްދެއްގެ ގޮތުގައި މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ވިދާޅުވީ، މަޝްހޫރު މީހުންނާ ދިމާ ކުރާ ހިތްވާ ކަމަށާއި، އެފަރާތްތަކަށް އެހިސާބަށް ދެވިފައި ތިބީ ވަރަށް ބުރަ މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ހަމަ އެހެންމެ އެ ފަރާތްތަކާ ދިމާވުމުން ބައެއް ކަހަލަ ކަންތައް ދަސްވެސް ވެގެން ގޮސްދާނެ ކަމަށެވެ.

"ލީޑަރުންނާއި، އެތްލީޓުން އަދި އެކްޓަރުންނާއި ބައްދަލު ކޮށް ވާހަކަ ދައްކާ ހިތްވޭ. އެމީހުން އެހިސާބަށް އައިސްފައި ތިބީ ވަރަށް ބުރަ މަސައްކަތްކޮށްގެން. އެފަރާތްތަކާއި ވާހަކަ ދައްކައިގެން އާ ކަމެއްވެސް ދަސްވެވިދާނެ." މިނިސްޓަރ ކުރެއްވި ޓްވިޓްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް މިނިސްޓަރ ވަނީ މިހާރު ރާއްޖެއިން ބޭރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗުއްޓީއެއްގައި، އަމިއްލަ ޚަރަދުގައި ކުރަމުންދާ ދަތުރަކަށް ވާހިނދު އެކަމަށް ފާޑުކިޔައި ހަސަދަވެރިވާތަން ފެނުމުން ކުޑަކޮށް ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ.

"މި ދަތުރުތަކަކީ އަމިއްލަ ހަރަދުގައި ކުރާ ދަތުރު. ކަންބޮޑުވުމަކީ މީހުންގެ ފަރާތުން ފާޑު ކިޔުމާއި ހަސަދަވެރިކަން ފެންނާތީ." މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ބޮލީވުޑްގެ އެކްޓަރެއް ކަމަށްވާ ސުނިލް ޝެޓީއާއި އަމީތާބް ބައްޗަންގެ އިތުރުން ޖޯން ލިވާއާ ވަނީ ބައްދަލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަހްމަދު

    ޒުވާނުންގެ މިނިސްޓަރު މަހުލޫފު ދިވެހިބަސް ދަސްކުރަން ސްކޫލަކަށް ދާންއުޅޭ. ދިވެހިބަހުގައި މީހުންނާ ދިމާކުރުމަކީ. އެމީހަކުފެންނަ ކޮންމެ ތަނަކުން އެމީހާއަށް ދިމާއަށް އެއްޗެތި ގޮވާ ފުރައްސާރަކޮށް އުނދަގޫކުރުން. އެކން ކުރަންދޯ މިހާރު ތިޔައުޅެނީ.

    25
  2. ސޯލް

    އެހެންވެދޯ ފިރުޢައއޢުނާ ދިމާކުރީ

    15
  3. އައިސް

    ކުރީ ސަރުކާރު ނަމަ ކަލޯ ފުމެ ނަގާނެ...

    13
  4. މުބީނު މާރނީ

    ބޮޑު ގުޅަ ކަމެއް.. އަމީތާބު މެންނާއި އެކު ފޮޓޯ ނެގޭނެ ހެއްރަބޭ އަށް ވެސް. މަހުލޫފަށް ދޭން އޮތް ނަސޭހަތަކީ މާތް ﷲ ރުހިވޮޑިގެން ވާފަދަ ގޮތް ގޮތަށް ވަގުތު ހޭދަކުރެއްވުން ގިނަކުރައްވަވާށޭ. އަމީތާބާއި އެކު ފޮޓޯ އެއް ނަގައިގެން ލިބޭނެ ހެޔޮކަމެއް، ސަވާބެއް ނޯންނާނެއެވެ އަދި ބުނަނަން އޮތް ވާހަކަ އަކީ ހަމަ އެކަނި ބުރަ މަސައްކަތަކުން ނޫނޭ އިންސާނާ ކުރި އަރަނީ. އެކަމުގެ ސިއްރަކީ މާތް ﷲ ދެކެދެނެވޮޑިގެންވާ ކަމެކޭ. ވީމާ އަޅުކަމާއި، ސޮދަގާތާއި ހެޔޮ އަމަލު ގިނަ ކުރައްވާށޭ !

    11
  5. ޚ

    އައިފާ އެ ވޯޑްގެ ކަންކަން ރާވަނީ ތޯއްޗެ

  6. ތެއްތިރީސް

    އެއްކަލަ ތެއްތިރީސްހާސްދޯ އަމިއްލަދަތުރު

    11
  7. ާއަޙްމަދު

    މީހުންނާ ދިމާކުރުމަކީ ވަރަށް ދަށުދަރަޖައި ގެ ޢަމަލެއް.

  8. ކޮމެންޓް

    އެކަމު ކަލޭގެ ސްޓައިގައި ތިމީހުނާ މުޚާތަބު ނުކުރައްޗޭ ބަދުނާމުވާނީ އަހަރުމެން ދިވެހިން، ކޮންމެ ގޮތަކަށްވިޔަސް ތިހިރީ މިޤައުމުގެ ކުޑަވަޒީރަކަށް