ކައިވެންޏަށް ތައްޔާރުވެ އެކަމުގެ އުފަލުގައި ކައިވެނި ކުރުމާ ހަމައަށް ގުނާ ދުވަސްތަކަކީ ކޮންމެ މީހަކަށްވެސް ވަރަށް ޚާއްސަ ދުވަސްތަކެކެވެ. އެންމެ ގަޑި އިރަކީވެސް އަހަރެއްހާ ގިނަ އިރު ނަގާނެ ދުވަހަކަށް ވެދާނެއެވެ. ނަމަވެސް ކައިވެންޏަށް ހުރިހާ ތައްޔާރީއެއް ވެފައިވަނިކޮށް ލޯބިވެރިޔާ މަރުވެއްޖެ ނަމަ އެ އިހުސާސްކުރަންޖެހޭ ވޭނާއި ކެކުޅުމަކީ މުޅި އުމުރަށްވެސް ދެމިގެންދާނެ ކަމެކެވެ.

މިއީ އިނގިރޭސި ވިލާތަށް ނިސްބަތްވާ އަންހެނެއްގެ ވާހަކައެވެ. އުމުރުން 35 އަހަރުގެ ހެލެން އޯބްރިއެން އެންމެ ފަހުން ފެނިފައިވަނީ އޭނާ ދިރިއުޅޭ ވޮރިންޓަން އިންނެވެ. އެއީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. އޭނާގެ ދަރިންނާއި އާއިލާއިން މިހާރު އޭނާ ގެއްލިގެން ހޯދަމުންދާއިރު މިދިޔަ އަހަރު އޭނާއާ ދިމާވި ކަމަކާ ގުޅިގެން އޭނާގެ ހިތް އޮތީ ފުނޑުފުނޑުވެފައެވެ.

އެއީ މިދިޔަ އަހަރުގެ އޯގަސްޓު މަހެވެ. ކައިވެންޏަށް ދެ ހަފްތާއަށް ވެފައިވަނިކޮށް އޭނާގެ ލޯބިވެރިޔާވަނީ އޭނާގެ ކުރިމަތީގައި މަރުވެފައެވެ. އެ ހިތި ހަނދާނުން މިހާތަނަށްވެސް އޭނާއަށް އަރައިގަނެވޭ ގޮތެއް ނުވެއެވެ. އޭނާގެ ބައެއް ރައްޓެހިންނާއި ގާތްތިމާގެ މީހުން ބުނާ ގޮތުގައި އޭނާއާ އެންމެ ގާތް އެންމެން ވަނީ ކޮންމެވެސް ހާދިސާއެއްގައި މަރުވެފައެވެ. އެގޮތުން އޭނާގެ މައިންބަފައިން ވަނީ 2000 ވަނަ އަހަރު ހިނގި ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ. އެހާދިސާގައި އޭނާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮވެސް ވަނީ މަރުވެފައެވެ.

އެގައުމުގެ ފުލުހުން ދަނީ ހެލެން ގެއްލުނު ސަރަހައްދުގެ ސީސީޓީވީ ފުޓެޖްތަކާއި އެސަަރަހައްދުގެ އެކި ތަންތަން ބަލައި ފާސްކުރަމުންނެވެ. ހެލެން ގެއްލިގެން ހޯދަން ފަށާފައިވާއިރު އޭނާގެ ދަރިއެއްވެސް ހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު