އިންޑިއާގެ ކެރެލާގައި އެއް އާއިލާގެ އެތައް ބައެއްގެ މަރުގެ ހަގީގަތް ދެނެ ގަނެވިއްޖެއެވެ. ގޮތްނޭގޭ މަރުތަކެއް އެއް އާއިލާއެއްގެ ތެރޭގައި ހިނގާފައި ވަނީ އެކި އަހަރުތަކުގައެވެ. އެ އާއިލާގެ ހަ މީހަކު ވަނީ މަރުވެފައެވެ.
އެ މީހުން އެކި އަހަރުތަކުގައި މަރުވިއިރު، މި މަރުތަކުގެ ހަގީގަތް ނުހޯދި އެތައް އަހަރެއް ވެފައިވަނިކޮށް، މިހާރު އެކަން ވަނީ ފަޅާ އަރާފައެވެ. މި ހުރިހާ އެންމެންގެ މަރާއި ގުޅިފައި ވަނީ، އާއިލާ ތެރެއިން މީހަކު ކުރަމުން އަންނަ ކަމެއް ކަން މި ވަނީ އެނގިފައެވެ. މިކަންކަން ކުރަމުން އައީ އާއިލާގެ މުދާ ހޯދުމުގެ ބޭނުމުގައެވެ.
އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ އާއިލާއިން އެންމެ ފުރަތަމަ މަރުވެފައި ވަނީ، 57 އަހަރުގެ އަނަންމާ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ މަރުވީ 2002 ވަނަ އަހަރުގެ އޮގަސްޓް މަސް ތެރޭގައި ކެއުމަށް ފަހުގައެވެ. އޭގެ ފަހުން ދެ މަރުވީ އޭނާގެ ފިރިމީހާ 66 އަހަރުގެ ތޯމަސް އެވެ. އޭނާވެސް މަރުވީ ކެއި ފަހުން، ދިމާވި މައްސަލައެއްގައި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ.
އޭގެ ފަހުން 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަރުވެފައި ވަނީ ރޯއި ތޯމަސްއެވެ. އެއީ އަންނަމާ އާއި ތޯމަސްގެ ދަރިފުޅެވެ. އޭނާ މަރުވީ ކައިގެން ފާހަނައަށް ގޮސް ހުއްޓަ ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ. އޭނާގެ ޕޯސްޓް މޯޓަމް އިން އެނގުނު ގޮތުގައި، އޭނާގެ ހަށިގަނޑުން ޕޮޓޭޝިއަމް ސިނޭޑް ހުއްޓެވެ. އެހެންވެ އޭނާ މަރުވީ އަމިއްލަ އަށް ކަމަށް ނިންމިއެވެެ.
ދެން މަރުވީ، އެންމެ ފުރަތަމަ މަރުވި އަނަންމާގެ ބޭބެ އެމްއެމް މެތިވް އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ 2014 ވަނަ އަހަރުގެ ތެރޭގައި އޭނާ ދިރިއުޅޭ ގެއިންނެވެ. އޭނާއަކީ ރޯއީގެ މަރާއި ގުޅޭގޮތުން ވާގަކަދެއްކި މީހެކެވެ. ދެން މަރުވީ އަލްފައިން ނަމަކަށް ކިޔާ އެއް އަހަރުގެ ކުއްޖެކެވެ. އޭނާ މަަރުވީ އެ އަހަރު މާރިޗް މަސް ތެރޭގައެވެ. އޭނާވެސް މަރުވީ ކެއި އެއްޗެއްގެ ސަބަބުން ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އަދި 2016 ވަނަ އަހަރު ސިލީ ނަމަކަށް ކިޔާ 44 އަހަރުގެ އަންހެނަކުވެސް ވަނީ މަރުވެފައެވެ. އެއީ އަލްފައިންގެ މަންމައެވެ. އޭނާވެސް މަރުވީ ކެއި އެއްޗެއްގެ ސަބަބުންނެވެ.
އޭގެ ފަހުން ޝަޖޫ ނަމަކަށް ކިޔާ މީހަކު ރޯއިގެ ކުރީގެ އަނބިމީހާ ޖޯލީ އާއި ކައިވެނި ކުރިއެވެ. ޝަޖޫ އަކީ ސިލީގެ ކުރީގެ ފިރިމީހާއެވެ. އޭގެ ފަހުން އަންނަންމާ އާއި ޓޮމްގެ ދެން ހުންނަ ދަރިފުޅު ރޯޖީ އަށް ވަނީ، ޖޮލީ އޭނާގެ އާއިލާގެ ހުރިހާ މުދަލެއް، ސައްހަ ނޫން ލިޔުންތަކެއް ބޭނުންކޮށްގެން އޭނާގެ ނަން މައްޗަށް ބަދަލުކޮށްފައިވާކަން ފަޅާ އަރާފައެވެ.
އެކަން ފަޅާ އެރުމާއެކު، ރޯޖީ ވަނީ ފުލުހުންގެ އަރިހުން، އެ ހުރިހާ އެންމެންގެ މަރުގެ ހަގީގަތް ހޯދުމަށް އަންގާފައެވެ. ފުލުހުން ވަނީ އެ ހުރިހާގެ އެންމެންގެ ހަށިގަނޑުގެ ސާމްޕަލްތައް ނަގާ ފޮރެންސިކްއަށް ފޮނުވާފައެވެ. އަދި ބައެއް މަންޒަރު ދުށް މީހުން ވަނީ، އެ ހުރިހާ އެންމެން މަރުވިއިރު، ޖޮލީ ހުރިކަން ކަށަވަރުކޮށްފައެވެ.
ނަމަވެސް އޭނާ އެކަމަށް އެއްބަހެއް ނުވެއެވެ.
ފުލުހުން ވަނީ އެންމެ ފަހުން ޖޮލީ އާއި އިތުރު ބަޔަކު ހައްޔަރުކޮށްފައެވެ.
ފައިސާއާ މުދަލަކީ އެއްވެސއ އެއްޗެއް ނޫން އެމީހުންތެރޭ އޮންނަންޖެހޭ ކުލުނާ އަޅާބަލާއިރު. އެވަރު ނުދަނޭ މިދުނިޔެ ނޫންއެއްޗެއް ބައެއްމީހުން ލޮލަށް ނުފެނޭ