ކެނެޑާގައި ހިނގާދިޔަ ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އިންޑިއާއަށް ނިސްބަތްވާ ތިން ދަރިވަރަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހުކުރު ދުވަހުގެ ރޭ ކެނެޑާގެ އޮއިލް ހެރިޓޭޖް މަގުގައި ކަމަށެވެ. މި އެކްސިޑެންޓްގައި މަރުވެފައިވާ 3 ކުދިންނަކީ އުމުރުން 20 އަހަރުގެ ކުދިންގެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓްގައި ކާރު ދުއްވަން ހުރި މީހާ އަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވި ގޮތެއް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ. އެހެން ނަމަވެސް އެކުދިން ތިބި ކާރު އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް ފުލުހުން ވިދާލުވިއެވެ.

އެކްސިޑެންޓްގައި މަރުވެފައިވާ ތަންވިރްގެ ބައްފަ ބުނެފައިވަނީ އޭނާ ކެނެޑާއަށް ބަދަލުވެފައިވަނީ މަތީ ތައުލީމު ފުރިހަމަ ކުރުމަށްޓަކައި ކަމަށެވެ. އޭނާ ކެނެޑާއަށް ބަދަލުވެފައިވަނީ މިއަހަރުގެ ކުރީކޮޅުގައި ކަމަށް ބައްޕަ މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. މި އެކްސިޑެންޓްގައި ދެން މަރުވެފައިވާ ހަރްޕްރީތް އާއި ގުރްވިންދާ ކެނެޑާއަށް ގޮސްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގައި ކަމަސްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގާދިޔަގޮތް މިހާރު ފުލުހުންގެ ހާއްސަ ޓީމަކުން ބަލަމުން އަންނަ ކަމަށެވެ. އަދި މިހާރު އެ ސަރަހައްދުގެ މަގުތައް ބަންދުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެކްސިޑެންޓްގައި މަރުވި ކުދިންގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލާނެ ކަމެއް އަދި ނޫން ކަމެއް ސާފު ވެފައެއް ނުވެއެވެ.