ކައިވެންޏަށް ޚާއްސަކޮށްގެން، ޚާއްސަ ކަންކަން ކުރާ ކަމުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ނަމަވެސް ކައިވެނި ހަފްލާގައި ފަޅަން މި ދެމަފިރިން ގެނައި ކޭކުގެ ވާހަކަ މިއީ ނުދައްކާ ދޫކޮށްލެވޭ ވަރުގެ ވާހަކައެއް ނޫނެވެ.

ޕެންސިލްވޭނިއާއަށް ނިސްބަތްވާ، ކޮންބައެއް ކަން ނޭނގޭ ދެމަފިރިއަކު، އެ ދެމީހުންގެ ކައިވެނީގެ ހަފްލާއަށް ގެނައީ އަސްލު ފުއްލާއެއްގެ ސައިޒު ހުރި ބޮޑު "ފުއްލާ" ކޭކެވެ. އެ ކޭކު ހަދާފައިވަނީ ފުއްލާގައި ހުންނަ ދަޅު ގޮތަށް ދަޅެއްވެސް ހިމެނޭ ގޮތަށެވެ. ފެންނަ ފެނުމަށް އަސްލު ފުއްލާއަކާ ވަރަށް ވައްތަރެވެ.

ޚަބަރުތައް ބުނާ ގޮތުގައި އެ ކޭކު އުފެއްދުމަށް 10 ގަޑި އިރު ނެގިއެވެ. އަދި އެ "ފުއްލާ" ކޭކުގެ ކަރާއި ބޯ ހަދާފައިވަނީ ފޯމުން ކަމަށްވެސް ޚަބަރުތައް ބުނެއެވެ. އެ ކޭކަކީ އެ ދެމަފިރިންގެ އަމިއްލަ ޑިޒައިނެކެވެ.

ކަރާއި ބޯގަނޑު ފޯމުން ހަދާފައިވީ ނަމަވެސް ބާކީ ހުރިހާ ބަޔަކީ ކޭކެވެ. އެ ކޭކު ފިހެ، ތައްޔާރުކޮށްފައިވަނީ 250 މީހުންނަށް ކެވޭ ވަރަށެވެ.

 

ކިޔުންތެރިންގެ ހިޔާލު