ބައެއް މީހުންނަކީ އަގުބޮޑެތި ހެދުން ގަނެގެން ލައިގެން އުޅޭ ހިތްވާ ބަޔަކަށް ނުވެދާނެއެވެ. އެހެންނަމަވެސް އަނެއްބައި މީހުންނަކީ އަގުބޮޑުވި ވަރަކަށް އެ ހެދުމެއްގެ ކޮލިޓީ އާއި ފެންވަރު ރަނގަޅުވާކަމަށް ބަލައި އޭގެން މީހާގެ ހައިބަތާއި މީހާއަށް ލިބޭ އިހްތިރާމް އިތުރުކޮށްދޭކަމަށް ބަލައި އަގުބޮޑެތި ހެދުންތަކަށް ލޯބިކުރާ ބައެކެވެ. އެގޮތުން ބަލާލާއިރު ދުނިޔޭގެ އެންމެ އަގުބޮޑެތި ސޫޓްތަކުގެ އަގުތައް އުޅެނީ ލައްކައިން ލައްކައިންނެވެ.

ސްޓުއާޓް ހިއުގްސް ޑައިމަންޑް އެޑިޝަން ސޫޓަކީ އޭގެ އަގު އާދައިގެ މީހަކަށް އިވިއްޖެނަމަ އަނގަ ހުޅުވޭނެހާ އަގުބޮޑު ސޫޓެކެވެ. އާންމުކޮށް ބޮޑެތި ހަފްލާތަކަށާއި މުނާސަބާތްތަކަށް މީހުން ސޫޓްލައި އުޅޭއިރު މި ސޫޓަކީ އެފަދަ ކަމަކަށްވެސް މީހަކަށް ލާން ނުކެރޭވަރުގެ އެއްޗެކެވެ. އެ ސޫޓުގެ އަގަކީ މުޅިއަކު 500،892 ޑޮލަރެވެ. ހައިރާންވޭތޯ؟

އެ ސޫޓް އުފެއްދުމަށް ދުނިޔޭގެ އެންމެ މަޝްހޫރު އަދި ފުންނާބުއުސް އެއް ޑިޒައިނަރު ސްޓުއާޓް ހިއުގްސް އަދި ހަމަ އެހާމެ ތަޖުރިބާކާރު އެއް ފެހުންތެރިޔާ ރިޗާޑް ޖިވެލްސް އެއްވެގެން ވަނީ މުޅިއަކު 800 ގަޑިއިރުގެ މަސައްކަތްކޮށްފައެވެ. ޑައިމަންޑް އެޑިޝަންގެ ސޫޓްގެ އުފެއްދިފައިވަނީވެސް އެންމެ ތިން ސޫޓެވެ. އެ ސޫޓު ޖަރީކުރުމުގައި އަލިމަސްވެސް ބޭނުންކުރެވިފައިވެއެވެ. އެ ހުރިހާ މައުލޫމާތަކާއިއެކު އެ ސޫޓުގެ އަގު އެހާ ބޮޑުވާ ސަބަބު ސާފުވެގެންދެއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ސޫޓުގެ ގޮތުގައި ސްޓުއާޓް ހިއުގްސްގެ ޑައިމަންޑް އެޑިޝަން ސޫޓު އޮތްއިރު ދެން އެއާއި އެންމެ ގާތްކުރާ ސޫޓަކީ އެލެކްސެންޑާރ އަމޮސު ވެންކުއިޝް 2 ބެސްޕޯކްގެ ނަން ދެވިފައިވާ ސޫޓެކެވެ. އޭގެ އަގަކީ ޑައިމަންޑް އެޑިޝަންއާއި އަޅައިކިޔާއިރު ވަރަށް ހެޔޮ އަގެކެވެ. އޭގެ އަގަކީ އެންމެ 860،101 ޑޮލަރެވެ.

 

ކިޔުންތެރިންގެ ހިޔާލު