ޓޮމާޓޯ ކެއުން އިތުރުކޮށް، ކޮންމެ ދުވަހަކު މަދުވެގެން އެއް ޓޮމާޓޯ ކާ ނަމަ ފިރިހެނުންގެ ދަރިފަނި އިތުރުވެ، އޭގެ ބާރު ގަދަވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގައިވަނީ އުމުރުން 19-30 އަހަރުގެ 60 މީހުން ބައިވެރި ކޮށްފައެވެ.މީގެ ތެރެއިން އެއް ގުރޫޕްއަށް ކޮންމެ ދުވަހުގެ ނާސްތާއެކު ޓޮމާޓޯ ދެވިފައިވާއިރު، އަނެއް ގުރޫޕްގެ ބައިވެރިންނަށްވަނީ ބޭސްދީފައެވެ. އެގޮތުން 12 ހަފްތާވަންދެން ކުރި މިދިރާސާގައި އެންމެ ދަރިފަނީގެ އަދަދު ގިނަވެ އަދި ސިއްޙަތު ރަނގަޅު ބާރު ހުރި ދަރިފަނި ހުރިކަމަށް ދެއްކީ ޓޮމާޓޯ ކެއުމުގައި ބޭނުން ކުރި ފަރާތްތައް ކަމަށް މިދިރާސާ ހެދި އެންޑްރޮލޮޖީ ރެޕްރޮޑަކްޝަން އެންޑް ހެޑް އޮފް ޔުނިވާސިޓީގެ ޕްރޮފެސަރ އެލަން ވިދާޅުވެފައިވެއެވެ.

އެލަން ބުނީ ބޭސް ބޭނުންކޮށްގެން މި މައްސަލަ އަށް ފަރުވާ ހޯދާފައިވާ މީހުންނާއި އަދި ކޮންމެ ދުވަހަކު ޓޮމާޓޯ އެއް ކާންދީގެން ހެދި މިދިރާސާ އަށްފަހު ނަތީޖާ ފެނުމުން އޭނާ އަށް ހައިރާންކަން ލިބިފައިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި ޓޮމާޓޯގައި ގިނަ އަދަދަކަށް” ލެކްޓޯލައިކޮޕެން”ހިމެނެއެވެ. އަދި އެ މާއްދާއަކީ ދަރިފަނި އާލާ ކުރުމަށް ބޭނުންވާ މާއްދާއެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ލެކްޓޯލައޮކޮޕެން އަކީ ޓޮމާޓޯގައި ހުންނަ ރަތްކުލަ ދަމަހައްޓާ އެއްމާއްދާއެވެ. އަދި ބައެއް އެހެން ތަރުކާރީތަކުގައިވެސް މިމާއްދާ ހިމެނެއެވެ.

ޓޮމާޓޯގައި ހިމެނޭ “ލެކްޓޯލައިކޮޕެން” އިން ފާޓިލިޓީ މައްސަލަތައް އެންމެ އެދެވޭ ގޮތުގައި ހައްލުކުރުމަށް ކުރެވޭ އިތުރު ސާވޭތައް ކުރަން މިހާރު ތައްޔާރުވަމުން ދާކަމަށް މިދިރާސާހެދި ޕްރޮފެސަރ އެލަން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު