މެކްސިކޯގައި 2013ވަނަ އަހަރު އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ އޭނާގެ މަންމަ އާއި ބައްޕަގެ އިތުރުން ހަނގަށް ތިބި 3 ކޮއްކޮއިން މަރާލާފައެވެ. މިހާރު އެ މައްސަލައިގެ އަޑުއެހުންތައް ނިމިފައި ވާއިރު އޭނާ އަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ނެހެމިއާ ގްރިގޯ އަށް މިހާރު އުމުރުން 22 އަހަރު ވެފައި ވާއިރު، ކޯޓު އަޑުއެހުމުގައި ވާހަކަ ދައްކަމުން އޭނާ ބުނެފައި ވަނީ ކުރެވުނު ކަންތަކާއި މެދު ހިތާމަ ކުރާ ކަމަށާއި، އޭރު އޭނާ އަކީ މުޅިން ތަފާތު މީހެއް ކަމަށެވެ. އަދި އޭނާ ވަނީ ޖަލު ހުކުމެއް ނުއިއްވައި އޭނާ އަށް ފަރުވާ ކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް ގާޒީ ކިބައިން އެދިފައެވެ.

ގްރިގޯ މަރާލާފައިވާ އޭނާގެ މައިންބަފައިންނާއި 3 ކޮއްކޮ

ނަމަވެސް، މައްސަލަ ބެލި ގާޒީ ބުނެފައި ވަނީ ގްރިގޯ އޭނާގެ އަމިއްލަ އާއިލާ މަރާލާފައި ވަނީ ބިރަކުން ސަލާމާތް ވާން ނޫން ކަމަށާއި، އަދި އެހެން މީހަކު ސަލާމަތް ކުރަން ކަމުގައިވެސް ނުވާއިރު، އޭނާ މި ޖަރީމާ ހިންގާފައި ވަނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. އެހެންކަމުން އޭނާ އުމުރު ދުވަސް ޖަލުގައި ހޭދަ ކުރަން ޖެހޭނެ ކަމަށް ބުނެ ގާޒީ ވަނީ ހުކުމް އިއްވާފައެވެ.

ގްރިގޯގެ އާއިލާ މީހުންވެސް ކޯޓުގައި ތިބިއިރު އެމީހުންވެސް ބޭނުންވަނީ ގްރިގޯ އުމުރު ދުވަހު ޖަލުގައި ބާއްވާށެވެ. އެއީ އޭނާ ދޫކޮށްލައިފިނަމަ އާއިލާގެ އެހެން މީހުންނަށް އޭގެ ނުރައްކާ ކުރިމަތި ވެދާނެތީއެވެ.