ދާދި ފަހުން މާލޭގެ މަގުމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގެ މަތީގައި އިން ބިދޭސީ މީހެއްގެ ގަޔަށް ސައިކަލު ވެރިމީހާ ފެން ޖެހި މައްސަލަ ހޫނުވެ ގިނަ ބައެއްގެ ނުރުހުން އެމީހާއާ ކުރިމަތިވިއެވެ. މީސްމީޑިއާގައި "ފެން ޖަހާ ސައްތާރު" ނަމުގައި އެމީހާއަށް ފާޑު ކިޔަމުން ދިޔައެވެ. ހަގީގަތުގައިވެސް އެމީހާ އެކުރީ ލާއިންސާނީ އަމަލެކެވެ. ބިދޭސީއަކަސް އެއީ އިންސާނެކެވެ. ފެން ޖެހުމުގެ ސަބަބުން ބިދޭސީ މީހާގެ ފޯނަށް ފެން އެޅުނު ކަމަށްވެސް ވެއެވެ.

މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ އެ ބިދޭސީ މީހާ ހޯދައި އޭނާއަށް އަންނައުނާއެކު އައު ފޯނެއްވެސް ހަދިޔާކޮށްފައެވެ. ސައްތާރުގެ އަމަލު ކުށްވެރިކޮށް ބިދޭސީ މީހާއަށް އެހީތެރިވެދިން ދިވެހިންނަކީ ނަމޫނާ ބައެކެވެ.

ދެން އޮތީ މި ޒުވާނާގެ ވާހަކައެވެ. މިއީ އިއްޔެ ހިނގައިދިޔަ ކަމެކެވެ. މި ޒުވާނާ ނުކުތް އިރު ސައިކަލު މަތީގައި ބިދޭސީއެއް އިންތަން ފެނުނެވެ. އެކަމާ އޭނާ ރުޅިއެއް ނާދެއެވެ. ފެނެއް ނުޖަހައެވެ. އެހެން ޒާތެއްގެ ފުރައްސާރައެއްވެސް ނުކުރެއެވެ. މި ޒުވާނާ ދިޔައީ އެ ބިދޭސީ މީހާ ގޮވައިގެން ބުރެއް ޖަހާލުމަށެވެ.

މާލެ ވަށައި ބުރެއް ޖަހާލުމަށްފަހު އެޒުވާނާ ވަނީ ބިދޭސީ މީހާ ބުނި ތަނަކަށް އޭނާ ލައިދީފައެވެ.

ބިދޭސީންނަކީވެސް ހަމަ ދިވެހިން ފަދައިން އިންސާނުންނެވެ. ދިވެހީންނަށް "ހަޑި" މަސައްކަތްތަކާއި "ބުރަ" މަސައްކަތްތައް ކުރަނީ ބިދޭސީންނެވެ. ދިވެހިރާއްޖެއަށް އަންނަ ތަރައްގީގެ ބޮޑު ހިއްސާއެއް އެމީހުން އަދާ ކުރެއެވެ. އުމްރާނީ ގޮތުން ރާއްޖެއަށް ގެންނަ ބޮޑެތި މަޝްރޫއުތަކުގައި ހަރަކާތްތެރިވަނީ އެމީހުން ކަމަށްވާތީއެވެ. އެހެން ކަމުން ބިދޭސީންނަށް ފުރައްސާރަކޮށް އަނިޔާ ދިނުމަކީ ދިވެހިންނަށް ކުރެވިގެން ވާނެ ކަމެއް ނޫނެވެ. އަދި ކޮށްގެންވާނެ ކަމެއްވެސް ނޫނެވެ. އެމީހުންނަށް ޝުކުރު ހައްޤެވެ. އެމީހުންގެ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހެއެވެ. އެމީހުންނަކީ ދިވެހިން "ނަޖިހުން" ތާހިރު ކުރި މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ާއައްޑޫ އަލިބެއްޔާ

  ސަމާލު ކަން ހޯދަން ކުޜި ކަމެއް ކަމަށް ބެލެވޭ.ތިހާ ބުރު ޖަހާ ހިތްވާނަމަ އެބަތިބި ޔަތީމު ތުއްތު ކުދިން ދުވަހަކުވެސް ސައިކަލެއްގަ ދުއްވާލަން ނުލިބޭ އެކަމު އުމުރުފުރާގެ ކުދިން ގޮވައިގެން އެކުދިންގެ ބައްޕައިން ނާ ބޭބޭއިން ދުއްވާ ތަން ފެނި ދެރަވާ ކުދިން ވެސް. ޢެކުދިން ގޮވައިގެން ދާންވީނު

  40
  19
 2. މީސަން

  ސައިކަލް ޕާކު ކޮށްފައި ހުއްޓާ ސައިކަލް ގެ މައްޗަށް އެއްވެސް މީހަކު އަރައިގެން ނުވާނެ އެއީ އަގުބޮޑު މުދަލެއް ގިނަ މީހުން ސައިކަލް ގަންނަނީ އިންސްޱޯލް މަންޱައް 3 އަހަރުން ނުވަތަ 2 އަހަރުން މި އަގުހަމަވަނީ ކިރިޔާ

  11
  8
  • ?

   ބަލަ ސައިކަލު ގިރިގެން ދަނީތަ އޭގެ މަތީގަ މީހަކު އިޝީންދެލީމަ.

   6
   1
 3. ބަކީލް

  ދެއްކުންތެރިކަން. ބަންގާޅީން ހިތަށް އެރިގޮތަކަށް އުޅެނީ ތިމީހުންގެ ސަބަބުން. އަހަރެމެންވެސް ބޭރުގައުމުތަކުގައި އުޅެން. އެކަމަކު އެތަންތާގެ މީހުންގެ މުދަލަށް އަރައި ނުގަންނަން.

  36
  10
 4. ބޮންދު

  މީޑިޔާގެ ސަމާލް ކޮން ހޯދަންވެސް ދެން ބޮޑުވަރު

  38
  9
 5. ާއަހުމަދު

  ބަންގާޅިން ތީމިގައުމުން ނައްތާލަން ވީބައެއް

  25
  23
 6. ާަަ އަލްޓިމޭޓް

  ތިބަންގާޅީން މިދިވެހިރާޖޭގެ ަަަަަަަަަަަަަަަަަ ހެދިފަ ހުރިގާނޫނު ތަކަށް ގޮންޖަހާ މިތާގަ ބޮޑެތި ޖަރީމާ ހިންގާ ިިިިިިި ަ

  15
  2
 7. މަޒް

  ސައްތާރު ކަހަލަ އެތައް ސައްތާރުންނެއް އަދި ފެންނާނެ.. ސަރުކާރުން ތި ބިދޭސީންގެ މައްސަލަ ހައްލު ނުކުރުމުގެ ސަބަބުން ދިވެހިންނަށްވަނީ ބޮޑު މުސީބާތަކަށްވެފައި.. ހީނާމާގޭ ގޯޅިތެރެ ހީވާނީ އެއީ ބަންގްލަދޭޝް މީހުންގެ އައްޑާހެން.. މިކަހަލަ އެތައް ގޯޅިއެއް މާލޭގައި އެބައޮތް.. އެ ގޯޅިތަކުގައި އުޅޭ ދިވެހިންނަށް އެމީހުންގެ ފަރާތުން ވާ އުނދަގޫ އިނގޭނީ ހަމަ އެމީހުންނަށް... އަތުން އަތަށް ފޮރުވައިގެން އެކަކު އަނެކަކަށް ފޮރުވައިގެން ސިއްރު ތަކެތި ބަހާތަން އެ ގޯޅިތަކުން ފެންނަނީ..

  12
 8. ސައިކަލް މީހާަ

  އެއްވެސް މީހަކަށް ގެއްލުމެއްދީ ފުރައްސާރަ ކުުރުމަކީ، މާތްވެގެންވާ އިސްލާމްދީނުގަވެސް ކުރުން ހުއްދަ ކަންކަމެއްނޫން. އެކަމަކު ތިޔަބުނާ ބޭރުމީހުން އާއްމުކޮށް ތަންތާ ޕާކްކޮށްފަހުންނަ ސައިކަލްތަކަށް އަރާ އޭގެ މުށްގަނޑަށް އަނބުރާ އަދި އޭގެމަތީ ތިބެގެން ސަކަރާތްޖަހާ ނިމޭއިރު ސައިކަލަށް އެތައް ލުޚުސާނެއް ލިބިފަހުރޭ. މިހާރުވެސް 4 5 މަހުން ސައިކަލްތަކުގެ ހަރު ބަދަލުކުރަން ޖެހޭ. މީ ގައިމުވެސް އެމީހުން ކުރަންނުޖެހޭ ކަންތައްތައް. މިކަހަލަ ކަންކަމުން ހިތްވަރު ލިބިގެން އެމީހުންގެ ޖެއްސުން ހައްތާދާނީ ބޮޑުވަމުން.

  11
 9. މުޙައްމަދުށަރީފު

  ޓިމީހުންގެބޮލެކޭމީދާކޭއޮނބެކޭހުރީކޮންތަފާތެއްތޯ
  މަށައްމިގައުމުގެ ވެރިކަން3ދު ވަހުކުރަންމީހަކުދީފިއްޔާ
  ޓިހުރިހައިމީހުންމިރާޖެއިންބޭރުކުރާނަން،

  7
  1
 10. ޡޯހާ

  ވަޒީފާ ނެތި ތިހެން މައިންބަފައިން އަޅާ ދޭ ޕެޓްރޯލް ކޮޅު އަންދާ މީހުން ކުރާނީ ތިކަހަލަ ތާކުން ތާކު ނުޖޭހޭ ކަންތައް. ޢެބުނާ ހެން ޔަތީމު ތުއްތު ކުއްޖަކު ގޮވައިގެން ބުރެއް ޖެހިޔަސް މާ ރަގަޅު. ފެން ސައްތާރު ހިޔުމިލިއޭޓް ކުރަން ކުރި ކަމެއްތީ ހިތުން .އެކަމް ބޯގޯސް..

  6
  2
 11. ބިބީ

  ރަނގަޅު ކަމެއް ކުރިޔަސް މިމީހުންނަށް ނޯންނާނެ ރަނގަޅު އެއްގޮތް ވެސް. ސާބަސް

  8
  7