މޫނަކީ އެމީހާ ޒީނަތްތެރިކަން ފުރިހަމަ ކުރާ ހަށިގަނޑުގެ އެންމެ މުހިއްމު އެއް ބައެވެ. މޫނުމަތި އޮމާންކޮށް ރީތިކޮށް ހުންނަށް ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ. ނަމަވެސް އުމުރުން 26 އަހަރުގެ ނަޓާލިއާ އަޕާސެރޭ އެންމެ ކުޑައިރުއްސުރެ އުޅެން ޖެހުނީ ލަދުވެތިކަމުގެ ތެރޭގައެވެ. މޫނުމަތީގައި އުފެދި ބޮޑުވަމުން އައި ޓިއުމަރުގެ ސަބަބުން އޭނާގެ ސިފަ ހުތުރުވުމުންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެންމެ އުފަންވީއްސުރެ އޭނާގެ ޖެނެޓިކް މައްސަލައެއް ހުރެއެވެ. އެގޮތުން އޭނާގެ ނާރުތަކާއި މައިބަދައިގެ އިތުރުން ހަމުގެ އެކި ހިސާބުތަކުގައި ޓިއުމަރު އުފެދުން އޮތީ މައްސަލައަކަށް ވެފައެވެ. މިހާރު އުމުރުން 26 އަހަރުވެފައިވާ ނަޓާލިއާ މިހުރިހާ ދުވަހު އުޅުނީ އޭނާގެ އަވަށްޓެރި ކުދިންނާއި އެހެން މީހުންނަށްވެސް ފިލައިގެންނެވެ. މީހުން ކުރިމައްޗަށް އަރަން އޭނާއަށް އުނދަގުލެވެ. ލަދު ގަންނާތީއެވެ.

އުމުރުން 26 އަހަރު ވީއިރު އެކަށީގެންވާ ސިއްޙީ ފަރުވާ އޭނާއަށް ލިބިފައި ނުވެއެވެ. އެހެންކަމުން ކުޑައިރު އޭނާގެ މޫނުމަތީގައި އުފެދުނު ޓިއުމަރު ބޮޑުވަމުން އައިސް މުޅި މޫނުގެ ސިފަ ހުތުރުކޮށްލައިފިއެވެ. މިކަމާ ގުޅިގެން ހިތްދަތިވެ އެންމެ ފަހުން ޑޮކްޓަރަށް ދައްކައި ޕްލާސްޓިކް ސާޖަންއެއް ލައްވައި އޭނާ ވަނީ މިހާރު މޫނުމަތީގައި އުފެދިފައި ހުރި ޓިއުމަރުގެ ބޮޑުބައި ނަގާފައެވެ.

އޭނާގެ އޮޕަރޭޝަން ކޮށްފައިވަނީ ފަންޑް ރެއިޒްކޮށްގެން ގާތްގަނޑަކަށް 27،000 ޑޮލަރު އެއްކޮށްގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު