އިންޑިއާގެ ޝަލިމާ ބާގް އަވަށުގައި ދިރިއުޅެމުންދިޔަ އަންހެނެއްގެ ރަހިމުން 18 ކިލޯގެ ޓިއުމަރެއް ނަގައިފިއެވެ.

އަހުޖާ ނަމަކަށް ކިޔާ އެ އަންހެން މީހާގެ ބަނޑުގައި ރިއްސާކަން ފާހަގަވުމުންވެސް މާބޮޑަށް އަޅާލާފައެއް ނުވެއެވެ. އެކަން އޭނާ މާބޮޑު ކަމަކަށް ނަހަދައި އުޅެނިކޮށް މާ ގަދަޔަށް ސަކަރާތްވެގެން ޑޮކްޓަރަށް އެންމެ ފަހުން ދައްކާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އެފަރާތްތަކުން ބުނެފައިވަނީ އަހުޖާ ހޮސްޕިޓަލަށް ގޮސްފައިވަނީ ބަނޑުގައި ރިއްސާ ނޭވާލާން އުނދަގުވެގެން ކަމަށެވެ. އަދި ހޮސްޕިޓަލަށް ގޮސް ބެލި ބެލުމުން އެއީ ރަހިމުގައި އުފެދިފައިވާ ޓިއުމަރެއް ކަން އެނގިފައިވާ ކަމަށެވެ. އެ ޓިއުމަރުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ވަނީ އިތުރަށް ބަރުކަމެއް ގެނެސްފައެވެ.

އިންޑިއަން އެކްސްޕްރެސް އަށް މައުލޫމާތު ދެމުން އަހުޖާގެ އޮޕަރޭޝަން ކާމިޔާބު ކަމާއި އެކު ކޮށްފައި ޑޮކްޓަރު ބުނީ، ޓިއުމަރު ބޮޑުވަމުން އައީ އަހުޖާގެ ރަހިމުގައި ކަމަށާއި އެއީ ދިޔައިން އުފެދިފައިވާ ޓިއުމަރަކަށް ވުމުން ހަށިގަނޑަށް އިތުރު ބަރުކަމެއް އައިސްފައިވާ ކަމަށެވެ.

”ބަރުދަނުގައި 18.8 ކިލޯހުރި ޓިއުމަރެއް އަހުޖާގެ ރަހިމުން ވަނީ ނަގާފައި. އޮޕަރޭޝަން ފަށާފައިވަނީ ލޭގެ ދިރާސާ ޓީމަކާއި ގުޅިގެން.” އަހުޖާ އޮޕަރޭޝަން ކުރި ޑރ. ރޭއި ބުންޏެވެ.

އަހުޖާ ހޮސްޕިޓަލަށް ދިޔަ އިރު އޭނާގެ ހަށިގަނޑުގައި މުޅިއަކު 58 ކިލޯ ހުރި އެވެ. އަދި އޮޕަރޭޝަނަށް ފަހު އޭނާގެ ބަރުދަނުގައި ހުރީ 40 ކިލޯއެވެ. މިއީ އޮޮޕަރޭޝަނަށް ޖުމްލަ 6 ގަޑި އިރަށްވުރެ ގިނަ އިރު ހޭދަވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު