އެޕަލް ޕެންސިލް ބޭނުން ކުރެވޭ ހާއްސަ އައިޕެޑެއް ތަޢާރުފުކުރަންކަން އެޕަލްއިން ތައްޔާރުވެއްޖެއެވެ.

އެޕަލްއިން އަލަށް ތައާރުފުކުރާ މި އައިޕެޑަކީ އެޕަލް ޕެންސިލް ބޭނުންުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވަރަށް ހާއްސަ އަގުތަކެއްގައި މާކެޓަށް ނެރޭ އައިޕެޑެކެވެ. އަދި މިއީ ކިޔަވާކުދިންނަށް ވެސް ހާއްސަ އައިޕެޑެކެވެ.

ތިން ކުލައަކުން ލިބެން ހުންނަ މި އައިޕެޑްގައި ހުންނަނީ އެޕަލްގެ އެންމެ ފަހުގެ އޭ10 ފިއުޝަން ޗިޕެކެވެ. އަދި މިއީ ކުރީގެ އައިޕެޑްތަކާއި އަޅާ ބަލާއިރު 40 އިންސައްތަ އަވަސް ސްޕީޑެއްގެ އުފެއްދުމެއް ކަމަށް އެޕަލްއިން ބުނެ އެވެ.

އެޕަލްގެ އާ އައިޕެޑްގައި ޓީޗަރުންނަށް ހާއްސަ ކަންތައްތަކެއްވެސް ވަނީ ހިމަނާފަ އެވެ. އެގޮތުން ޓެސްޓް ޕޭޕަރު މާކް ކުރެވޭނެ ގޮތާއި، ކިޔަވައިދިނުމަށް ހާއްސަ އެތައް ކަމެއް ހިމަނާފައިވާނެ ކަމަށް އެޕަލްއިން ބުނެ އެވެ.

ކިޔަވާ ކުދިންނަށް މި އައިޕެޑް ވިއްކާ އަގަކީ 299 އެމެރިކާ ޑޮލަރެވެ. އަދި އެހެން ފަރާތްތަކަށްވެސް މި އައިޕެޑް 399 އެމެރިކާ ޑޮލަރުގެ އަގެއްގައި ގަންނަން ލިބޭނެ އެވެ. އެޕަލް ކުންފުނީގެ އެންމެ ފުރަތަމަ އައިޕެޑްގެ ސައިޒަށް ފަރުމާކޮށްފައިވާ އާ އައިޕެޑަކީ ސްކޫލްތަކަށް ހާއްސަކޮށްފައިވާ އެއްޗެއް ކަމުން މި އައިޕެޑް ވިއްކުމަށް ހަމަޖެހިފައިވަނީ ވަރަށް ހެޔޮ އަގުތަކެއްގަ އެވެ.

ް ދަރިވަރުންނަށް ވިއްކާ އައިޕެޑްގައި 200 ޖީބީގެ ސްޓޯރޭޖް ހުންނައިރު އާންމު ކަސްޓަމަރުންނަށް ވިއްކާ އައިޕެޑްގެ ސްޓޯރޭޖަކީ 50 ޖީބީ އެވެ. މި އައިޕެޑްގެ ދެން އެންމެ ހާއްސަކަމަކީ މީގައި އެޕަލް ޕެންސިލް ބޭނުންކުރެވޭ ކަމެވެ.

މީގެ އިތުރުން މީގެ ތެރޭގައި ކިޔަވައިދިނުމުގައި ބޭނުންކުރެވޭނެ އެތައް އާ އެޕްލިކޭޝަންތަކެއްވެސް ހިމެނެ އެވެ. 99 އެމެރިކާ ޑޮލަރަށް ވިއްކާ އެޕަލް ޕެންސިލް ދަރިވަރުންނަށް ވިއްކަން ހަމަޖެހިފައިވަނީ 80 ޑޮލަރަށެވެ.

އެޕަލް ޕެންސިލްއަކީ ސްޓައިލަސްއެއް ގޮތަށް މަސައްކަތްކުރާ ކުރެހުން ފަދަ ކަންތައްތައް ކުރުމުގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުފެއްދުމެކެވެ.