ކުޅުން ބަނޑުބޮޑުކަން ދެނެގަނެވޭ ޓެސްޓު ކިޓެއް އިނގިރޭސިވާތުގައި ލޯންޗްްކޮށްފިއެވެ.

މި ކިޓް މިހާރު އިނގިރޭސިވިލާތުގެ ފިހާރަތަކުން ލިބެން ހުންނާނެއެވެ.

މީޓްރޯގެ ރިޕޯޓްތައް ބުނާގޮތުގައި، ސެލިސްޓިކް އަކީ ހަމައެކަނި "ކުޅު ޓެސްޓެއް" ހަދައިގެން މާބަނޑުކަން ދެނެގަނެވޭނެ ފުރަތަމަ އުފެއްމެވެ.

މީގެ ކުރިން ކުޑަކަމުދާ ތަކެތި ބޭނުންކޮށްގެން މާބަނޑުކަން ގިނަބަޔަކު ޔަގީންކުރާއިރު، މިހާރު މި އާ ވައްތަރުގެ ޓެސްޓު އިނގިރޭސިވިލާތުންނާއި އަޔަލޭންޑުން ލިބޭނެއެވެ.

މި ޓެސްޓް ކިޓަކީ ގުދުސްގެ ސްޓާޓްއަޕް ސެލިގްނޯސްޓިކްސް އިން އުފައްދާފައިވާ އެއްޗެކެވެ. އެ ކުންފުނިން ބުނެފައިވާގޮތުން އެއީ ކޮވިޑް-19 ޓެސްޓު ކިޓްތައް ހެދުމަށް ބޭނުންކުރާ ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޓެކްނޮލޮޖީ އެކެވެ.

މި ޔުނިކް ޕްރޮޑަކްޓްގެ ސަބަބުން ކޮންމެ ތަނެއްގައި ވެސް، ކޮންމެ ވަގުތަކު ވެސް މާބަނޑުކަން ޓެސްޓު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ޓެސްޓު ކުރުމުގެ ތަޖުރިބާގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ޓެސްޓު މަސައްކަތް ކުރުމަށްޓަކައި ޖެހޭނީ އެ ސްޓިކް ކުޑަ އިރުކޮޅެއް ވަންދެން އަނގެ ތެރޭގައި ބަަހައްޓާށެވެ. މި ސްޓިކް އަނގަ ތެރޭގައި ބަހައްޓަން ޖެހެނީ ތަރމޯމީޓަރެއް ގޮތަށެވެ. މީގެން ކުޅު އެއްކުރާނެއެވެ.

އޭގެ ފަހުން ޕްލާސްޓިކް ޓިއުބަށް އެ ކުޅުތައް ފޮނުވަން ޖެހޭނެއެވެ. އޭގެ ނަތީޖާ އަންނާނީ އޭގެ ފަހުންނެވެ.

ފަސް މިނެޓާއި 15 މިނެޓުގެ ތެރޭގައި ނަތީޖާ ލިބޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ޓެސްޓަކީ މާބަނޑު ދުވަސްވަރަށް ހާއްސަ ހޯމޯންއެއް ކަމަށްވާ އެޗްސީޖީ ދެނެގަނެވޭ ޓެކްނޮލޮޖީގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޓެސްޓެކެވެ.