ޓެކްނޮލޮޖީ ދާއިރާގައި އަންހެނުން ކުރިއަރާ މަންޒަރު ފެންނަތީ އުފާ ކުރަމެވެ. އަންހެނުން މަދު ދާއިރާއެއް ނަމަވެސް، އެ ދާއިރާގައި ވަރަށް ބޮޑަށް ޝައުގުވެރިކަމަކާއެކު މަސައްކަތް ކުރާ އަންހެނުން އުފެދެމުން އަންނަތީ އެއީ އަންހެނުންނަށްވެސް މިކަން ވާނޭ ބުނާ ބަހުގެ ހެއްކެކެވެ. މިއިވެސް ޓެކްނޮލޮޖީ ދާއިރާގައި ކެރި އަރަމުން އަންނަ އަންހެނެކެވެ. ކާމިޔާބީ ހަރުފަތާއި ހަމައަށް ވާސިލްވީ ގިނަ ގޮންޖެހުންތަކާއި، ގިނަ ނާކާމިޔާބީތަކާއި ކުރިމަތިލައިގެންނެވެ. މިހާރު އެ ހުރީ އިސް މާގަމެއްގައެވެ.

މިއީ އަބަދުވެސް ބޭންކެއްގެ މަސައްކަތް ކުރަން ބޭނުންވެ، އެކަމުގެ ހުވަފެން ދެކެމުން އައި އަންހެން ކަނބަލެއް ކަމަށްވާ ޔާސްމީން އިބްރާހިމް ސޯބިރްގެ ވާހަކައެވެ. އޭނާ މިހާރު މަސައްކަތް ކުރަމުން ގެންދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އައިޓީ ޑިވިޝަންގެ ބިޒްނަސް ސިސްޓަމް ޑިވިޝަންގެ މެނޭޖަރެއްގެ މަގާމުގައެވެ.

ބީއެމްއެލްގެ އައިޓީ ޑިވިޝަންގެ ބިޒްނަސް ސިސްޓަމް ޑިވިޝަންގެ މެނޭޖަރ ޔާސްމީން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އޮސްޓްރޭލިއާގެ ޗާލްސް ސްޓުއާޓް ޔުނިވާސިޓީން މެލޭޝިއާގެ ހެލްޕް ޔުނިވާސިޓީގައި ހިންގަމުންދާ ބެޗްލާސް އޮފް ބިޒްނަސް އެންޑް ބޭންކިންގ އެންޑް ފައިނޭންސް ފުރިހަމަކޮށް ރާއްޖެ އައިސް، 2012 ވަނަ އަހަރު ބީއެމްއެލްއާ ގުޅުނު ޔާސްމީންއަށް ޓެކްނޮލޮޖީގެ ދާއިރާއާ ހަމައަށް ދެވުނީ ޕްރޮޖެކްޓް މެނޭޖްމެންޓްގައި ކުރި މަސައްކަތްތަކުގެ ތެރެއިންނެވެ. އެއިރު އޭނާއާ ޓެކްނޮލޮޖީއާ ގުޅޭ މާބޮޑު މައުލޫމާތެއް ނޭނގެއެވެ. އޭރު ހުރި ހާލަތު ސިފަ ކޮށްދެވެން އޮތް އެންމެ ރަނގަޅު ބަހަކީ "ޒީރޯ" އެވެ.

"އެއިރު އެންމެ ބޮޑަށް ހަވާލުކުރެވިފައި ހުރީ އައީޓީ ޕްރޮޖެކްޓްސް، އެއިރު ފުދޭވަރަކަށް ބޮޑު ދެ ޕްރޮޖެކްޓެއް ހިންގާފައި، މެނޭޖްމެންޓުން ބަދަލު ކުރީ އައިޓީ ޑިވިޝަން." ޔާސްމީން ކިޔައި ދިނެވެ. ޔާސްމީންގެ މަސައްކަތް މެނޭޖްމަންޓަށް ފެނި އޭނާ މަސައްކަތް ކުރާ ސެކްޝަން ބަދަލުކުރުންވީ ވަރަށް ހެޔޮ ފާލަކަށެވެ.

ޔާސްމީން ކިޔާދިންގޮތުގައި، އޭނާ ކިޔެވި ދާއިރާ އާއި އައިޓީ އާއި ދެމެދު މާބޮޑު ގުޅުމެއް ނެތުމުންނާއި ވެސް އެކު ފުރަތަމަ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރަން ފެށުމުންވެސް އޭނާ އަށްވެސް މިކަންވީ އާކަމަކަށެވެ. ޓެކްނޮލޮޖީއާ ގުޅޭ މާބޮޑު މައުލޫމާތެއް ނޭނގޭ ހާލުގައިވެސް އޭނާ ދިޔައީ މަސައްކަތުގައި ޝާމިލް ވަމުންނެވެ. ހިތްވަރާއެކު ދިޔައީ، ކުރެވިދާނެ ކަން ސާބިތުކޮށްދެމުންނެވެ.

"އަހަރެން މަސައްކަތް ކުރީ އެއްޗެހި ކިޔައިގެން، ހަމަ ދަސް ކުރީ. ދަސް ކޮށްގެން ފަހުން ވަރަށް އިންޓަރެސްޓް އުފެދުނު މި ޕްރޮޖެކްޓްސް ހިންގަން، ކޮންމެވެސް ވަރަކަށް ޕްރޮޖެކްޓް މެނޭޖެމްންޓް މޮޑިއުލްއެއް އިންނާނެ ކިޔަވާފައި، އޭގައި ހުރި ބައެއް ނޮލެޖް އެޕްލައި ކުރީމަ އެނގޭ، އެކަމަކު ޓެކްނޮލޮޖީއަކީ ހަމަ މުޅިން ތަފާތު ސްޕެޝައިލް ދާއިރާއެއްވީމަ އެއިރު ހަމަ އެކައްޗެއްވެސް ނޭނގެ، އެކަމަކު ފަހުން ފަހުން އައިސްފައި އެނގެން ފެށީ." ޕްރޮޖެކްޓް މެނޭޖްމެންޓްގައި ތިން އަހަރު މަސައްކަތްކޮށް، ބޮޑު ދެ ޕްރޮޖެކްޓެް ކަަމަށްވާ ކޯ ބޭންކިންގ ޕްރޮޖެކްޓާއި އީއާރްޕީ ޕްރޮޖެކްޓްގައި މަސައްކަތް ކުރި ޔާސްމީން ބުންޏެވެ.

ބީއެމްއެލްގެ އައިޓީ ޑިވިޝަންގެ ބިޒްނަސް ސިސްޓަމް ޑިވިޝަންގެ މެނޭޖަރ ޔާސްމީން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އެހެންކަމުން މިހާރު އޭނާއަށް އައިޓީ ޑިވިޝަންގެ ހުރިހާ ޕްރޮޖެކްޓްތަކެއްގައި އުޅެވެއެވެ. އެ ޕްރޮޖެކްޓްތައް މޮނީޓަރ ކުރުމާއި، ބެލެހެއްޓުމާއި، ސިސްޓަމްތަކަށް އަންނަ ބަދަލުތައްވެސް އޭނާ ބަލަހައްޓައެވެ.

މީގެ ކުރިން ފިނޭންސް މިނިސްޓްރީގައި އެކިއެކި އިކޮނޮމިކް ޕްރޮޖެކްޓްތަކުގައިވެސް މަސައްކަތް ކޮށްފައިވާ ޔާސްމީން ބުނިގޮތުގައި، އޭނާއަށް ބޮޑަށް ޕްރޮޖެކްޓް މެނޭޖްމެންޓްގެ މަސައްކަތްތައް އެނގުނީ އެތަނުގައި މަސައްކަތް ކުރުމުންނެވެ. އެގޮތުން ވޯލްޑް ބޭންކް، އައިޑީބީ، އޮފިޑްގެ އެކި ޕްރޮޖެކްޓްތަކުގައި އޭނާ އަށް މަސައްކަތް ކުރެވިފައި ހުރުމުން، އޭނާއަށް މަސައްކަތުގެ ތެރެއަށް އިތުރަށް ވަދެވުނެވެ.

ފިނޭންސް މިނިސްޓްރީގައި ހަތަރު އަހަރު މަސައްކަތް ކުރުމަށްފަހު، މެލޭޝިއާއަށް ގޮސް، ކިޔެވުމަށްފަހު ދިވެހިންގެ ބޭންކްއާ ގުޅުނު ގޮތަށް މިހާރު އެ ހުރީ މެނޭޖަރެއްގެ މަގާމާއި ހަމައަށް އާދެވިފައެެވެ. އެކަމަކު އެ ހިސާބަށް އައިއިރު، އުނދަގޫތަކާއި ކުރިމަތިލިއެވެ. އެގޮތުން އައިޓީ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރިއިރު ޓާމިނޮލޮޖީވެސް ނޭނގުން އެއީ ކުރިމަތިވި އެއް ގޮންޖެހުމެވެ.

ބީއެމްއެލްގެ އައިޓީ ޑިވިޝަންގެ ބިޒްނަސް ސިސްޓަމް ޑިވިޝަންގެ މެނޭޖަރ ޔާސްމީން، އޭނާ ޓެކްނޮލޮޖީގެ ދާއިރާއަށް ވަދެވުނު ގޮތް ހިއްސާ ކުރަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

"އެއިއު އަސްލު ވަރަށް ބޮޑަށް ނޭނގެ. އެހެންވެ މީޓިންގތަކުގައިވެސް އުނދަގޫވި. އެންމެ ފަހުން ރީޑް ކުރަން ފެށީ، ކިޔަން ފެށީ، ކިޔައިގެން ޓާމިނޮލޮޖީސްތައް ދަސްކޮށްގެން، މީހުން ކައިރިން އަހައިގެން، ދެން އަސްލު މީގެ ތެރެއަށް ވަންނަން ފެށީ. ފެށިއިރު މާބޮޑު މައުލޫމާތެއް ނޭނގެ.". ކުރީގެ ހާލަތާއި ގުޅޭގޮތުން ތަފްސީލުކޮށް ކިޔާދެމުން އޭނާ ބުންޏެވެ.

އެކަމަކު މިހާރު އޭނާއަށް މަސައްކަތް ވެސް ވަރަށް ޝައުގުވެރިއެވެ. ދާއިރާ ވެސް ޝައުގުވެރިއެވެ. އިތުރަށް އޭނާ ކުރިއަށް ދާން ބޭނުންވީވެސް މި ދާއިރާއިންނެވެ.

ޔާސްމީން ބުނީ، މުސްތަގުބަލް އޮތީ މުޅިން ޑިޖިޓަލައިޒްވުމާއި ގުޅިފައެވެ. އެހެންކަމުން ދާއިރާގައި ހުރި ފުރުސަތުތައް ވަރަށް ގިނައެވެ.

ޔާސްމީން ގަބޫލުކުރާ ގޮތުގައި، މި ދާއިރާގައި އަންހެނުން އެހާ މަދީ "މޭލް ޑޮމިނޭޓެޑް" ގޮތަކަށް އައިޓީ ދާއިރާ ސިފަ ވެފައި އޮތުމުންނެވެ. އަދި ބައިވަރު ފިރިހެނުން ތިބޭ ތަނެއްގައި އަންހެނުންނަށް މަސައްކަތް ކުރަން އުނދަގޫވުން މިއީވެސް މި ދާއިރާގައި އަންހެނުން މަދުވާން މެދުވެރިވާ ސަބަބަކަށް ވެދާނެއެވެ.

"އެކަމަކު އަޅުގަނޑު ގަބޫލު ކުރަގޮތުގައި، ވަރަށް އިންޓަރެސްޓާއެކު ކަމެއް ކުރަން ނިންމަން، ހިފާލާ ގޮތަށް މަސައްކަތް ކުރާ މީހަކަށް އުނދަގުލެއް ނުވާނެ ވަކި މޭލް ޑޮމިނޭޓެޑް ތަނެއްގައި އުޅޭކަން، މިތަނުގައި ވެއްޖެއްޔާމުން އެ އިހުސާސެއް އެއްގޮތަކަށްވެސް ނުވޭ." ޔާސްމީން ބުންޏެވެ.

ބީއެމްއެލްގެ އައިޓީ ޑިވިޝަންގެ ބިޒްނަސް ސިސްޓަމް ޑިވިޝަންގެ މެނޭޖަރ ޔާސްމީން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކޮންމެ މީހަކު ވެސް ކުރިއަރައި ކާމިޔާބު މީހަކަށް ވުމަށް ލައްކަ ގިނަ މަސައްކަތް ކުރަން ޖެހެއެވެ. އެހެންކަމުން ޔާސްމީން ވެސް އެކަމުން އިސްތިސްނާއެއް ނުވެއެވެ. "ފެއިލިއާ އިޒް ދަ ބިގިނިންގ އޮފް ސަކްސެސް" ކަން ހަނދާންކޮށް ފެށި މަސައްކަތުގެ ނަތީޖާއަކީ މިއަދު ޔާސްމީން، އެހުރި ހިސާބަށް އޭނާ އަށް އާދެވުމެވެ. ވަރަށް ގިނަ ކަންކަމާއި ކުރިމަތިލައި، ވަރަށް ގިނަ ކަންކަމުގައި ފެއިލް ވެސްވެ، ނަމަވެސް އެނާކާމިޔާބު، ކާމިޔާބަށް ހެދިއްޖެ ކަމުގެ ހެކި މިއަދު ފެންނަން އޮތީ އޭނާގެ ހަޔާތައް ފަސް އެނބުރި ބަލައިލުމުންނެވެ.

ކޮންމެ ދާއިރާއަކަށް ވަންނަން ބޭނުންވާ މީހުންނަށް ޔާސްމީން ވަނީ ވަރަށް ރަނގަޅު މެސެޖެއް ދީފައެވެ. "ފުރަތަމަ ޓްރައި ކުރާށޭ، ކޮންމެވެސް ކަމެއްގައި މަޝްއޫލުވާން، ފަހަރެއްގައި އެ ނުވެދާނެ، އައިޓީ ދާއިރާއަކަސް ނޫނީ އެހެން ދާއިރާއަކަސް، އެކަމަކު އެ އިންޓަރެސްޓް އުފެދިއްޖެނަމަ އެކަމެއް ކުރެވޭ." ޔާސްމީންގެ މެސެޖަކީ އެއީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. 😡😡😡

    ޣައްދާރު ށައުނާ!

    6
    7
    • ގިނި

      ބަލަ ޝައުނާއެއް ނޫނޭ އެއީ. ފޮޓޯ އަށް ބަލާފަ ޚަބަރު ނުކިޔާ ކޮމެންޓު ލިޔަނީ.
      ރިބާ ބޭންކު ޖޮބުގަ ބުރުގާއެއް ނާޅާ އުޅޭތީ ދެރަ. ހިދާޔަތް ދައްކަވާށި.

      6
      3
      • ޔޯމަދާރ

        ކަލެއަށް ކީއްތަ ބުރުގާ އެޅިޔަސް ނޭޅިޔަސް؟ ހަމަ ނީނދެވެނީދޯ އަންހެނެއް އުޅެންވީ ގޮތް ކިޔާނުދީ؟ މީހަކު ހެބަލިވެދާނެ!

    • ހޭލާ

      ޝައުނާ އެއްނޫން މީ

  2. ޢިނގިރޭސި ހަސަނާ

    ލިޔެވިފައިވާ އިންސާނީ ތާރީޚްގެ އެންމެހައި ފަތްފުތްތަކަށް ބެލިޔަސް،އަންހެން ކަނބަލުންނަށް ފުރިހަމަ ވަށާޖެހިފައިވާ ރައްކާތެރިކަމާއި،ޒިންމާދާރު މިނިވަންކަމާއި އިންސާނީ އެންމެހައި ހައްގުތައް ގުދުރަތީ ނިޒާމާއި ޚިލާފްނުވާނެހެން ކަށަވަރުކޮށްދީފައިވަނީ އިސްލާމްދީނުން އަދި މުސްލިމުން...މިކަމާއިމެދު އެއްވެސް ޝައްކެތް އުފެދިއްޖެނަމަ އިންބޮކްސް ކޮށްލާ...."މިންތި ވާނުވާ" މިހެން ޖަހާފަ

    3
    1
  3. ހާލާތު

    މިކަހަލަ އުފެއްދުން ތެރި ދިވެހި އަންހެންކަނބަލުންގެ ޙިދްމަތާމެދު ދިވެހި ކޮއްމެ ފަރުދަކުވެސް މިއަދު އުފާކުރަންޖެހޭ. ތިޔަކުރައްވާ މަސައްކަތައް ޔާސްމީން އަށް ފަށްފަށުން ޝުކުރު ދަންނަވަން. ފާަގަތި މުސްތަޤްބަލަކަށް އެދެން.

    9
    2