ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުން، ނުވަތަ އެހެން ގޮތަކަށް ބުނާނަމަ، "ބިޓު" ގޮވައިގެން ޑޭޓަށް ދިޔުމަކީ ރާއްޖޭގައިވެސް އާންމު ކަމަކެވެ. އަދި މޮޅު ކޮށްލުމަށް، ކޮންމެ "ކަޕުލް" އެއްވެސް ދާން ބޭނުންވަނީ ނަން މަޝްހޫރު ކޮންމެވެސް ރެސްޓޯރެންޓަކަށެވެ. މިފަހަރު މިއޮތީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު، މާލޭގެ ރެސްޓޯރެންޓަކަށް ޑޭޓަކަށް ދިޔަ ދެމީހުންގެ ދޭތެރޭގައި ހިނގާފައިވާ ހަޤީޤީ ހާދިސާއެކެވެ.
މިއީ މާލޭގައި ހިނގި ހަޤީޤީ ހާދިސާއެކެވެ. މި ލިޔުން ލިޔެފައި މިވަނީ އެ ހާދިސާގައި ހިމެނޭ ފިރިހެންމީހާ ކިޔައިދިން ގޮތަށް އުނި އިތުރުކުރުމެއް ގެނައުމަކާއި ނުލައެވެ. އެހެންނަމަވެސް މިލިޔުމުގައި ބޭނުންކޮށްފައި މިވަނީ އަސްލު ނަންތަކެއް ނޫނެވެ.
އާދައިގެން މަތިން އެ ދުވަހުވެސް، ނާއިލް އާއި ތައިމާ ނިކުތީ ހަވީރު ފިންޏަށް ބުރެއް ޖަހާލުމަށެވެ. ޖީއެން މަތީގައި ބްރިޖް މަތިން ދުއްވާލާފައި ދެމީހުން ދިޔައީ ހުޅުމާލެއަށެވެ. އެކި އެކި ވާހަކަދައްކާ މާ ފޮޅުވަމުންނެވެ. މިޒާޖުގައިވެސް ފޮނި ގޮތެއް ހުންނަ ނާއިލް އޭރުވެސް ދިޔައީ ތަރިތަކާއި ހަނދުވެސް ހޯދައިދޭނެ ކަމަށް ތައިމާގެ ގާތުގައި ވައުދުވަމުންނެވެ. ވާނީވެސް އެހެންތާއެވެ. ގުނަމުން މިދަނީ އަދި ރައްޓެހިވިތާ ދެވަނަ މަހުގެ ދުވަސްތަކެވެ. ލޯބީގެ ވާހަކަތަކުގެ ތެރެއަށް ގަރަގުވެ، ސައިކަލު މަތީގައި ހީ ސަމާސާކުރަމުން، ދެމީހުން ގޮސް މަޑުކުރީ ވަރަށް ހިތްގައިމު ރެސްޓޯރެންޓެއްގެ ދޮރުމައްޗަށެވެ.
ބޭރުގައި ސައިކަލު ޕާކުކޮށް، ދެމީހުން އެތެރެއަށް ވަދެ އިށީނދެވުނު އިރު، މަޣްރިބް ނަމާދުގެ ބަންގީގެ އަޑު އިވެމުންދެއެވެ. އޭރު ވައި އަޑުން ތައިމާ ބުނެލިއެވެ. "ބޭބީ ހާދަ ބަނޑުހައޭ". ހީލާފައި، ވޭޓަރު އައުމުން ދެމީހުންވެސް އޯޑަރ ދިނެވެ. ކާއެއްޗެހި އައިއްސިއެވެ. ދެމީހުން އެކަކު އަނެއްކަކަށް ކާންދޭން ފަށައިފިއެވެ. ހީވަނީ ހަމަ ހިންދީ ފިލްމެއްގެ މަންޒަރެއް ހެންނެވެ. ތައިމާގެ އަތުން ރިހައާއި ނާނު ޖައްސާ، ނާއިލްއަށް ކާންދެމުން ދިޔައެވެ. ހަމަ އެހެންމެ، ތައިމާވެސް ކަމުން ދިޔައެވެ.
މާ ގިނަ އިރެއް ނުވަނީސް ގެނައި ކާ އެތިކޮޅު ހުސްވެއްޖެއެވެ. ތައިމާގެ ހިތެއް ނުފުރުނެވެ. އަނެއްކާވެސް ކާއެއްޗަކަށް އޯޑަރު ދީފިއެވެ. ތައިމާ އޯޑަރުކުރަނީ ހައްތަހާވެސް އަގުބޮޑެތި އެއްޗިއްސެވެ. ނާއިލް އިނީ ހަދާނެ ގޮތް ހުސްވާން ކައިރިވެފައެވެ. އެކައުންޓުގައި މާ ގިނަ ފައިސާއެއް ނެތުމުން، ބިލް ދެއްްކޭނެކަމުގެ ޔަގީންކަމެއްވެސްް މިހާރު ނާއިލްއަކަށް ނެތެވެ. އެކަމަކު ނާއިލް އިނީ އެވާހަކަ ބުނަން ނުކެރިފައެވެ.
އަނެއްކާވެސް ތައިިމާ ކާ އެއްޗިއްސަށް އޯޑަރކޮށްފިއެވެ. މިފަހަރު އޯޑަރުކުރީ ފޮނި ކާތަކެއްޗަށެވެ. އެހިސާބުން ނާއިލަށް ހީވީ ފައިދަށުން ބިންގަނޑު ދަމައިގެން ހެނެވެ. ދެން ނާއިލް ބޭނުންވީ ލަދެއްގައި ނުބެދި، އަވަހަށް އެތަނުން ފިލައިގެން ދާށެެވެ. ވަގުވަގަށް ތައިމާގެ ދަބަހުގައި އޭނާގެ ކޭޝް ކާޑު އޮތްތޯ ޔަގީންކޮށްލުމަށް ފަހު ފާހާނައަކަށް ގޮސްފައި އެބަ އަންނަމޭ ކިޔައި ތެދުވެގެން ގޮއްސިއެވެ. ފާހާނައަށް ދިޔަފަހުން ނާއިލް ވީ ބަހަބަރެވެ. އަނބުރާ ނުއެއް އާދެއެވެ.
އެންމެ ފަހުން ބިލް ދައްކަންވެސް ޖެހުނީ ތައިމާއާއިއެވެ. ތައިމާއަށް ވާނުވާ އެނގުނީ އަދި މާފަހުންނެވެ. ނާއިލް، ތައިމާއަށް މަޢާފަށް އެދި މެސެޖު ކުރުމުންނެވެ. އަދި އެ މެސެޖުގައި "ފިލީ މާ ގިނައިން ކާތީ" ކަމަށްވެސް ނާއިލް ވަނީ ބުނެފައެވެ. އެހިސާބުން ތައިމާ ވަނީ ނާއިލްއަށް މާފުކޮށް، އެހެންނަމަވެސް ދެމީހުން މެދުގައި އޮތް ލޯބީގެ ގުޅުން ކެނޑުނީ ކަމަށް ބުނެފައެވެ.
މިކަމުން އިބުރަތް ހާސިލްކޮށް ކޮންމެ އަންހެން ކުއްޖަކުވެސް މިކަންކަމާއި މެދު ވިސްނާލުން ބުއްދިވެރިވާނެއެވެ.
އަންހެން ކުއްޖާ އެއް ނޫން އެކަނި ވިސްނަންވީ. ފިރިހެން މީހާ ގައިގަ ވެސް ގަޓް ހުންނަން ވާނެ އޭނަގެ އަތުގައި ނެތިއްޔާ ނެތް ވާހަކަ ބުނަން.
ތިކަމުން އިބްރަތް ޙާޞިލް ކުރަންވީ އަންހެނުންނެއް ނޫން. ފިރިހެނުންނަށް ހީވަނީ އަންހެނަކާ އެއްކޮށް ތާކަށް ކާން އެރިއްޔާ ބިލު އަންނާނީ އޭނަ ބޮލަށެވެ. އެހެނެއް ނޫން މިހާރު މީ އަންހެނުން ވެސް ލާރި ހޯދަން މަސައްކަތްކުރާ ޒަމާން، އެހެންވީމަ ތައިމާ ގިނައިން ކެއީ ، ތައިމާ ބިލްދައްކަން، ނާއިލް އަށް ނުވީ އިރު ރީތިކޮށް ބުނިނަމަ ތިމަންނަ ވަރަށް ދައްޗޭ ، ފައިސާ ނެތޭ އޭރުން ހަމަ ހިތުން ރުހުމުން ތައި ބިލް ދެއްކީމުސް! ނާއިލް ކަހަލަ ފިނޑިއަކާ އެއްކޮށް އުޅޭކަށް ބޭނުމެއްނޫން?
ހާބަރު ކަޑައަށް ގެންދިޔަ ނަމަވެސް އޯކޭ ވީސް. ބޮމްބޭ ދަރުބާރުން އޯޑަރ ކުރީ އެހެން މީހުންވެސް އާއްމު ގޮތެއްގައި އޯޑަރ ކުރާ ކެއުން. ބިލަށް އެރީ 540/- ރުފިޔާ
540ރ އޭ ލަދުންބޯހަލާކު،ފިރިހިނަކަށްވީތީވެސް ލަދުގަނޭ! އެވަރުމީހުން އަންހެންކުދިން ކީކުރަން ފިރިހެނުން ގޮވައިގެންވެސް ރެސްޓޯރަންޓަކަށް ނުދާތި ، ތައިމާ ތިހެދީ ރަނގަޅަށް މަނަމެސް ރިޕްލައިކުރާނި ހަމަ ތިހެން .
ހާސް ނުވޭ މަވެސް އެބަހުރިން ކާންދާހިތްވީމަ ގުޅާލާ !!!
އަސްލު ފިރިހެނެއް ނޫން ތީކީ. އަތުގަ ލާރި ނެތް ވާހަކަ ބުނާކަށް ގަޓެއް ނެތް. އަންހެން ކުދިން ފިރިހެނެއް ދެކެ ބޭބީއޭ ކިޔާ ވަރަށް ލައިކް ވެއްޖެއާމުން، އަތުގަ ލާރި ހުރީއާމުން ބިލްވެސް ދައްކަދޭނެ. ތިސޮރަށް ތަރި ވެސް ނުބޭލޭނެ. ޝީ ޑިޒާރވް ބެޓަރ...
ހަހަހަހަ އަބަދުވެސް ފިރިހެންގޮލާ ދައްކަންޖެހޭ އެއްޗެއްތީ ހީވަނީ ކަންނޭގެ މީ އޭޓީއެމްތަކެކޭ.
ބެޗީ އޯ
ޖީ އެން ގަ ގޮޅިޖެހި ގަމީސްލާފަ ދެކޮޅަށް ބާރަށް ދުއްވާ އަތުގަ މުކޮސް ނެތަސް ވަރަށް ހަޔާތް ކުޑަ ފިރި ހެނެއް އިނުމުގެ ކުރީގަ ތިހެން ތިކަން ވިކަންވެސް ރަނގަޅު
ދޭމީހާ ދިނަސް ކާމީހާ ކާންވާނީ ބަލައިގެންނެވެ.
ހެހެހެހެހެހެ.އަތުގަ ފައިސާ ނެތް ވަގުތަކާއި ދިމާވެދާނެ.ފައިސާ ނެތީސް ރެސްޓޯރެންޓަކަށް ގާލް ގޮވައިގެން ވަނުން އެއީ ކުރި ކަޑަކަމެއް.މިހާދިސާއާއި ވަރަށް ގުޅޭ ޑްރާމާއެއް އޮވޭ.(އިއްބެ އަދި ރަމީޒާއާއި ދެމީހުން ކާން ގޮސް ފައިސާ ނެތިގެން އިއްބެ އޮންނާނީ ކައުންޓަރުގަ އަތުކުރީ ގަޑިއެއް ބާއްވާފަ،މަޖާ ޑްރާމާއެއް އެއީ).
ނާއިލްވެސް ފޮނިކާތަކެތިކޮޅުވެސް ކާލައިގެން ފިލިނަމަ....
އަންހެނުންނަކީ ރެސޓޯރަންޓް ތަކުން ގިނައިން ކާ ބައެކެވެ.
އެއީ ދޮގެއް.. ގިނަ އެއްޗަަކައް އޯޑަރ އެއް ނުވެސް ކުރަން.. 200 ރުފިޔާވެސް ނާރާނެ އޭއްޗިއްސައް... އޭނަ ހަމަ އަހައްނާ ރުޅިވާނެ ބަހަނާ އެއް ދެއްކީ..
އަންގާލިނަމަ ބިލު ދައްކައިދޭނަން،
ސީމާއަށްއެގޭނީ އޭނާހަމަ ރުޅިވާންވެގެން އުޒުރުހޯދީ ވެދާނެ މާފައިސާގިނަ އަންހެނަކު ހުރީކަމަށްވެސް ގިނަފިރިހެނުން ބޭނުންވަނީ އަތުންފައިން މަސައްކަތެއް ނުކޮށް ފިސާރި މުއްސަދި ދިރިއުޅުންއުޅެން
ފައިސާވެރިންނަށް އަތުގަ ހުރި ފައިސާގެ ވާހަކަ ބުނުމާއި ދެއްކުން އެއީ ފަސޭހަ ކަމެއް. ނެތް މީހަކަށް އެވާހަކަ ބުނުމަކީ ދަތި ކަމެއް. ޢެކަމަކު އެކަމުން ދައްކައިދެނީ މީހާގެ ތެދުވެރިކަމާއި ކަންކަމަށް ކުރިމަތިލާން ކެރޭވަރު. ޚޮންމެ އަންހެންކުއްޖެއްވެސް އެކަހަލަ ފިހިހެނަކު ހޯދަންވީ
މިކަހަލަ ފިރިހެނުން ނަށް ދީނުގަ އޮންނަނީ ރޯދަ އަށް ތިބުން އަނހެނުންނާއި ގާތް ނުވެ. ތިމާގެ ފެންވަރު ނެތްތާގަ އަނގައިން ވާހަކަ ދައްކާ ކަންކަން އޮޅުން ފިލުވުމުގެ ފެންވަރުވެސް ނެތް. ލަކީ ތައިިމާ! ބޮޑު އަނދަވަޅަކަށް ނުވެއްޓި ކިރިޔާ ތި ސަލާމަތްވީ. މިކަމުން އިބްރަތް ހާސިލް ކޮށް ކޮންމެ އަންހެން ކުއްޖަކު ވެސް މި މީހުންގެ ފެންވަރު ބަލަން މިކަހަލަ ސްޓަންޓް ޖައްސަން ފެނޭ
އަންހެން ކުދިންތަ އަދިވެސް ވިސްނަންވީ؟ ފިރިހެން ކުއްޖާ ހަމަ ރީއްޗައް ބިލް ޝެއާ ކުރާ ވާހަކަ ބުނިނަމަ ނިމުނީނުން. މި ޒަމާނުގަ އަންހެނުންނާއި ފިރިހެނުން ކާން ގޮއްސަ ހަމަ އެހެން ހަދަނީ. ކޮންމެހެން މަޖުބޫރެއްނޫން ފިރިހެން ކުއްޖާ ބިލް ދައްކަން.
މަށައް ވާނޭކިޔާފަ ދާތި އަދިވެސް....ހިލޭ ލިބުނީސް ބޮންބޭދަރުބާރަށް ނުގޮސް ދަރުބާރުގޭގަ ކައިވެނި ޕާޓީތައް ބަލާފަ އެޕާޓީތަކަށް ވަންނަނަމަ..
ޖީ އެން ސައިކުގެ ހަގީގަތް ތި އޮތީ ފަޅާ އަރާފަ. އަދިވެސް ގަޔަށް ދޫ ގޮޅިޖެހި ގަމީހަކަށް އެރިގެން ޖީއެން ސައިކަށް ސަވާރުވެންދާ މީހަކަު ފެންނަ އިރަށް ރައްޓެހިވާތި
. ފިރިހެން ކުއްޖާ ގައިގަ އެފެންވަރު ނެތް އިރުވެސް ތަންތަނަށް ކާން ގެންދޭތަ?.
Varah gothe fothe nei goikuda firihen eka ެެengunި ަadhި maamajaavefa ަamillayަ noohuga jahaavarugެ
molhukame noon thi i
ކާންދިނަސް ބަނޑު އަޅާލަނީ ޖަވާހިރުން.. ފުކެއް ބޮޑުވަރު..
ރަގަނޅު
ހީ އިޒް ނޮޓް އަ ޖެންޓްލްމޭން.. މޭބީ އަ ޕާޓޭ.
މީތަ އެގަޓުވެފަ އުޅޭ ޒުވާނުންގެ ފެންވަރަކީ ... ކަމަކާ ޖެހުނީމަ ބަޗަނީ... އަވަހަށް ކައިވެނިކުރަން ފެނޭ އެހެންނޫނީ އެސޮރު ގެއްލިދާނެ....ހެހެހެ
ތި ފިރިހެން މީހާ ޢަމަލު ކުރިގޮތުން މުޖުތަމަޢުގައި ފިރިހެނުންގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ އަދި ތި ވާހަކަ އަމިއްލްއަށް ނޫހަށް ދިން އިރު އޭނަގެ ލަދުހަޔާތް ކުޑަ ކަމާމެދު ވެސް ދެރަވެ ލަދުވެތިވަން
މަށަކަށް ނޭންގެ މީހެއްގެ ގޮތެއް، އަހަރެން ބިޓާ އެކީ ކާން ގޮއްސަ ދުވަހަކު ވެސް ބިލް އެއްކޮށް ބިޓު ބޮލަށް ޖަހައިގެން ނުއިންނަން.. ދެމީހުންވެސް ޝެއަރ ކޮށްގެން ބިލް ދަށްކަނީ.
ނޫނީ އެއްދުވަހު ބިޓު ބިލް ދެއްކިއްޔާ އަނެއް ދުވަހު އަހަރެން ދަށްކަނީ..
ބަލަ މަގޭވެސް އަހަރެންގެ ރޯމިއޯގެ ފެންވަރަށް ބަލާފައޭ މަ ޢެނަ ލައްވާ ފާނާއި، ޖޭމް ގެންނަނީ. އޭނާވެސް އޭނާގެ ފެންވަރުންނޭ މަށައް ކާންދިނީ. ބަލަ މަ ހާދަ ގަރުދިޔައާ ބަތާ ކާހިތްވޭ ބަޓް އަި ލަވް މައި ރޯމިއޯ އެހެންވެ ކެތްކުރެވޭ. އެމަންޖެ އަށް ނާއިލް ނަރެއްހާތަން ދީކޮއްލީމަ ކެނބެއްހާތަން އެދަމައި ގަތީ. މަނަނަމަވެސް ފިލާނަން. އެންޑް ނާއިލް. ތަ ވެސް އެހާ މޮޅެއް ނޫނޭ. ކޮންމެހެން އިންޕުރެސް ކުރަން އަގު ބޯޑުތަންތަނަށްތަ ދަނީ. ތި ދެމީހުންނަކީވެސް ލޯތްބައް އޮތް ހުތުރެއް
މާލޭ ފިރިހެނުންނަކީ ފައިސާއާއި ޖެހުނީމަ ލޯބިވެރިޔާއަށްވެސް ބަލާބައެއްނޫންކަން މިއެނގެނީ. ބުނެވޭގޮތުގަ ނިދަންއަރާފަވެސް ފައިސާ ފައިސާ އެފައިސާ މިފައިސާ 30 ފަހަރު ކިޔާފަ މާލޭ ގިނަ ފިރިހެނުން ނިދަނީވެސް.
ކަލޯ އެބުނާ ފިރިހެންސޮރަކީ ހުވަދު އަތޮޅަށް ނިސްބަތްވާ ސޮރެއް!އެހެންވީއިރު މާލޭމީހުންގެ މައްސަލަޔަކީކޮބާ؟
އަތުގަ ފައިސާނެތް އިރު ކޮންތާކަށް ކާންދދދދ ދދދދދދދދދދދދދދދދދދދދދދދދދދދދދދދދދ$ ދާކަށް؟?
ނާއިލު ރަނގަލަށް ތިހެދީ...ދޭމީހާ ދިނަސް ކާމީހާ ބަލައިގެން ކާން ވާނީ... ބައެެއް އަންހެން އެއްޗެހިންގެ ވައްތަރު އެއީ...
ނާސިހާ. ކާނެ ވަރެއް އިނގޭނީ ކާމީހާއަށް. ނާއިލް އެއް ނޫން ދިނީ. ތައިމާ ދިނީ. ކެއީ ނާއިލް. ބިލް ނުދައްކާ ފިލީ ވެސް ނާއިލް. ބިލް ދައްކާނެ ފެންވަރު ނެތީ ވެސް ނާއިލްގެ. ހިތުން ބިލް ދެއްކޭނެ ކަމަށް ފެންވަރު އޮޅުނީވެސް ނާއިލްގެ. ބުނި ނަމަ ފެންތައްޓެއް އެކަނި ބޯށޭ ތިމަންނައަކީ ފަގީރު ކޮއޭ. ތައިމާ އަތުގަ ހުރި ލާރި. އޭނަގެ ފެންވަރުން އޭނަ ދިޔައީ. ނާއިލް ކެއި އެއްޗިއްސަށް ވެސް ޕޭ ކުރީ އޭނަ. އޭނަ އެއް ނުބުނޭ ނާއިލް ކައިރީ ފައިސާ ދައްކާކަށްވެސް. ތިމާ ކާނެ ވަރަކަށް ކައިގެން ފިލީ.
ހާހަޙާ...ނާއިލު ބިލު ނު ދައްކާ ފިލީމަ މަޖުބޫރު ވާނެދ ދޯ ތައިމާ އަށް ބިލު ދައްކަން......ލޮލް....ބޮ.ޑި ބޮއެފަ ތިއޮތީ....
ކީކޭ ތިބުނީ ރަގަ ޅަށް ވ ގޮތެއްނެތް ފިރިހެނެއް އެ މަންޖެ ފެލައިގެން ވިއްޔާ އެ ކެއީ ކިކިކިކި
މަޣްރިބު ނަމާދަށް ގޮވީމަވެސް މާފޮޅުވަން ކޮފީގަ ކެއުމެއްގަ ނުވަތަ އެހެންކަމެއްގަ!ނަމާދަށްވުރެ މުހިންމުކަމެއް ނޯންނާނެ!
މަޣްރިބު ނަމާދަށް ގޮވީމަވެސް މާފޮޅުވަން ކޮފީގަ ކެއުމެއްގަ ނުވަތަ އެހެންކަމެއްގަ!ނަމާދަށްވުރެ މުހިންމުކަމެއް ނޯންނާނެ!
ތީ ހަމަ ގިނަ އަންހެނުންގެ ފާޑު. މިމީހުންނަށް ހީވާ ކަހަލަ ހުރިހާ ފިރިހުނުންނަކީ ބުރުމާ ގާސިމް އޭ.. ރާއްޖޭގަ ގިނައިން އުޅެނީ ގޮލްޑް ޑިގާސް. އަމިއްލައަށް މަސައްކައި ކޮއްގެން ލާރި ހޯދައިގެން ކާން ދޭބަލަ. ޕްއަރ ގާލީސް.
އަންހެން ކުއްޖާ އަމިއްލައަށް މަސައްކައި ކޮއްގެން ލާރި ހޯދައިގެން ކާން ދިޔައީ. އެވަރު ނުވީ ފިރިހެން މީހާ އަށް
ނުފޯރާފޮތިންފޫގަޅަން އެނގޭ ޒުވާނެއްތީ؟! ނެތްފެންވަރު ދައްކަންއުޅުނީމައި ވާނީ އެހެން!
އެކަކުންޏެއް ހަރުކޮންނަންވާނީ އެކަކުނީގެވަރުން! މެކުނުފުމުނަސް ގާހަކައަށް ފުންމައެއް ނުލެވޭނެ ދޯ؟! ތިގައި އަންހެން ކުއްޖާތަ ވިސްނަންވީ؟! ފެންވަރު ނެތިއްޔާ ބިޓްގޮވައިގެން ޑޭޓްއަށް ދޭބަލަ "ބައްޗުކަޑަ" އަށް! ތީފިރިހެނުންނަށް ހުތުރުއެރުވި ... އެއް! އަދި މަގަޓުވެފަ ނޫހަށް ކިޔައިދީފިއެއްނު؟1 ތިބޭލުނީ އަމިއްލަ ސޯޓް!
މިތާގަ ފިރިހެން ކުއްޖާގެ ލަދު ހަޔާތް ކުޑަކަން މި އެނގުނީ، ކާން ވަތް އިރުވެސް ތިމާއަށް ވާވަރުން ކަންކުރަން އުޅުނުނަމަ ދޯ؟ އޮޅުވާނުލާ ސީދަލަށް މެނޭޖް ކުރެވޭނެ ވަރު ބުނިނަމަ މާރަގަޅު ވީސް، އަދި ތިމާވެސް ބަނޑުފުރާ ކައިފަ އަންހެން މަންޖެ ބިލްވެސް ދައްކަން މި ޖެހުނީ އެވަރުން ނުވެގެން މޮޅުކަމަށް ހަދާ ޚަބަރަށް ވެސް ދިނީ
ތިވަރުމީހުން މީހުންގޮވައިގެން ހިތާވެގެންނޫޅޭނީ. ޢަހަރެމެންނާ ނިކަން ހަވާލުކޮށްލަބަލަ ތިކުދިން.
ދިވެހިރާއްޖޭގަ ވަރި ގިނަވަނީ މިކަހަލަ ފީކަޅާ އަންހެން ކު ދިންއުޅޭތީވެ، މީހަކު ދެތިން ބައިސާ ކަނޑާލާ އިރަށް އިއްނާނީ ސެޓްވެފަ، މީހަކު އެއްޗެއް ދިނަސް އެމީހާ ދޮވެލާނެ، މިހެން އަންހެން ކު ދިން އުޅެނީ އުޅެން ފަސޭހަޔަކަށް، ކޮއްމެސް މީހެއްގެ ބޮލަށް ކާޑެއް ޖަހައިގެން އެމީހާ ދޮވެލެވޭތޯ އަބަ ދު އުޅޭނީ..
ވަރި ގިނަވަނީ މިކަހަލަ ފީކަޅާ ފިރިހެނުންނާއި ހެދި. އަހަރުމެންނަށް އަހަރުމެން އަމިއްލަ އަށް އުޅެވޭ. މިހާރުގެ ބައެއް ފިރިހެނުންގެ މަދު ވަނީ ނެޕީ އެކަނި. އަނބިމީހާ ކާންދީ ކާންބޯން މަސައްކަތް ކޮށް... ފިރިހެނުން ޒިއްމާދާރު ނުވުން މައްސަލައަކީ
ކީކޭ...ތީ ކާން ދިޔަ މަންޖެ ދޯ...މަސަށް ވަރަށް ވައްތަރު....ހިހީޙި
ކޮންމެހެން ފިރިހެނަކަށް ޑިޕެންޑް ވާކަށް ނުޖެހޭ! ވިމެން ނީޑް ނޯ މެން ޓު ޕޭ ފޯ ދެއަރ ފުޑް. ހަހް.
އަަހަރެން ހިންގާ އަހުމަ ދީ ކެފޭ އަބަ ދުވެސް ތިޔަ ޒުވާން ކު ދިން ބިޓުގޮވާގެން ކާން އަންނަން ވަނީ ހުޅުވިފާ..
ތިކޭ ވަރުގެ ބިލްގެ ޖުމްލަ ބުނެލިނަމަ.
ޖީއެން ސައިކެއްގެ އަގަކީ، 25،000 ވަރު. ވޭވެއްގެ އަގަކީ 50،000 ވަރު. ރާއްޖޭގަ ގަޓުވެފަ ޖީއެންގަ އުޅެނީ ގިނައިްނ ވަޒީފާގަ ނޫޅޭ ލާޗާރު ބިޗާރަށް އުޅޭ، ބޯދިގު ކޮށްފަ އަތްދިގު ގަމީސް ލާފައުޅޭ މީހުން. މިމީހުން ގަޓުވާން އިސްތިހާރުވާން ޖީއެންގެ މޮޅުވާހައާ ސްޓައިލްގެ ވާހަކަދައްކަނީ. މިމީހުންނާއެކީ ކާން އަރާއިރު މިމީހުންގެ އަތުގަ ފައިސާ ނުހުންނާނެކަން އަންހެންކުދިން ވިސްނަންޖެހޭ. މީމީހުންނަކީ ހަމައެކަނި އަންހެންކުދިންނަށް ސަޅިދައްކަން އުޅޭބައެއް.
ޖީއެން ސައިކަލް އެތެރެ ކުރާ ފަރާތުން ކޮއްމެވެސް ނޫހެއްގައި ޖެހީ މިހާރުގެ ފެޝަނަކީ އެއީ އޭ. ބުނި އިރު މީގެ 30 އަހަރު ކުރިން އަހަރުމެންގެ ބައްޕަމެންވެސް ދުއްވީ އެބުނާ އެއްޗެއް. އެއިތި ކަމުނުގޮސްގެން ވޭވް ނުވަތަ ފަހުގެ ސައިކަލް ގަތީ
ތިޔައީރެސްޓޯރަންޓް ތާ ؟އަންހެންކުއްޖަކު ކާރު ޑްރައިވަރަކާރައްޓެހިވެއްޖެ އިންނަ ވާހަކަދެއްކީމަ އަދި އިނދެވިދާނެ ނޫންހޭބުނަނީ ރެސްޓޯރަންތްތަކަށް ދޭ އެއްދުވަހަކު ސޮޕިން އކަށްދާންބުނެފި ހިގައްޖެ އެދުވަހުގެ ސޮޕިން 5000 ރުފިޔާ ޓެކްސިޑްރައިވަރަށް ބޮޑެއްނުވި އެއީ ކުއްޖާ ރީތިވީމަ 3 ސޮޕިން 15000 ގޮއްސި އަނެއްދުވަހު ގެއަށްދިޔައިރު ނެތިގެން ފޯނުކުރީމަބުނީ މިހުރީ ރައްޓެއްސަކާއެކު ރެސޯޓެއްގައޭ އެހިސާބުން ދްރައިވަރަށް ހޭވެރިކަންވީ .މިއީ ޓެކްސިޑްރައިވަރު ކިޔާދިން ވާހަކަ އެއް ކުއްޖާވެސް ދެއްކި ގޯޅިއެޅޭހާ ވަރަށް ކުއްޖާ ރީތި
އަގު ވެއްޓި ބަދުނާމު ވެއްޖެ!! ބަދަލު ހޯދަން ކޯޓަށް ދާނަން 50 މިލިއަން މަވެސް ބޭނުން!!
ނާއިލްމެންކަހަލަ ފިޑިން މި މިކަހަލަ ވާހަކަ ކިޔާދެނީ މާ މޮޅުކަމެއް ކޮށްލެވުން ކަމަށް. ނެތް ފެންވަރު ދައްކާއިން އުޅެންޏާ ވާނީ ތިހެން. މާ ކަންކަން ވާ މީހަކަށް ވެގެން އުޅެންޏަ ތާއި އަކަށްވެސް ނޭގޭނެ ދޯ ހުސް ފޮނިކަޑަ މީހަކާ އެއްކޮށް ކަމެއް މިއުޅެނީ. ނުވާވަރު ދެންވެސް ނުދައްކާނީ ނާއިލް މެން ކަހަލަ މީހުން. ޔަގީން ނޫހަށްވެސް އެކިޔާދިނީ އެކުއްޖާ ބޭޒާރު ކޮށްލަން ވެގެން އޭނަ ރުޅި ވީމަ ކަޑަ ވެގެން. ކިތައް ފިރެހެނުންތޯ ބަލަން ވީނު އަންހެނުން އަތުން ފަހުން ލާތި ދޭނަމޭ ކިޔާފަ އައިފޯން ގަންނަން ލާރި ނަގާފަ ނުދީ އުޅެނީ. ހީހި.
ޢަދިވެސް ފޮނިވާން ތިމާއަށް އެކަށޭނަ ނުވާތަންތަނަށް ކާން ދާތި. ނާއިލް ދެންވެސް ދޮގުނުހަދާ ހާބަރު ކަޑަ ތަންތަނަށް ދޭ ކާން. މިހާރު ހުންނަ ރެސްޓޯރެންޓް ތަކުގަ ކާއެއްޗެހި ވީ އަގު ބޮޑުވާނެ. ޢެހެންވީމަ ފެންވަރުން އުޅެ. މިހާރު އުޅެ ގިނަ ކުދިން އަމިއްލަޔަށް ބިލް ދައްކާނެ ނޫނީ ޝެއާ ކުރާނެ ބިލް. ސޯ އަމިއްލައް ގަޓް ނެތީފަ ތިމާގެ ނެތްފެންވަރު ދެއްކީމަ ވާނީ ތިހެން. ތާއި އަށް ބުނެލަން އޮތީ ޔޫ ޖަސްޓް ޑޮޖް އަ ބުލެޓް އޭ. ޥިސްނާލަބަލަ މެރީ ކޮށްފިޔާ ވާނެ ގޮތް
އަޅުގަނޑުގެ ރައްޓެހި ކުއްޖަކަށް ވީގޮތަކީ ކައި ނިމިގެން ފިރިހެން ކުއްޖާ ބުނީ ލާރިއެއްނެތޭ. ދެން އަންހެންކުއްޖާ ސައިކަލުގަގޮސް ލާރި ހިފައިގެން އައީ... މިވެސް ޙަޤީޤތެއް.
ތިހެން ވާނީ ޖީއެން ގަ އުޅޭ ގޮޅި ޖެހި ގަމީސް ލާ ކުދިންނާ އެކީ ދިޔައީމަ
މިފެންނަނީ ރީތި އަންހެން ކުދިންނަށް މާ ކަމު ގޮސްގެން ރަށްޓެހިވާ ޕާޓޭންގެ ފެންވަރު!!
ޜަގަޅު ބޯއިސް އުޅޭ. ސިގިރެޓް ބޯ ފިރިހެނުންގެ އަނގަކުނިވަސް ޖެހިފަ ދިވެހި ކަނބަލުން ތިބެނީ މީހުންނާ ރައްޓެހިނުވެ
މިއީ ވަގުތު އިން މިހާތަނަށް ގެނެސްދިން އެންމެ ފައްކާ ހަބަރު....ވަރަށް ފައްކާ.....ހީހީހީ
މިވާހަކައާ ގޮޅިޖެހި ގަމީހާ އޮތީ ކޮން ގުޅުމެއް؟ ކޭން އެނީ ވަން އެކްސްޕްލެއިން؟
ގަހުގަ އަދި ވެސް...
އަންހެނަކު ބޭބީ ބަނޑުހައިވެއްޖެޔޭ ބުނަން ޖެހޭނީ ބިލް އޭނާ ދައްކާގޮތަށް ނޫނީ ސްޕްލިޓް ކުރާ ގޮތަށް ކާން އަރާނަމަ. ރަނގަޅީ މަޣްރިބް ނަމާދުވެސް ކޮށްގެން އެރިއްޔާ.
ރީތިކުއްޖެއްވީޔަ އުޅޭނީ އެކަހަލަ މީހަކާ ރަށްޓެހިވެގެން ގޯހެއްނޫން
ދެން ކީއްކުރަން ފިލީ... ރީއްޗަށް ބުނި ނަމަ ލާރި ނެތް ވާހަކަ. ސޯ ދޭ ކޭން ޝެއާ ދަ ބިލް. ފިރިހެން ކުއްޖާ ހެދި ގޮތް ކަޑަ. އަންހެން ކުއްޖާ ވެސް ބަލަން ވާނެ ބަޖެޓް އަށް.
ތިންމީހުނަ ނުވަނީސް އެސޮރުގެގޮށް ފަޅާއެރިކަން ނަސީބެެއްނޫން
ހާދަހާވާ ވަރެކޭ މި މީހުން މި އަރުވަނީ.
އަހަރެންގެ ބިޓް ގޮވައިގެން ވަރަށް ގިނައިން ރެސްޓޯރަންޓަށް ދިޔައިން. އަދި އެތަނަށް ވަންނަނީވެސް 300ރ ވަރު އަތުގައި ބާއްވައިގެން.
ދެމީހުން އެއްބަސްވަނީ އެވަރުން ހަމަޖައްސާލާނީކަމަށް. އަދި އަހަރެން އަބަދުވެސް އެއްބަސްވަނީ ޕޭއި ކުރާނީ އަންހެންކުއްޖާ ނޫންކަމަށައި ކާންދޭނީ އަހަރެންކަމަށް.
މިގޮތަށް 6 މަސް ވަރު އުޅެފައި ބިޓް އަމިއްލަޔަށް އަގުހެޔޮ ތަންތަނަށް ދާން އެދުނު.
އެއިގެ 3 މަސް ފަހުން އަހަރެންނަށް އެނގުނު އަހަރެން އިންނަންޖެހެނީ މި ބިޓާއި ކަން. އެހިސާބުން ކައިވެނި ކޮށް އެކައުންޓްގައި ސޭވްކޮށްފައި ހުރި 2 ލައްކަ ރުފިޔާގެ ވާހަކަ ބުނެ ދެމީހުންގެ ބަޖެޓް މެނޭޖްކުރުން މިހާރުވެސް ދެދަރިންނާއި އެކު ކުރަނީ އަންހެނުން.
އަހަރެންނަށް ލިބޭ އެއްޗަކުން އިސްރާފެއް ނުކުރޭ، އަދި ހަބޭހަށް ސޭވް ކުރާނެ. އަގުހެޔޮ އޮޕްޝަން ބަލާނެ. ދަރިންނަށް ތަރުކާރީ އާއި މޭވާ ބަރާބަރަށް ކާންދޭނެ. ގޭގައި ތަރުކާރީ ޕޮޓްގައި ހައްދާނެ. އަހަރެންނަށް ލިބުނު ޖަވާހިރުގެ ވާހަކަ ބުނެލީ ނަމޫނާ އަކަށް ބަލާނެ ކަމަށް.
އަންހެނުންގެ ނަމަކީ "ސމ" މިވަރުން ރައްޓެހިންނަށް އިނގޭނެ.
އަނގަ މަޖަލަކަށް ދައްކާލި ފޮނި ވާހަކައެއް ކަމަށް ބެލެވެނީ
ބަލަ އެމީހެއްގެ ފެންވަރުން ނޫންތަ އުޅެންވާނީ ބިޓުގޮވައިގެން ކާންދާއިރު އެގެންވާނެނުންތަ ކާނެކަންވެސް އަދި އަންހެންމީހާ ދެރަކޮށްލަންތަ ތިވާހަކަ ތިކީ މަގޭހިތަށްއަރާ ތިފިހެނުން ގެ ނެތްފެންވަރުދައްކައިގެން އުޅެނީ ކީއްވެބާވައޭ 😀😀😀😀 މިހާރު ފިރިހެންމީހާކެއިއެއްޗިއްސަށްވެސް ބިލް މިދެއްކީ އަންހެންމީހާ ފިރިހެނުން ލަދުގަނެބަލަ އަންހެނުން ފެލައިގެން ކާއިރު 😡😡😡😡😡
ދެކުދިންވެސް ކަނޑުކޮސް ކަމުން ހިނގާދިޔަ ކަމެއް. ތިހާ ގާތް ބޮޑިއްޔާ ވާހަކަ ދައްކައިގެން ހަމަ ޖެއްސޭނެ. ދެން އަހަރުމެން މެލޭޝިޔާގަ އުޅޭ އިރުވެސް އެމީހަކު ކެއި އެއްޗަކަށް އެމީހަކު ބިލު ދައްކާ ގޮތަށް ދައްކާލިނަމަ ވެސް އޯކޭ ވީސް. ކަނޑަށް ފުންމާލުން ކަހަލަ ކަންތައް ކުރާ މީހަކާ އިންނަން ހެޔޮ ނުވާނެ.
ކީއްކުރަން ވިސްނަން ވީ، ހަމަ ދަވާލަންވީ، އަންހެން ވެރިން ލޯބި ވަނީ ފައިސާ ދެކެ، ހަގީގީ ލޯބި ވާ އަންހެނުން ދިހަ ހާހުން އެކަކުވެސް ނެތް،،،
ފިރިހެން ކުއްޖާ ހެދީ ހަމަ ރަގަޅަށް، އަންހެނުން ނަށް އެއްޗެއް ވިސްނޭނެ އެއިރުން، ފިރިހެނަކު ގުޅާވއިރަށް ލޯބިވޭ ބުނެ ނޮޅާލަން ވިސްނަނީ، ބަލަ ލޯބިވުމަކީ ފިރިހެނުން ހުސް ކުރަން ވިސްނުމެއް ނޫނޭ،