މީހަކު ދެ ގަޑިއިރުގެ ރާސްތާއެއް ހުރަސްކޮށްފައި އޮފީހަށް ދިޔައިރު ލެޕްޓޮޕް ނެތްކަން އެނގުމުން ކަންތައް ވެގެން ދިޔަ ގޮތުގެ މަޖާ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

"ދެން ހަދާނީ ކިހިނެއް؟' މި ނަމުގައި އެނިއުއޭޝަން ލެބްސް ނަމަކަށް ކިޔާ ޕޭޖަކުން ހިއްސާކޮށްފައިވާ އެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އެ ވީޑިއޯ ކްލިޕްގައި ފެންނަނީ ދަބަސް ހިފައިގެން އޮފީހަށް ވަންނަ އަންހެނެކެވެ. އޮފީހަށް ވަނުމަށް ފަހު އޭނާގެ މޭޒު ކައިރީގައި ހުއްޓިގައި ގޮނޑީގައި އިށީންދުމުގެ ކުރިން ލެޕްޓޮޕް ދަބަސް ހުޅުވާލައި ޗާޖަރު ނަގައެވެ. ލެޕްޓޮޕް ދަބަހުގައި ނެތްކަން އޭނާއަށް ރޭކާލީ އޭގެ ފަހުންނެވެ.

ވީޑިއޯގައި ފުރަތަމަ ސިކުންތުކޮޅުގައި "2 ގަޑިއިރު ދަތުރު ކޮށްފައި އޮފީހަށް އައީ" ކެޕްޝަންގައި ލިޔެފައި ވެއެވެ. އަދި ދެތިން ސިކުންތު ފަހުން ސްކްރީނަށް އިތުރު ކެޕްޝަނެއް އަރައެވެ. އެ ކެޕްޝަންގައި "އެކަމު ހަނދާންނެތިގެން ލެޕްޓޮމް ގޭގައި ބަހައްޓާފައި އާދެވުނީ" ކަމަށް ލިޔެފައި ވެއެވެ.

އެ އަންހެންމީހާ ގޭގައި ލެޕްޓޮޕް ދޫކޮށްލާފައި ދިޔަ އެ ވައިރަލް ވީޑިއޯވީ ވަރަށް ގިނަ ބަޔަކަށް މަޖާ ވީޑިއޯއަކަށެވެ.

އެއީ އަހަރެމެން އިންސާނުން ކޮންމެ ދުވަހެއްގައިވެސް ހެދޭ ގޯސްތަކުގައި ވެސް މަޖާ ކަންކަން ހުރިކަން ހާމަކޮށްދޭ ކަމަކެވެ. އެހެންކަމުން، ސީރިއަސްކަމުން ބްރޭކެއް ނަގައިގެން މަދު މިނިޓެކަށް މި ކްލިޕް ބަލާލުން ރަނގަޅެވެ.