’އޮޕްޓިކަލް އިލޫޝަންސް‘ ތަކަކީ ތަސްވީރެއް މާނަކުރާ ގޮތުގެ މައްޗަށް ބިނާކޮށް ފުންކޮށް ވިސްނުމުގެ އަލީގައި އަޅުގަނޑުމެންގެ ޝަހސިއްޔަތުތައް ހާމަކޮށްދޭ މަޝްހޫރު އުކުޅެކެވެ.

ގިނަ ވަހުމްތައް(އިލޫޝަންސް) މަދުވެގެން ތަފާތު ދެ ގޮތަކަށް މާނަ ކުރެވިދާނެ އެވެ. ބައެއް މީހުންނަށް އެއް ފޮޓޯ ނޫނީ ނުފެނިދާނެ އެވެ. އަނެއް ބައި މީހުންނަށް ވަރަށް ފަސޭކަމާއެކު ދެ ފޮޓޯގެ ދެމެދުގައި ހުރި ތަފާތުވެސް ކިޔައިދިނުމުގެ ގާބިލުކަން ހުރެދާނެ އެވެ.

މިކަމާ ގުޅޭގޮތުން މިހާތަނަށް ހެދިފައިވާ ދިރާސާތަކުން ހާމަވާގޮތުގައި މިފަދަ ފޮޓޯތަކުގެ މެދުގައި ހުރި ތަފާތުތައް ދެނެގަނެ އަދި އަވަސް މިނުގައި މި ތަފާތު ދެނެގަނެވޭނަމަ ތިބާގެ ސިކުނޑީގެ މަސައްކަތް އަވަސްވެފައި ތިބާއަކީ އުފެއްދުންތެރި މީހެއް ކަމަށް ގަބޫލު ކުރެވެއެވެ.

އުފެއްދުންތެރި މީހުންނަކީ އަމިއްލަ ސިކުނޑިން ވިސްނައިގެން ކަންކަން ހައްލުކުރާ މީހުންނެވެ. މިއީ ’ރައިޓް ބްރެއިން‘ މީހުންނޭވެސް ކިޔައެވެ. ހަމައެއާއިއެކު ’ލެފްޓް ބްރެއިން‘ މީހުންނަކީ ހިސާބުހަދައި، ގަވައިދަށް ސަމާލުވާ މީހުންނަށް ވުމުން، އެފަދަ ފަރާތްތައް ތަފްސީލަށް އިތުރު ސަމާލުކަމެއް ދޭނެއެވެ.

ބައެއް ’އޮޕްޓިކަލް އިލޫޝަންސް‘ އަކީ، ފުރަތަމަ ފެންނަ އެއްޗެއްގެ މައްޗަށް ބިނާކޮށް، އެމީހަކީ އުފަލުގައި އުޅޭ ނުވަތަ އުފަލުގައި ނޫޅޭ މީހެއްކަން، ހީވާހީވުން ތައް ހާމަކޮށްދޭ ގޮތް ޓެސްޓް ކުރާ އެއް އެއްޗެކެވެ.

ކޮން ފޮޓޯއެއްތޯ ފެންނަނީ؟

ޑެންމާކްގެ އޮޕްޓިކަލް އިލޫޝަންސް އިން ޓިކްޓޮކްގައި ’ބްރައިޓް ސައިޑް‘ގެ މިފަދަ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު އެތައް ހާސް ބަޔަކު ވަނީ މި ޓިކްޓޮކް ބަލައި އެއިން ފެންނަ ފޮޓޯއާއި މެދު ބަހުސްކޮށްފަ އެވެ. ގިނަ މީހުން ބަހުސް ކުރީ އެމީހުންނަށް ފޮޓޯއިން ފުރަތަމަ ފެނުނު އެއްޗަކާއި މެދުގައިއެވެ.

ބައެއް މީހުންނަށް މި ފޮޓޯއިން ފުރަތަމަ އާފަލެއް ފެންނަ އިރު އަނެއް ބަޔަކަށް ފުރަތަމަ ފެންނަނީ އެކަކު އަނެކަކަށް ބަލާ ދެ މޫނުގެ އައުޓްލައިން އެވެ.

އާފަލު ފެންނަ ފަރާތްތައް

އެންމެ ފުރަތަމަ އާފަލު ފެނިއްޖެނަމަ، އޭގެ މާނައަކީ ދިރިއުޅުމުގައި ފެންނަ މަންޒަރުތަކުން އުފާވެ ހިތްހަމަ ޖެހިގެން އުޅޭ ވާހަކަ އެވެ. އަދި ތިބާއަށް އަބަދުވެސް ގާތް މީހުންނަށް ބަރޯސާ ވެވިދާނެކަން އެނގޭއިރު ކޮންމެ ގޮތެއް ވިޔަސް އެމީހުން އެއްބާރުލުން ދޭނެކަންވެސް އެނގެއެވެ.

ދެ މީހަކު

އެންމެ ފުރަތަމަ އެކަކު އަނެކަކަށް ބަލާ ދެމޫނު ފެނިއްޖެނަމަ ތިބާއަކީ ދިރިއުޅުމުގައި ގުޅުންތަކަށް އިސްކަންދޭ މީހެކެވެ. ނަމަވެސް މި ވަގުތު ތިބާ އަށް ނުތަނަވަސްކަން ވަނީ ވެރިވެފައެވެ. އެކަމުން ތިބާ އަވަހަށް އަރައިގަންނާނެ އެވެ.