ހެނދުނުގެ ނާސްތާއަށް ބިސް ބޭނުން ކުރުން އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ވަރަށް ކަމުދެއެވެ. އެގޮތުން ބިސް ފެނު ކައްކައިގެން ވިޔަސް، ނޫނީ ބިސްގަނޑު އަޅައިގެން ވިޔަސް އެތައް ބަޔަކު ކާއިރު، މިއީ ޕްރޮޓީން އެކުލެވިގެންވާ މުއްސަނދި ކެއުމެއްގެ ގޮތުގައި ގިނަބަޔަކު ސިފަ ކުރެއެވެ.

އާންމުގޮތެއްގައި ހޯލްސޭލްކޮށް ބިސް ގަންނަ މީހުންވެސް ގިނައެވެ. އެއީ ގިނަގިނައިން ފިހާރައަށް ޒިޔާރަތް ނުކުރުމަށް ނުވަތަ ދިގު ރާސްތާއަކަށް ދަތުރު ކުރަން ބޭނުން ނުވުމުގެ އިތުރުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ބިސް ބޭނުން ކުރާ މީހުން ތިބުމުންނެވެ.

އެކަމަކު ގޭގައި ކުކުޅު ގެންގުޅޭ މީހުންނަަށް މިކަން މާ ފަސޭހައެވެ. އެއީ އެންމެ ތާޒާ ކަންމަތީގައި ބިސް ލިބޭނެތީއެވެ.

މިފަހަރު މިއޮތީ އަވަށަކަށް އެއަށްވުރެވެސް ފަސޭހައިން ބިސް ލިބޭނެ ގޮތެއް ވެފައެވެ. އެގޮތުން މިހާރު ވައިރަލް ވެފައިވާ ވީޑިއޯއަކުން ފެންނަނީ ކުކުޅެއް މީހެއްގެ ގޭގެ ދޮރާށި މައްޗަށް ބިސް އެޅުމަށްފަހު އެތަނަށް ބަލާލުމެއްނެތި ދުރަށް ދާ މަންޒަރެވެ.

މިގޮތަށް ބިސް އަޅާ ކުކުޅުތައް ބިސް ދޫކޮށްލުމަކީ ވަރަށް އާދަޔާ ހިލާފު ކަމެކެވެ. އެކަމު މިހެން ވާން މެދުވެރިވި ސަބަބުތަކެއް ހުރެދާނެއެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ޓްވިޓާގައި އާއްމުވި އެ އެ ވީޑިއޯއަކީ ސީދާ ކޮން ތަނެއްގައި ނަގާފައިވާ ވީޑިއޯއެއް ކަމެއް ނޭނގެއެވެ. އެ ވީޑިއޯއަށް މިހާތަނަށް ދެ ލައްކައަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، 3،000 އަށްވުރެ ގިނަ ލައިކްސް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ފުލުހުންވެސް ސައިކަލްތަކުގައި ސްޓިކާޖެހުން ހުއްޓާލާފައި މީގެ ދެތިންސަތޭކަ ކުކުޅު ގެންގުޅެބަލަ. ހުރިހައި ގޮތަކުން ފައިދާވާނެ.

  2. ކުކުޅު

    މިގޭ ދޮރުކައިރި އަށްވެސް ރޯދަމަހަށް ވާވަރަށް ބިސް އަޅާލަދީބަލަ....