ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެއް ކަމަށްވާ "މަރްޖާވާން"ގެ ހަތަރުވަނަ ލަވައަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

މިފިލްމުގެ 4 ވަނަ ލަވަ އަކަށް ކިޔަނީ "ހައްޔާ ހޯ" އެވެ. މިއީ މި ފިލްމު ގެ ހަތަރުވަނަ ލަވަ އަށްވިޔަސް މި ފިލްމުގެ ފުރިހަމަކަން މި ލަވައިންވެސް އިތުރުވެގެން ދެއެވެ.

މިލަވައިން ރަކުލް ޕްރީތު ސިންގް އާއި ސިދާތު މަލްހޯތުރާ ފެނިގެންދާނެ އެވެ. އަދި މިލަވަ އަކީ 1988 ވަނަ އަހަރު ނެރުނު ފިލްމު "ދަޔާވަން"ގެ ލަވައެއްގެ ރި-މޭކެކެވެ. މި ފިލްމު ނެރެފައިވަނީ އިއްޔެ އެވެ. މިލަވަ ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ. އަދި މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ މި ލަވައަށް ލިބިފަ އެވެ.

މި ފިލްމުގެ ފުރަތަމަ އާއި ދެވަނަ އަދި ތިންވަނަ ލަވައަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައިކަން ވެސް ފާހަގަ ކޮއްލެވެ އެވެ. ފުރަތަމަ ލަވައިގައި ތާރާ ސުތަރިޔާ އާއި ސިދާތު ފެނިގެންގޮސްފައިވެ އެވެ. ދެވަނަ ލަވައިގެ ފެނިގެން ދިޔައީ ނޯރާ ފަތޭހީ އާއި ސިދާތު އެވެ. ތިން ވަނަ ލަވައިން ފެނިގެންދިޔައީ ސިދާތު އާއި ތާރާ އެވެ.

ފިލްމުގައި ލީޑު ރޯލުން ސިދާތު އާއި ތާރާ ފެނިގެންދާއިރު ވިލަން އެއްގެ ރޯލުން ފިލްމުގައި ފެނިގެންދަނީ ރިތޭޝް ދޭޝްމުކް އެވެ. ފިލްމުގައި އޭނާ ފެނިގެންދަނީ ޑުވާފް (ކުރު މީހެއް)ގެ ރޯލުންނެވެ. ލަވައިގެ ތަފާތުކަން ފެނިގެން ދާނެ ކަމަށް މި ހުރިހާ ތަރިންވެސް ބުނެ އެވެ.

މިލިޕް މިލަން ޒަވޭރީ ޑައިރެކްޓުކުރާ މިފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ތަފާތު މޮފިލްމެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އަށްވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖާބިރު

    ތިޔާ ހަމަ މަރަގަނޑެއް...!!

    5
    2