އަމިއްލަ ސިފަޔަށް ބަދަލު ގެނައުމަށާއި ހަށިގަނޑުގެ ބައްޓަން ރީތިކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ ތަފާތު ސާޖަރީތައް ހަދަމުންނެވެ. އެގޮތުން މިހާތަނަށް އެފަދަ ސާޖަރީ ހެދުމުގެ ސަބަބުން ސިފަ އިތުރަށް ހުތުރުވެ އަދި ފުރާނައަށް ނުރައްކާވެފައިވާ އެތައް ފަހަރެއް ފާހަގަކޮށްލެވެއެވެ. އެ ސާޖަރީތައް ސިފަ ރީތި ކުރުމުގެ އިތުރުން މަޝްހޫރު މީހުންނާއި އެއްވައްތަރުވުމަށްވެސް މީހުން ހަދައެވެ.

އެގޮތުން ހިލެރީ ގޯމެޒް ނަމަކަށް ކިޔާ ބޭރުގެ ގައުމެއްގައި އުމުރުން 36 އަހަރުގެ ތިން ކުދިންގެ މަންމައެއް ދާދިފަހުން ވަނީ ސާޖަރީއެއް މަރުވެފައެވެ. އޭނާ އަކީ ހުދު އެފަދަ އޮޕަރޭޝަންތައް ކޮށް އުޅޭ އަންހެނެކެވެ. އެގޮތުން އޭނާގެ ދަށުން މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުން ކައިރީގައި ސާޖަރީ އެއް ކޮށްދިނުމަށް އެދިފައިވާކަމަށާއި އެސާޖަރީ އަކީ އުރަމައްޗާއި ބަނޑުގެ ސާޖަރީއެއް ކަމަށް ފުލުހުން ބުނެފައި ވާކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަތުގައި ދެ ސާޖަރީ ވަކިވަކިން ހެދުމަށް ބޭނުންވާ ފައިސާ ނެތުމުން އޭނާ ބުނެފައި ވަނީ އެއްފަހަރާ ދެސާޖަރީ ހެދުމަށެވެ. އެގޮތުން ސާޖަރީ ހަދަމުން ދަނިކޮށް އެ އަންހެން މީހާ މަރުވެފައި ވަނީ ލޭމަނާ ނުވެގެންނެވެ.

އެ މައްސަލަ އެގައުމުގެ ފުލުހުން ވަނީ ބަލަން ފަށާފައި ކަަމަށާއި އެއަންހެން މީހާގެ ދަރިން އެކުދިންގެ ބައްޕައާއި ހަވާލުކޮށްފައިވާ ކަމަށް ނޫސްތަކުން ވަނި ރިޕޯޓުކޮށްފައެވެ. މި މައްސަލައިގައި މަރުވި ހިލެރީ އަކީ މިހާތަނަށް އެފަދަ ގިނަ ސާޖަރީތަކެއް ހަދައިފައިވާ މީހެއް ކަމަށާއި އޭނާ އެކަން ކޮށްފައި ވަނީ ދަށުން މަސައްކަތް ކުރި މުވައްޒަފުންނަށް މަޖުބޫރު ކުރުވައިގެން ކަމަށް ތަހުގީގުން އެނގިފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

އަދި ގަވައިދާ ހިލާފަށް ފަރުވާ ކުޑަކޮށް ސާޖަރީ އެއް ކޮށް މީހަކު މަރުވުމާއި ގުޅިގެން އެ ކްލިނިކް މިހާރު ވަނީ ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު