ރިޗާޑް ބްރޭންސަން އަކީ ވިޔަފާރީގެ ދުނިޔޭގައި އެންމެ ކާމިޔާބު އެއް ފަރާތެވެ. އޭނާގެ ވާރޖިން އެއާލައިންސްއަކީ މުޅި ދުނިޔޭގައި ނަން މަޝްހޫރު އަދި ވަރަށް ކާމިޔާބު އެއާލައިނެކެވެ. ގިނަ ބަޔަކު ވަނީ ރިޗާޑް ބްރޭންސަންގެ ކާމިޔާބީގެ ފަހަތުގައި އޮތް ސިއްރުތައް ހޯދުމަށްވެސް މަސައްކަތްކޮށްފައެވެ. މިހާރު މި ބަލާލަނީ ދުނިޔޭގެ އެންމެ ކާމިޔާބު އެއް ވިޔަފާރިވެރިޔާ ރިޗާޑް ބްރޭންސަންގެ ފަރާތުން ހަޔާތުގައި ކާމިޔާބީ ހޯދުމަށް ލިބިފައިވާ ބައެއް ސިއްރުތަކެވެ.

ބްރޭންސަން ބުނާގޮތުގައި ކާމިޔާބީގެ ސިއްރުގެ ފަހަތުގައި އޮންނަ އެންމެ މުހިންމު އެއް ކަމަކީ އަބަދުވެސް ތިބާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް މަސައްކަތްކުރުމެވެ. އެގޮތުން ކޮންމެ ހާލަތެއްގައި ކޮންމެ މަސައްކަތެއް ކޮށްގެންވެސް ތިބާގެ އެންމެ މުހިންމު ހުވަފެން ހަގީގަތަކަށް ހެދުމަކީ ތިބާގެ އަޒުމް އެކަމަކަށް ކަނޑައެޅިފައި އޮންނަން ޖެހޭނޭ ކަމެކެވެ. މިސާލަކަށް ސައިންޓިސްޓަކަށްވުމަށް ނުވަތަ ދުނިޔޭގެ އެކި ގައުމުތަކަށް ފެތުރިފައި އޮންނަ ބޮޑު ވިޔަފާރިއެއް ގާއިމުކުރުން އެއީ ތިބާގެ ހުވަފެންކަމުގައިވާނަމަ ތިބާ އަޅާ ކޮންމެ ފިޔަވަޅެއްވެސް ވާންޖެހޭނީ އެކަމަށްޓަކައި އަދި އެކަން ހަގީގަތަކަށް ހެދުމަށް އަޅާ ފިޔަވަޅަކަށެވެ.

އަދި ތިބާގެ އެ ހުވަފެނަކީ އެހެން މީހުންނަށް ފައިދާކުރާ އަދި ދުނިޔެއަށް ކޮންމެހެންވެސް ބޭނުންތެރިކަމެއްކަމުގައި ގަބޫލުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ބްރޭންސަން ވަނީ ބުނެފައެވެ. އެކަމަށްޓަކައި ތިބާ އަޅާ ފިޔަވަޅުތަކަކީވެސް އެންމެ ރަނގަޅު އަދި ހަރުދަނާ ފިޔަވަޅުތައްކަމުގައި އަމިއްލައަށް ގަބޫލުކުރަން ޖެހޭނެއެވެ.

ކާމިޔާބީގައި ހިތްތިރިކޮށް، އުފަލާއި މަޖަލާއިއެކު ކުރާ ހިތުން އެކަމެއް ކުރުމަކީވެސް ބްރޭންސަންގެ ކާމިޔާބީގެ އެއް ސިއްރެވެ. ގަދައަޅައި މަސައްކަތްކޮށް ތިބާއާއިއެކު އެ މަސައްކަތުގައި މަސްއޫލުވާ އެހެން މީހުންނަށްވެސް ހެޔޮކޮށް ހިތައި އެއް ފަހަރުވެސް ބަލި ގަބޫލުނުކުރުމަކީ ބްރޭންސަން ބުނާގޮތުގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ މުހިންމު ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު