އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރަކީ އެކި ގޮތްގޮތުން ތިމާއަށް އެހީތެރިވެދޭ އެއްޗެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އެގޮތުން ބައެއް މީހުން އެފަދަ ޖަނަވާރުތައް ގެންގުޅެނީ އާއިލާގެ މެމްބަރުންގެ ގޮތުގައި ބަލައިގެންނެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯ އިން ގިނަ ބަޔަކަށް ވަނީ ހައިރާންކަމެއް ލިބިގެން ގޮސްފައެވެ. އެ ވީޑިއޯ ފެނި، އޮޅުކޮށްގެން ޖަނަވާރެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް ދެކެވޭ ވާހަކަތަކަށް ވަނީ އިތުރު ބާރެއް ލިބިގެން ގޮސްފައެވެ.

ދައުރުވަމުންދާ ވީޑީއޯ އިން ފެންނަ ގޮތުގައި އާއިލާއެއްގެ ތުއްތު ކުއްޖަކު ގޭގެ ސިޑިއާއި ދިމާލަށް ގޮސް ސިޑިން ވެއްޓެން އުޅެނިކޮށް އޭނާ ސަލާމަތްކޮށްދީފައި ވަނީ ގޭގައި ގެންގުޅޭ ބުޅަލެވެ. އެ ބުޅާ އެ ކުއްޖާގެ ފަހަތުން ގޮސް، ހެދުމުގައި ހިފައި ފަހަތައް ދަމައި ސަލާމަތް ކުރާ މަންޒަރު ވީޑިއޯ އިން ފެނިގެން ދެއެވެ.

ބައެއް ފަރާތްތަކުން މިވީޑިއޯ މީސް މީޑިއާގައި ދައުރުވުމުން، ބުޅާ ގެންގުޅެންވެސް ވަނީ ނިންމާފައެވެ. ބުޅަލަކީ ބުނާގޮތް ނަހަދާ، ބޭނުން ނުހިފޭ ބޭކާރު ޖަނަވާރެއް ކަމަށްދެކޭ ފަރާތްތަކުގެ ވިސްނުން ގޯސްކަން ވީޑިއޯ އިން ހާމަވެފައިވާ ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.

މީގެ ކުރިންވެސް، އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކުގެ ސަބަބުން މީހުންގެ ފުރާނަ ސަލާމަތްވެފައި އެބަހުއްޓެވެ. ކުރިންވެސް އެފަދަ މަންޒަރު ފެންނަ ވީޑިއޯތައް ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، އޮޅުކޮށްގެން ޖަނަވާރާއި ދޫނިސޫފާސޫފި ގެންގުޅުމަކީ އެކަމުން ފައިދާ ކުރާނެ ކަމެއް ކަމަށް ދިރާސާވެރިންގެ ދިރާސާތަކުންވެސް ހާމަވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު