"ބައިސްކޯފު ޕްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސް 9" ފީޗާ ފިލްމް ކެޓަގަރީން އެންމެ މޮޅު ފިރިހެން ތަރިއަކަށް ޔޫސުފް ޝަފީއު ފިލްމް ދެވަން ސޫރަ ހޮވިއްޖެއެވެ.

ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށް އަދި ޔޫއްޕެ ޕްރޮޑަކްޝަނާއި އެންވިޝަން އެންޓަޓައިންމަންޓް އަދި ގްރީން ސްޓޫޑިއޯ ގުޅިގެން ހެދި ދެވަން ސޫރައިން ޔޫއްޕެއަށް މި އެންމެ މޮޅު އެކްޓަރ އެވޯޑް ލިބުނުއިރު، އޭނާއަކީ ފިލްމް އިންޑަސްޓްރީގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ފަންނާނެކެވެ.

ދެވަންސޫފައަކީ އޭނާ ފިލްމީ ދާއިރާއިން ނެގި ބްރޭކަށްފަހު ހެދި މޮޅު އެއް ފިލްމެވެ.

ވީޑިއޯ ލަަވަތަކާއި، ޒުލޭހާ، ޔޫސުފް، ހެޔޮނުވާނެ ފަދަ އަސަރު ގަދަ ލޯބީގެ ފިލްމްތަކުން ޔޫއްޕެގެ އެކްޓިންގ ވަނީ ފުރިހަމައަށް ދައްކުވައިދީފައެވެ.

އޭނާއަށް މީގެ ކުރިންވެސް ވަނީ އެންމެ މޮޅު އެކްޓަރ އެވޯޑް ލިބިފައެވެ.

ޔޫއްޕެގެ އިތުރުން މި އެވޯޑަށް ނޮމިނޭޓްވި އެހެން ތަރިންނަކީ

  • ފިލްމު ވަކިން ލޯބިން ޖުމައްޔިލް ނިމާލް
  • ފިލްމް އިލް ނޮއިސް މުހައްމަދު މުންތަސިރު
  • ފިލްމް ވިޝްކާ ރަވީ ފާރާގު
  • ފިލްމު މަލިކާ އިސްމާއިލް ޒާހިރު

އޭނާއާ މި އެވޯޑް ހަވާލުކޮށްދެއްވީ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފެވެ.

މި އެވޯޑާއި ހަވާލުވުމަށްފަހު ވާހަކަދައްކަމުން ޔޫއްޕެ ބުނީ، އޭނާގެ މަސައްކަތް ބަލައިގަތް ޖަޖުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާ ކުރާ ކަމަށެެވެ.

"އަޅުގަނޑުގެ ވަރަށް ހަމަ މަސައްކަތް ދެވަންސޫރަ އަކީ. އެހެން ނަމަވެސް މިފަހަރު ވަރަށް ކޮމެޕެޓިޝަން ހައިކޮށް ނޮމިނޭޝަންސްތައް ދިޔައީ. އެހެންނަމަވެސް އެންމެންނާއި ވެސް ވާދަކޮށް އަޅުގަނޑަށް މި އެވޯޑް އުފުލާލުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް". ޔޫއްޕެ ބުންޏެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާސީ

    ނޯނީޑް ދެއާރއާ މޯ ތިންގްސް ތުޑޫ އޮންބިހާފް އޮފް އަވަރ ނޭސަން...

    1
    1
  2. ޖަބީން

    ހުރިހާ ސީނެއްގައި އެއްވައްތަރެއް ، ހުރިހާ ލަވަޔެއްގައި އެއްވައްތަރެއް ޖެއްސީމާތާ މި އެވޯޑް ލިބެނީ؟

    1
    2