"ބައިސްކޯފު ޕްރެސެންޓްސް ދިވެހި ފިލްމް އެވޯޑްސް 9" އެންމެ މޮޅު ފީޗާ ފިލްމަކަށް ވިޝްކާ ހޮވިއްޖެެއެވެ.

ވިޝްކާއަކީ، ސާކް ފިލްމް ފެސްޓިވަލްގައި ރިޝްމީ އެންމެ މޮޅު ބަތަލާއަކަށް ހޮވުނު ފިލްމެވެ. އެ ފިލްމަކީ ރިޝްމީ ޕްރޮޑިއުސްކޮށް، ޓައިޓްލް ރޯލް ކުޅުނު ފިލްމެކެވެ.

ވިޝްކާގެ އިތުރުން މި އެވޯޑަށް ދެން ވާދަކުރި ފިލްމްތަކަކީ

  • އިލް ނޮއިސް
  • ހައްދު
  • ދެވަންސޫރަ
  • ވިޝްކާ
  • ވަކިން ލޯބިން

މި އެވޯޑް ވިޝްކާގެ ޓީމާއި ހަވާލުކޮށްދެއްވީ ޖެންޑާ މިނިސްޓާރ ޝީދާތާ ޝަރީފެވެ.

ރިޝްމީ ބުނީ، މި އެވޯޑަކީ އޭނާ އެއްވެސް ވަރަކަށް އެކްސްޕެކްޓް ކުރި އެވޯޑެއް ނޫން ކަމަށެވެ.

ވިޝްކާ ފިލްމަކީ ރިޝްމީ އާއިލީ ކުންފުނި ޔާރާ ޕްރޮޑަކްޝަނުން މާޗް 8، 2017 ގައި ރިލީޒް ކުރި ފިލްމެކެވެ. އެ ފިލްމަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ރަވީ ފާރޫގް ޑައިރެކްޓް ކުރި ކްރައިމް ތުރިލާއެކެވެ. ފިލްމްގެ ލިޑް ރޯލުންވެސް ފެނިގެން ގޮސްފައި ވަނީ ރިޝްމީ އާއި ރަވީގެ އިތުރުން އަހުމަދު ސައީދެވެ.

ސާކް ފިލްމް ފެސްޓިވަލްގައި ސަރަހައްދަކީ އެހެން ގައުމުތަކުން ފެސްޓިވަލަށް ހުށަހެޅި 17 ފީޗާ ފިލްމާ ވާދަކޮށް، ރިޝްމީ އެންމެ މޮޅު ބަތަލާގެ މަގާމު ހޯދުމަކީ ރާއްޖޭގެ އަންހެނަކަށް ބައިނަލްއަޤުވަމީ މައިދާނުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައިޝާ

    "ސާކް ފިލްމް ފެސްޓިވަލްގައި ސަރަހައްދަކީ އެހެން ގައުމުތަކުން ފެސްޓިވަލަށް ހުށަހެޅި 17 ފީޗާ ފިލްމާ ވާދަކޮށް، ރިޝްމީ އެންމެ މޮޅު ބަތަލާގެ މަގާމު ހޯދުމަކީ ރާއްޖޭގެ އަންހެނަކަށް ބައިނަލްއަޤުވަމީ މައިދާނުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ."
    މިއީ ކާމިޔާބެއް ނޫނޭ ކުދިންނޭ...ކާމިޔާބު އޮތީ އާޚިރަތަށް ގެންދެވޭނެފަދަ ރަނގަޅު ކަންކަމުގަ... އެކްޓްކުރުމާ މީހުން ލައްވާ އެކްޓްކުރުވުމާ މޮޑެލްކުރުން ކަހަލަ ކަންކަމަކީ އަހަރެމެން މުސްލިމުން ކުރަންވާނެ ކަންކަމެއްނޫން.. މިއީ ކާމިޔާބަކަށްވުރެ ނާކަމީޔާބީއާ ކައިރިކަމެއް.. ދެން މިވިސްނުމަކީ އެކްސްޓްރީމް ވިސްނުމެކޭ ބުނަން ބޭނުންވާ ބޭފުޅުންނަށް ބުނެލަންއޮތީ އަދިވެސް ފުންކޮށް ވިސްނާލައްވާށޭ..

    11
    2
  2. އާދު

    އަޅެ ދެން 2017 ގަ ފިލްމަކުން މިއަހަރު 1 ވަނަ ބަތަލާ އައް ހިވުނިމަ ރާއްޖޭގެ ފިލްމީފެންވަރު އެގޭނދޯ