1979 ގައި މަރުވެފައިވާ އަންހެނެއްގެ މަރާއި ގުޅިގެން 73 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެެވެ.

ޗާލްސް ގެރީ ސުއްލީވަން އަކީ އެމެރިކާގެ ދެކނުުގައި އޮންނަ ސިޓީ އަކަށް ނިސްބަތްވާ އުމުރުން 73 އަހަރުގެ މީހެކެވެ. މީނާ ވަނީ އުމުރުން 21 އަހަރުގެ ޒުވާން އަންހެން ކުއްޖަކު 1979 ވަނަ އަހަރު މަރާލާފަ އެވެ. އެހެން ނަމަވެސް މީނާ ހައްޔަރު ކޮއްފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

1979 ވަނަ އަހަރު މަރުވި އުމުރުން 21 އަހަރުގެ ޖޫލިޔާ ވޫޑްވާޑް ގެ މަރާއި 73 އަހަރުގެ މީހާ އާއި ގުޅުމެއް އޮތްކަން 40 އަހަރު ފަހުން ފުލުހުންނަށް ދެނަގަނެވުނީ ފޮރެންސިކް ތަހްލީލްތަކުގެ ވަރަށް އެޑްވާންސް ޓެކްނޮލޮޖީއެއް ބޭނުން ކޮށްގެންނެވެ.

ޖޫލިޔާގެ މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. އޭނާ ގެއްލުނުތާ އެއްމަސްދުވަސް ފަހުން އޭނާ މަރުވެފަ އޮއްވާ ފެނިފައިވަނީ ކޯރެއްގައި އޮއްވައެވެ. އެތަނުން ނެގި އިރު ޖޫލިޔާ ގެ ބޯވަނީ ގަލުންތަޅާ ޗިސްކޮއްލާފަ އެވެ. މީގެ އިތުރުން އޭނާގެ ދެލޮލުގައިވަނީ ބެންޑޭޖް އޮޅާ، ދެފަޔާއި އަތް ބަނދެފައެވެ. އަދި އަނގަމަތީ ވަނީ ފިތިގަނޑެއް އައްސާފަ އެވެ.

ފުލުހުން ބުނީ ޑީ.އެން.އޭ ޓެސްޓުން މި މައްސަަލައިގެ ތަހުގީގަށް ބޮޑު ކުރިއެރުމެއް މިހާރު ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޗާލްސް ގެރީ ފާއިތުވި ދުވަސްތަކުގައި ދިރިއުޅެމުން ގޮސްފައި ވަނީ މި ސަރަހައްދާއި ދުރު އެހެން ހިސާބެއްގައި ކަމަށެވެ. ކައިވެންޏެއްކޮށް މިހާރު އޭނާ އަށް ދަރިން ލިބި ދަރިން ވެސް ވަނީ ބޮޑެތި ވެފައެވެ.

މަރު ތަހުގީގު ކުރާ ފަރާތްތަކުން ބުނީ ފަހުން ހަމަ އެހިސާބުގަ މަރުވެފައިވާ އިތުރު 4 މީހުން މަރާލުމުގައިވެސް ޗާލްސް ގެރީގެ އަތެއް އޮވެދާނެ ކަމަށް މިހާރު ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންކަމުން ފުލުހުން ގެންދަނީ އެމައްސަލަތައް ވެސް މިހާރު އިތުރަށް ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު