އަންހެނުން އަބަދުވެސް ދައްކާ ވާހަކަ އެއް އޮވެއެވެ. އެއީ ފިރިހެނުންނަށް ކައްކަން ނޭނގޭ ވާހަކައެވެ. މިއީ ތެދު ވާހަކަ އެއް ހެއްޔެވެ؟

ފިރިހެން ކުދިން މިކަމަށް އެއްވެސް ގޮތަކަށް އެއްބަހެއް ނުވެއެވެ. އަޅުގަނޑު މިކަމާއި ބެހޭ ގޮތުން ޒުވާން ފިރިހެން ކުދިންތަކަކާއި ސުވާލު ކޮށްލީމެވެ. "އަހަރެެމެންނަށް އެނގޭ ހުރިހާ އެއްޗެއް ކައްކަން. މަ ބިޓަކަށް ނޭނގޭ ރަނގަޅަށް ޕާސްތާ ކޮޅެއްވެސް ހަދަން. ދެން އަހަރެން ދޯ ކައްކަން ދަސްކޮށްދޭން ޖެހޭނީ" ފިރިހެން ކުއްޖަކު ބުނެފައި ވެއެވެ.

އެއީ ތެދެކެވެ. މީގެ ކުރިން އަހަރެމެންގެ ކާބަފައިން ޒަމާނުގައި އާއްމު ގޮތެއްގައި ކައްކައި އުޅެނީ އަންހެނުންނެވެ. ޒަމާން މިދަނީ ބަދަލުވަމުންނެވެ. އަންހެނުންނާއި އެއްވަރަކަށް ފިރިހެނުންވެސް މިވަނީ ކައްކަން ޖެހިފައެވެ. ފިރިހެނުންވެސް ކައްކަން ވާނެއެވެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ޒަވާޖީ ހަޔާތެއް ފަށައި، ފިރިމީހާ އަށް ކައްކައިދޭން ޖެހޭނީ އަނބިމީހާ އެވެ. އެހެންކަމުން ކައްކަން ދަސްނުކޮށް ހުރުމަކީ ބުއްދިވެރި ކަމަކަށް ނުވާނެއެވެ.

މިއީ އެއްވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. ގިނަ އަންހެން ކުދިންނަށް މިހާރު ކައްކާކަށް ނޭނގެއެވެ. ކާން ބޭނުންވަނީ ބޭރުންނެވެ. ކައިވެންޏާއި ކުރިމަތިލައި ކިރިޔާ ކައްކަން ދަސް ކުރަން ފެށެނީއެވެ. މިއީ މިކަން އޮންނަން ޖެހޭ ގޮތެއް ނޫނެވެ. ރަނގަޅު ވާހަކަ އެއް ބުނުމުން ރުޅި އިސް ކުރުމުގެ ބަދަލުގައި އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    އަދި ބުރަވެގެން ވިހެއުންވެސް ފިރިހެންވެރިންނާ ހައްސާނެ!

    6
    17
  2. :@

    ދެން ތިހެން ބުނީމަ މަ ވީ ރުޅިނައިސް ހުންނަންތަ؟ ފިރިހެނުންނާއި އެއްވަރަކަށް އަހަރުމެންވެސް މަސައްކަތްކުރަން. ފިރިހެނުންނަށްވުރެ ގިނަ ވަގުތު ލާރި ހޯދަން މަސައްކަތް ކުރާ ބައެއް އަހަރުމެން އަންހެނުންނަކީ. އެކަމަކު ގޭތެރޭގެ ކަމެއްގަ އެހީވާންވެެއްޖެއްޔާ ހީވަނީ އަތް ވާވެދާނެހެން

    41
    5
  3. Can

    އަޅުގަނޑު ދެކޭ ގޮތުގައި ޒަވާޖީ ހަޔާތެއް ފަށާ ފިރިމީހާ އަނބިމީހާއަށް ވެސް އަނބިމީހާ ފިރިމީހާއަށްވެސް ކައްކައިދޭން ޖެހޭނެ. ކެއްކުން ކީއްކުރަން ގޭތެރޭގެ ހުރިހާ މަސައްކަތެއްގަވެސް އެކަކު އަނެކަކަށް އެހީވާން ވާނެ. އޭރުން ލޯބި އިތުރުވެސް ވާނެ. މިހެން ބުންޏަކަސް ގިނައިން ފެނަނީ އެކަކު ހޭކަނޑާލާފަ މަސަކަތް ކުރާއިރު އަނެކަކު ހޭނެތިފަ އޮންނަތަން. އެކަމަކު ހަމަ ވަރަށް ރަނގަޅު ފިރިންވެސް އުޅޭ.

    44
  4. ޜެހެންދި

    ގިނަ ފިރިހެނުންގެ ވިސްނުމުގައި އުނިކަމެއް އުޅޭތީ ތޯއްޗެއް އަންހެނުން ވަޒީފާ އަދާކުރިޔަސް ފިރިމީހާއަށް ކައްކަންނުކެރެނީ. ޢަ ޖައިބު ހީވޭ އަންހެން މީހާއާއި ދެމީހުން އެއްވަރަކަށް މަސައްކަތް ކޮށްފަ ދެއަތް އުރާލައިގެން އޮވެފައި ކައްކާފައި ކާންހެދީމައި ކާންކެރޭތީ. ލަދުގެ ކަންފުޅެއްވެސް ނުހުންނަނީ މިކަހަލަ ފިރިހެނުންގެ. އިންސާނިއްޔަތު ކަމެއްވެސް ނުހުންނަނީ ގިނަ ދިވެހި ފިރިހެނުންގެ. އޭނަ އަންހެންމީހާ ނިންދަވަން ބާއްވާފަ ކާންދޭން ޖެހުނީމަ އިގޭނެ އަންހެންމީހާ ވަރުބަލި ވާނެވަރު.

    28
  5. ބޮޑުކައްކާ

    މަރިޔަމް ޝާނީ އަށް ތަންދޮރު ނޭގި އަމިއްލަ ޚިޔާލަށް ލިޔެފައިވާ މި ވާހަކަތަކަކީ އެއްވެސް ހަގީގަތެއްނެތް ވާހަކައެއް.(އަންހެނުން އަބަދުވެސް ދައްކާ ވާހަކައެއް އޮވެއެވެ. އެއީ ފިރިހެނުންނަށް ކައްކަން ނޭގޭ ވާހަކައެވެ.) މީރޯމަރު ދޮގު ވާހަކައެއް. ދުނިޔޭގައި އެންމެ މޮޅަށް އެންމެ މީރުކޮށް ކައްކަން ދަންނަނީ ފިރިހެނުން. ރެސްޓޯރެންޓް ތަކުގަޔާ ހޮޓާތަކުގައި ވެސް ކައްކަން ތިބޭނީ ފިރިހެނުން. ރާއްޖޭގައިވެސް އެންމެ އިހުޒަމާނުންފެށިގެންވެސް ހޮޓާ ތަކުގައި ކައްކަންތިބެނީ ފިރިހެނުން. މިހާރަކަށްއައިސް ބައެއްހޮޓާތަކުގައާ ރެސްޓޯރެންޓް ތަކުގައި އަންހެނުންކޮންމެސް ވަރަކަށް ބައިވެރިވޭ. އެކަމަކު ބޮޑުކައްކާ އަކަށް ހުންނަނީ ފިރިހެނެއް. އެހެންކަމުން ފިރިހެނުންނަކީ ކައްކަން ނޭގޭ ބައެއްނޫން. މަރިޔަމް ޝާނީއަށް ތަންދޮރު ނޭގުމަކީ ފިރިހެނުންނަށް ކައްކަން ނޭގުމެއްނޫން. މިކޮމެންޓް ނުޖެހިއަސް ޝާނީއަށް މިހާރު އެނގޭނެ މީ ތެދެއްކަން. މޮޅަށްކައްކަނީ ފިރިހެނުންކަން.

  6. އަހްމަދްފުޅު

    އަހަރެންގެ ރައްޓެއްސަކު ގެއަށް އައިއިރު އަހަރެން އުޅެނީ ކައްކަން. ރައްޓެހިމީހާބުނީ މަލާމަތަކަށް އަނބިދަށުވެފާދޯއޭ. އަހަރެންބުނީ ކަލޭމެނަށްހީވަނީ ކައްކަނީ އަނބި ދަށުވެފާ ތިބީމާހޭ.؟ ފިރިމީހާ ކައްކަނީ އަނބިދަށު ނުވާތީއޭ. އަނބިމީހާ ނުކެއްކިއަސް ފިރިމީހާ ހުންނާނީގޭގައި ހަމަޖެހިލާގެން އިތުރު ޚަރަދެއްނުކޮށްކައިގެން. ކަލޭމެން ތިބެނީ އަނބި ދަށުވެފައޭ. އަނބި މީހާ ނުކައްކައި ފިއްޔާ ހުންނާނީ ބަނޑަށް. އަނބިމީހާކާންދިނިއްޔާ ކެވޭނީ. ދެން އެހެންނޫނީ ދާނީ ހޮޓަލަކަށް ބޮޑުއަގުދީފާ ކާން. މީ އަނބިދަށުވެފާ ތިބޭ މީހުންނަކީ. އެންމެފަހުން ރައްޓެހިމީހާ ޖެހުނީ އެއްބަސްވާން. ފިރިހެނުންކައްކަނީ އަނބިދަށު ނުވާތީކަމަށް.