މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ފާތުމަތު ނަހުލާގެ އަސަރުގަދަ ލޯބީގެ ފިލްްމް "ބޮސް" ބައިސްކޯފުން ދައްކަން ފަށަން ތައްޔާރުވެއްޖެއެވެ.

ބޮސްއަކީ އޮލިމްޕަސްގައި ހައުސްފުލް ޝޯވތަކެއް ދެއްކުމަށްފަހު، ރަށްރަށުގައިވެސް އަޅުވައި އެތައް ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފިލްމެކެެވެ.

"ވަގުތު"އަށް މައުލޫމާތުދެމުން ނަހުލާ ބުނީ، މާދަމާ މެންދުރު ފަހުން ފެށިގެން ބައިސްކޯފުން ފިލްމް ބޮސް ބެލޭނެ ކަމަށެވެ. އަދި ބައިސްކޯފުން ފިލްމް އެއްކޮށް ބެލޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ނަހުލާ ބުނިގޮތުގައި، ބައިސްކޯފުން މި ފިލްމް ދައްކަން ނިންމީ، ގިނަބަޔަކަށް އެ ފިލްމް ބެލޭނެ ގޮތް ހެދުމަށެވެ.

ބޮސްއަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓް ކޮށްފައިވަނީ މަޝްހޫރު ބަތަލާ އައިޝަތު ރިޝްމީއެވެ.

މި ފިލްމުގެ ލީޑް ރޯލަުން ފެނިގެން ގޮސްފައި ވަނީ އެ ފިލްމުން ގިނަ ބައެއްގެ ސަމާލުކަން ހޯދި މުހައްމަދު ޔުނާން އެވެ. އޭނާގެ އިތުރުން މަރިޔަމް އައްޒަ އާއި އިބްރާހިމް ޖިހާދު (ޖިމީ) އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ)ވެސް އެ ފިލްމުން ފެނިގެން ގޮސްފައި ވެއެވެ.

ބޮސް ފިލްމް ބައިސްކޯފުން ދައްކަން ފަށަން ނިންމިއިރު، މިިހާރުވެސް އެޕް މެދުވެރިކޮށް މަޝްހޫރު ފިލްމްތަަކާއި، ސީރީސްތައް ބެލެއެވެ. މީގެ ތެރޭގައިވެސް ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ދެ ސީރީސްއަކީ ނަހުލާގެ ހުވާ އާއި އަހުމަދު އިގްބާލު (އައިކިއު)ގެ އެހެނަސް އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަން

    ޔާﷲ މިފަދަ ބޭކާރުން ދީނާ ދުރު ކަންކަމުން އަޅަމެން ސަލާމަތް ކުރައްވައި އިސްލާމީ ރިވެތި އުޞޫލްތައް މިޤައުމުގައި ދަމަހައްޓަވާންދޭވެ.

    28