ތައިލޭންޑްގެ ބެންކޮކްގައި ބޮޑު ބާގާ ކެއުމުގެ ރޭހެއް ފަށައިފިއެވެ.

ބެންކޮކްގެ ބާގާ ހަދަން މަޝްހޫރު ތަނަކުން މިހާރު އަންނަނީ މީހުންނަށ،ް އެމީހުން ތައްޔާރު ކުރާ ބޮޑެތި ބާގާ ކެއުމުގެ ޗެލެންޖެއް ފަށާފައެވެ. އެގޮތުން އެފަރާތުން ބުނެފައިވަނީ އެ ބާގާތަކުގައި ޖުމްލަ 6 ކިލޯ ހުންނާނެ ކަމަށެވެ. އަދި މީރު ވަރަކަށް މަޔަނައިޒްގެ އިތުރުން ޗީޒް އަޅާފައިވާނެ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ބާގާ އަކީ އެތައް ބަޔަކަށް މީރު އަދި އެހައިމެ ހިތްހަމަ ޖެހިލައިގެން ކެވޭނެ ކަހަލަ ކާއެއްޗެކެވެ. ގިނަ މީހުންނަށް ބާގާ މީރު ވަނީ ވަރަށް ގިނައިން ޗީޒް އަޅައިގެނެވެ. އަނެއްބައި މީހުންނަށް މީރު ވަނީ ގިނައިން މަސް އަޅައިގެން ކާށެވެ.

މިހާރު ބެންކޮކްގައި ފަށައިގެން އުޅޭ ބާގާ ކެއުމުގެ ޗެލެންޖްގައި އެބާގާ ހުސްކުރާ ފަރާތްތަކަށް ކްރިސް ސްޓީކްސް އެންޑް ބާގާސް އިން ވަނީ 330 އެމެރިކާ ޑޮލަރު ހަދިޔާއެއްގެ ގޮތުގައި ދޭން ނިންމާފައެވެ. އެހެން ނަމަވެސް މި ފައިސާ ލިބެނީ އެ ބާގާ 9 މިނަޓްތެރޭ ހުސްކުރާ މީހުންނަށެވެ.

ކްރިސް ސްޓީކްސްގެ ވެރިފަރާތުން ބުނީ، އެއީ ބެންކޮކްގައި މިހާތަނަށް ތައްޔާރު ކޮށްފައިވާ އެންމެ ބޮޑު ބާގާ ކަމަށާއި ކުރިއަށް އޮތްތަނުގައި ކަސްޓަމަރުންނަށް ގިނަ ޗެލެންޖްތައް ހުށަހަޅާނެ ކަމަށެވެ. 6 ކިލޯގެ ދެ ބާގާ ތައްޔާރުކޮށްފައިވާ އިރު ބީފް ބާގާގެ އަގަކީ 82.75 އެމެރިކާ ޑޮލަރެވެ. އަދި އޫރު މަހުން ހަދާފައިވާ ބާގާގެ އަގަކީ 115.86 އެމެރިކާ ޑޮލަރެވެ.