ނިވާކަންކުޑަ ހެދުން ލައިގެން ހުންނަ ފޮޓޯތައް ނަގައި އެ ފޮޓޯތައް މީސްމީޑިއާގައި އާންމު ކުރުމަކީ ގޯހެއްކަން ވިސްނިއްޖެ ކަމަށް އެމެރިކާގެ މަޝްހޫރު ރިއަލިޓީ ތަރި، ކިމް ކާޑޭޝަން ބުނެފިއެވެ.

ކިމް ކާޑޭޝަން މީޑީއާގައި ވާހަކަ ދައްކަމުން މިކަމާއި ގުޅޭގޮތުން ބުނެފައިވަނީ، އެފަދަ ކަންކަމުގެ ސަބަބުން އޭނާގެ އާއިލާއަށް ނުރަނގަޅު އަސަރުތައް ކުރާނެކަން އެނގޭ ކަމަށެވެ. އަދި މޮޑެލް ކުރުމަކީ އޭނާގެ ދާއިރާ ކަމުގައި ވީނަމަވެސް، ނިވާކަން ކުޑަ ގޮތްގޮތަށް ހުންނަ ފޮޓޯ އާންމު ކުރެވުމަކީ އެކަމުން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަން ޤަބޫލުކުރެވޭ ކަމަށް ކިމް ބުނެފައި ވެއެވެ.

ކިމް ކާޑޭޝަން ބުނެފައިވާ ގޮތުގައި އޭނާގެ މި އަމަލުތަކުގެ ސަބަބުން ފިރިމީހާ އަދި އެމެރިކާގެ މަޝްހޫރު ރެޕަރ، ކޭން ވެސްޓްވެސް އެކަމާއި ގުޅޭގޮތުން އޭނާއާއި ވާހަކަ ދައްކާ ކަމަށެވެ. އެގޮތުން ފޮޓޯތައް އާންމު ކުރުމުގައި ވެސް ވަކި ހަމަތަކެއް ހުންނަންވާނެ ކަމަށް ފިރިމީހާ ބުނެފައިވާ ކަމަށް ކިމް ބުންޏެވެ.

ކިމް ބުނިގޮތުގައި އޭނާއަށް ފިރިމީހާގެ މި ނަސޭހަތް ޤަބޫލުކުރެވެއެވެ. އަދި އަމިއްލައަށް އެކަމާއި މެދު ވިސްނާލުމުންވެސް، އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން ޤަބޫލު ކުރެވޭ ކަމަށާއި، ދަރިންނަށްވެސް އެފަދަ މަންޒަރުތައް ފެނުމަކީ އެކުދިންނަށް ނުރަނގަޅު މަގު ދައްކައިދޭނެ ކަމެއްކަން ވިސްނޭ ކަމަށެވެ.

"ދަރިންގެ ކުރިމަތީގައި އަހަންނަކަށް އަހަރެންގެ އިންސްޓަގްރާމް ވެސް ހުޅުވައިގެން ނުނބެލޭނެ. އެއީ އަހަރެންގެ އިންސްޓަގްރާމުގައި ގިނަ ވާނީ ނިވާކަން ކުޑަ ހެދުން ލައިގެން އަހަރެން ނަގާފައި ހުރި ފޮޓޯ ކަމަށް ވާތީ. މިއީ އަހަރެން ވަރަށް ފުންކޮށް ވިސްނާ ކަމެއް،" ކިމް ކާޑޭޝަން ބުނެފައި ވެއެވެ.

ދަރިންނަށް އޭނާގެ އަމަލުތަކުގެ ސަބަބުން ނޭދެވޭ އަސަރު ކޮށްފާނެ ކަމަށްޓަކައި ކިމް ކަންބޮޑުވެފައި ހުރިއިރު، އޭނާގެ ހަތަރު ދަރިން އެބަތިއްބެވެ. އޭގެތެރެއިން އެންމެ ހަގު ދަރިފުޅަށް 6 މަސް ފުރިފައިވާއިރު، އެއް އަހަރާއި ހަ އަހަރުގެ ދެ އަންހެން ކުއްޖަކާއި ތިން އަހަރުގެ ފިރހެން ކުއްޖެއް އޭނާގެ އެބަހުއްޓެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. pizza

    ޢަލްޙަމްދުލިއްﷲ

    36
    3
  2. ހުސޭނުބޭ

    އެކަން ކޮށްކޮށް މުސްކުޅިވެ މީހުން ބަލާނުލާ ހިސާބަށް ދިއުމުން ވިސްނުކަންވެސް ނަސީބެއްނު!

    48
    2
  3. ކާޑޭޝިއަން

    މީނައަށް ވިސްނިއްޖެދޯ އޮރިޔާމުން މީހުންގެ ތެރޭ އުޅުމަކީ ރަގަޅު ގޮތެއް ނޫންކަން. ވަރަށް ރަގަޅު. ތިއާއިލާގެ ދެންތިބި މީހުންނަށްވެސް ވިސްނިއްޖިއްޔާ ރަގަޅު.

    25
    3
  4. ހޫ

    ރަނގަޅު ކަލޭ!

    21
    2
  5. އަޙްމަދު

    މީ އެބުނާ ފަރަންޖިން އެކަމަކު އަހަރުމެންގެ ޙާލު އަނެއްކޮޅަށް. އަހަރުމެން ބޭނުންވަނީ ވީހާވެސް ނިވާކުޑަކަން!

    28
    4
  6. އަހުމަދު

    މި މަންޖެއަށް މާތް ﷲ ހެޔޮވިސްނުން ދެއްވާއިށިއެވެ. އަދި އިސްލާމް ދީނުގެ ހިދާޔަތު ދެއްވާށިއެވެ. އާމީން.................................

    2
    1