މީސް މީޑިއާގައި އެކި ދުވަސް ވަރު އެކި ކަންކަން ވައިގައި ހިފައެވެ. މިއީ މިހާރު ވެސް އަނެއްކާ ތަފާތު ކަމެއް ވައިގައި ހިފައިގެން އުޅޭ ދުވަސްކޮޅެކެވެ.

މަޖަލަކަށް ބައި މީހުން އެމީހުންގެ ކުރީގެ ފޮޓޯތަކާއި މިހާރުގެ ފޮޓޯތައް ބޭނުން ކޮށްގެން ހަދާފައިވާ މީމެއް ދަނީ އާންމު ކުރަމުންނެވެ.

އެމީމްގައި ކުރީގެ ފޮޓޯ އަކާއި މިހާރުގެ ފޮޓޯ އަކާއި އެކު ލިޔެފައި އޮންނަ ލިޔުންކޮޅުގައި ބުނެފައި އޮންނަނީ "އޭރު އަހަރެން ދެކެ ލޯބި ނުވިނަމަ މިހާރު އަހަރެން ލިބުން ޙައްޤެއް ނޫން" ކަމަށެވެ.

މިމީމް އަމިއްލަ އަށް ހަދައިގެން ވަރަށް މަޝްހޫރު މީހުން ދަނީ އެމީހުންގެ މީސް މީޑިއާ އެކައުންޓްތަކުގައި އާންމު ކުރަމުންނެވެ.

ނަމަވެސް ކުރިން ވެސް ރީތި މިހާރު ވެސް ރީތި މީހުން ތިބީ އެމީހުން މިމީމް ތައްޔާރު ކުރާނީ ކިހިނެއްތޯ ސުވާލު ކުރާށެވެ. ލޮލް.

https://twitter.com/tyrabanks/status/981984003535196160

https://twitter.com/mindykaling/status/982276432922460162

 

ކިޔުންތެރިންގެ ހިޔާލު