ތުއްތު ކުއްޖަކަށް ފުރަތަމަ ފަހަރަށް އަޑު އިވޭ މަންޒަރު ފެނި ލިބުނު ހިތްހަމަ ޖެހުން މުޅި މީސް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

4 މަހުގެ ޖޯޖިނާގެ ބައްޕަ، ޕައުލް އެޑިސަން ވަނީ ޖޯޖިއާ އޭނާގެ މަންމަގެ އަޑުޖެހުމުން އޭނާގެ މޫނޫ މަތީގައިވާ އުފާވެރިކަން ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި އާންމުކޮށްފައެވެ. އެތައް މިލިއަން މީހުން މި ވީޑީއޯ ބަލާފައިވައިރު، ވީޑިއޯ ފެނިފައި ގިނަ ބަޔަކު ވަނީ ހިތްހަމަޖެހުމުގެ ޝުޢޫރުތައް ފާޅުކޮށްފައެވެ.

ޖޯޖިނާގެ ކަންފަތުގެ އަޑު އިވުން ގެއްލިފައިވާކަން އެނގި ދެ ކަންފަތަށްވެސް ހިއަރިންގ އެއިޑްސް ލައްވާފައިވަނީ ސެޕްޓެމްބަރު މަހުގައެވެ.

ޕައުލް ބުނެފައިވަނީ އޭނާގެ ދަރިފުޅަށް ފުރަތަމަ އެ ހިއަރިންގ އެއިޑް ބޭނުން ކޮށްގެން އަޑު އިވުމުން އޭނާ ވަރަށްވެސް އުފާވި ކަމަށެވެ.

"ޖޯޖިނާގެ ކަންފަތުގެ އަޑުއެހުން ލިބުމަކީ އަޅުގަނޑާ އަންހެނުންނަށް ލިބުނު އުފާވެރިކަމެއް. އަދި ލުއިސްގެ އަޑު އިވުމުން ޖޯޖިނާގެ މޫނުމަތިން ފެނިގެން ދިޔައީ ވަރަށްވެސް އުފާވެރި މަންޒަރެއް. އެއީ ފުރަތަމަ ފަހަރަށް ޖޯޖިނާއަށް އޭނާގެ މަންމަގެ އަޑު އިވުމުން" ޕައުލް ބުންޏެވެ.

ޕައުލް ބުނެފައިވަނީ، އަމިއްލަ ދަރިއަކަށް މިފަދަ ކަމެއް ދިމާވުމުން ހުރިހާ މައިންބަފައިންވެސް ދެރަވާނެ ކަމަށެވެ. އަދި މިފަދަ ކަންކަމުން ސަލާމަތް ވެވޭނީ ވެސް މަދު ބަޔަކަށް ކަމަށް އޭނާ ބުންޏެވެ. ޖޯޖިނާގެ މޫނަށް ކޮންމެ ދުވަހެއްގެ ހެނދުނު އަންނަ ކުލަވަރުން ހީވެފައިވަނީ އެވަގުތު ޖޯޖިނާއަށް ކަންފަތުގެ އަޑުއެހުން ލިބިގެން އުޅޭހެން ކަމަށް ޕައުލް ވަނީ ބުނެފައެވެ.

ޖޯޖިނާގެ ހިނިތުންވުމާއި އޭނާގެ މަންމަގެ ވާހަކަތަކަށް މޫނުމަތިން ދޭ ސަމާލުކަމުން ފެންނަ މި ވީޑިއޯ މުޅި މީސްމީޑީ އާއި އެތައް ބަޔަކު މިހާރު ދަނ ދައުރު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު