ހިސާބު މާއްދާ ފަސޭހަކޮށް، ދަރިވަރުންނާ ގުޅޭގޮތަށް އެމާއްދާ ކިޔަވައިދިނުން ކުރިއަށް ގެންދިޔުމަށް، އިންޑިޔާގެ ގުޖުރާތު ސަރުކާރުން އެކަމަށް ޚާއްޞަ ކޮމިޓީއެއް އެކުލަވާލައިފިއެވެ. މި ކޮމިޓީ އެކުލަވާލުމަށްފަހު، ޗެއާމަނަކަށް ހަމަޖައްސާފައިވަނީ ގުޖުރާތުގެ އެޑިއުކޭޝަން މިނިސްޓަރެވެ.

ގުޖުރާތުގެ ސަރުކާރުން ވާހަކަ ދައްކަވަމުން، އެސްޓޭޓުގެ ހިއުމަން ރިސޯސް މިނިސްޓަރު ވިދާޅުވެފައިވަނީ 2017 ވަނަ އަހަރު ކުރިއަށް ގެންދެވުނު އެސެސްމަންޓް ސާވޭތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ގިނަ އަދަދެއްގެ ކުދިން ހިސާބު ދެކެ ބިރުގަނެ، އެމާއްދާ ކިޔަވަން ބޭނުން ނުވެއެވެ.

އެހެންކަމުން، މި ކޮމިޓީގެ މަސައްކަތަށްވާނީ ކުދިންނާ ގުޅޭގޮތުން އަދި އެކުދިން ގަޔާވާނެ ފަދަ ގޮތަކަށް ހިސާބު މާއްދާ ކިޔަވައިދިނުން ބައްޓަން ކުރުންކަމަށާއި އަދި މުޅި މާއްދާއަކީ ފަސޭހަ މާއްދާއެއްގެ ގޮތުގައި ފަރުމާ ކުރުންކަމަށް އެފަރާތުން ބުނެފައިވެއެވެ.

މީގެއިތުރުންވެސް، މީޑިޔާތަކުން ބުނެފައިވާ ގޮތުގައި މި ކޮމިޓީގެ މަސައްކަތްތައް ފަށާ، ނަތީޖާތައް ނެރެ، ތިން މަސް ދުވަހުގެ ތެރޭގައި މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ބަޔާންކޮށްފައިވާ ރިޕޯޓެއް ސަރުކާރަށް ހުށަހަޅަން ޖެހެއެވެ.

ހިސާބަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ކުދިން އެންމެ ކިޔަވަން ބޭނުން ނުވާ އެއް މާއްދާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ހިސާބު ގަޑީގައި މަކަރު ހެދީމަ ތަމެން ހިސާބުން ފާސް ނުވާނެ އެއް ނޫންތޭ މަމެން ބުނަން ނެތީމު ދޯ. ތަމެންނަށް އިނގޭތޭ 1 ޕްލަސް 1 އީކްއަލް ކިހާވަރެއްތޭ. މަޑުކޮށްލާށޭ ކަލްކް ފޯނުން ލޯޑް ކޮށްލާނަމޭ ތިހާ ބޮޑު ނަމްބަރަކަށް ވާތީވެ ހަދާލަން އިނގޭތޭ. ވާޓް...