ދޮގު ހަދާ ވަގުތުގައި ބައެއް މީހުންނަކީ އެމީހުންގެ އަމަލުތަކާއި މޫނުގެ އިހުސާސްތަކަށް ބަލާލުމުން އެ ހަދަނީ ދޮގުކަން ވަރަށް ސާފުކޮށް ފެންނާނޭ ބައެކެވެ. އެމެރިކާގެ އެފްބީއައިގައި ކުރިން މަސައްކަތްކުރި ފަރާތެއްކަމުގައިވާ ގްރެގް މެކްރެރީ ބުނާގޮތުގައި މީހަކު ދޮގު ހަދާނަމަ އެންމެ ފަސޭހައިން އެކަން ދަނެގަނެވޭނީ އެމީހާ ވާހަކަދައްކާ އަޑަށް އަންނަ ކުދި ކުދި ބަދަލުތަކަށް ސަމާލުވުމުންނެވެ.

އާންމުކޮށް ވާހަކަދައްކާގޮތާއި އަޑާއި އަޅާކިޔާއިރު އެމީހާ ދޮގު ހަދާ ވަގުތުގައި ތަފާތުތަކެއް އުޅޭނޭ ކަމަށާއި އާދައިގެ ފަސޭހަ ސުވާލެއް ކުރުމަށްފަހު ދޮގު ހަދާފާނޭވަރުގެ ސުވާލެއް ކުރުމުން އެކަންކަން ވަރަށް ފަސޭހައިން ނަގައިގަނެވިދާނެ ކަމަށް އޭނާ ބުނެއެވެ. އެގޮތުން އެމީހެއްގެ ނަން އަހާ ވަގުތުގައި މީހާގެ އަޑު ހުންނަ ގޮތާއި ދޮގެއްކަމަށް ޝައްކުކުރެވޭ ވާހަކައެއް ބުނާ ވަގުތުގައި އަޑަށް އަންނަ ބަދަލު ވަރަށް ފަސޭހައިން ދަނެގަނެވިދާނެއެވެ.

ހަމަހިމޭންކޮށް ހުރެ ވާހަކަދެއްކުމަކީވެސް މީހާ ދޮގު ހަދާކަމުގެ ނިޝާނެކެވެ. އޭގެ ބަދަލުގައި ކޮންމެވެސް ވަރެއްގެ އިޝާރާތްތަކަކާއި އެކު ވާހަކަދައްކާނަމަ އެއީ ތެދަކަށްވުން އެކަށީގެންވެއެވެ. އެގޮތުން ހަށިގަނޑާއި ކައިރިއަށް އަތް ގެނެސް ހެދުމަކީ އާންމުކޮށް ދޮގުހެދުމުގެ ނިޝާނެކެވެ.

މީހާގެ ހަށިގަނޑުގެ އަމަލުތަކާއި މޫނު މަތިން ފެންނަން ހުންނަ އިހުސާސްތަކުންވެސް މީހާ ދޮގު ހަދާކަން ހާމަވެގެން ހިނގައިދާނެއެވެ. މީހާ ބޭނުންކުރާ ބަސްތަކަށް ބަދަލު އައިސް ކަމެއް އޮޅުވާލަން ބައެއް އާދަޔާޙިލާފް ބަސްތަކެއް ބޭނުންކުރުމަކީވެސް އެމީހަކު ގަސްތުގައި ދޮގު ހަދާކަމުގެ ނިޝާނެކެވެ.

ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި ދޮގެއް ހަދާއިރު މީހާ އާންމުކޮށް ވައަތް ފަރާތަށް ބަލައިހަދާފާނެއެވެ. އެއީ ސިކުނޑީގައި ކަމެއް ނުވަތަ ހާދިސާއެއް އުފައްދަން މަސައްކަތްކުރުމުގެ ނިޝާނެކެވެ. އޭގެ ބަދަލުގައި ކަނާތް ފަރާތަށް ބަލައި ހެދުމަކީ މީހާ ކަމެއް ރަނގަޅަށް ހަދާންކޮށް ވާހަކަދައްކަން އުޅޭކަމުގެ ނިޝާނެކެވެ. މިއީ ދޮގު ހަދާ ވަގުތުގައި ބައެއް މީހުންގެ ކިބައިން ވަރަށް ފާހަގަވާ ސިފަތަކެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާަައަހުމަދު

    ދިރާސާ ކުރި ފަރާތުންވެސް ހަދަނީ ދޮގު

    25
  2. ސައު

    ބައެއް މީހުން އުޅޭ ދޮގު ހަދާ ހަދާ އެހަދަނީ ދޮގެއްކަން ނޭނގޭ ފެންވަރަށް ދޮގުހަދާ މީހުން. އެހެންވީމާ ތިކުރި ދިރާސާ އެމީހުނަކަށް ނުގުޑާނެ. ހެހެ

    27
    1
  3. ކުސުމް

    ذއަހަރެންގެ މައިދައިތައަށް ލިބޭނެ އެވޯޑު. ޑޮގު ގުޅަ.

    7
    1
  4. ޑަޑަ ގުންޑަން

    ތިޔައީ ދިރާސާކުރި މީހާ ދޮގުހަފާ ގޮތްކަމަށްވާނީ.
    މިހާރު ދޮގުހަދާނީ މާރީތިކޮށް ޤާނޫނުގެ ތެރެއިން.
    ޢެންމެމީހެއް ކީކުރަން ރައްޔިތުންވެސް ޤަބޫލުކުރާ
    ފެންވަރަށް. މާސަޅި ދޯ.

  5. މެރެތެން

    ތީ ހުސްދޮގު ވާހަކަ.

    2
    1