އޮންލައިންކޮށް ވިޔަފާރި ކުރުމަކީ ފަސޭހަކަމެކެވެ. އެއީ ގޭގައި އިނދެގެން އެކަން ކޮށްލެވޭތީ އާއި އެހެން ފިހާރައަކަށް އެކަން ކުރަން ދާން ނުޖެހޭތީއެވެ. ރާއްޖެއިން ބޭރުން އޯޑަރު ކުރާ އެއްޗެހި ހަމަ އެދުވަހު ނުލިބުނުކަމުގައިވިޔަސް، ޤައުމުގެ އެތެރޭގައި މިކަންކަން އޮތީ ހަމަ ވަރަށް ފަސޭހަކޮށެވެ.

ބައެއް ފަހަރު މިހެން ބޮޑެތި އޮންލައިން ވިޔަފާރި ވެބްސައިޓުތައް މެދުވެރިކޮށް ވިޔަފާރި ކުރާއިރު ލަނޑުވެސް ލިބެއެވެ. އޯޑަރު ކުރި އެތި ނޫން އެހެން އެއްޗެއް ލިބޭ ފަހަރު އާދެއެވެ. ހަމައެހެންމެ، އޯޑަރު ކުރި އެއްޗާ އެއްވެސް ގުޅުމެއް ނެތް އެއްޗެހިވެސް އެކި މީހުންނަށް ލިބިފައި އެބަ ހުއްޓެވެ.

މިއީވެސް ހަމަ އެފަދަ އެހެން ކަމެކެވެ.

ބައެއް ޤައުމުތަކުގައި ވަރަށް މަޝްހޫރު އީ-ކޮމާސް ވެބްސައިޓެއްކަމުގައިވާ "އަސޯސް" އިން މީހަކު ޖީންސް އަކާއި އައިނަކަށް އޯޑަރު ކުރުމުން ލިބިފައިވަނީ ރަތް ކުލައިގެ އަންހެނުންގެ ޕާޓީ ހެދުމެކެވެ.

ޓްވިޓަރ ގައި މަޝްހޫރު ޑައިލަން އިވާންސް މިކަން، ޓްވިޓަރ މެދުވެރިކޮށްވަނީ ހާމަކޮށްފައެވެ. އަދި، މިކަމާ ގުޅިގެން އޭނާވަނީ މީސް މީޑިޔާގައި ޖޯކުވެސް ޖަހާފައެވެ.

މިކަމާ ގުޅިގެން އަސޯސް އިން މަޢާފަށް އެދިފައިވާއިރު މި މައްސަލަ ހައްލުކޮށްދޭނެކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މީގެކުރިންވެސް މިކަހަލަ ކަންކަން ހިނގާފައިވާއިރު، ކެމެރާއަކަށް އޯޑަރު ކުރުމުން ކެމެރާއެއްގެ ކުރެހުމެއް އައި ވާހަކައެއްވެސް ކުރިން މަޝްހޫރުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ

    ލޮލް

  2. ބޮހޮބޮހޮ

    ހެހެ ތީ އަދި އޮންލައިން ވިޔަފާރިތާ، މިދިޔަ ހަފްތާގައި މާލޭގެ މަސްހޫރު ފިހާރައަކުން ގަތް އަގުބޮޑުތަކެތީގެ ތެރެއިން ޑެލިވަރީ ކޮށްދިނީ އެއްބައި މަދުން، ތަކެތި ގެއަށް ގެންދިޔަވަގުތުން ފެށިގެން މައްސަލަ ޖެއްސުމުންވެސް އަދި އަލި މަގެއް ނުފެނޭ މިހާރު ހަފްތާއެއްވީ، ދާއިރަށް ބުނާނެ އެއީ މިވެނި ބައެއްގެ ކަމެކޭ އެމީނުންނާ ގުޅޭގޮތެއްވެސް ނުވި، މީ އަހަރެމެންގެ ކޮންމެ މީހަކު ސްމާޓް ފޯނު ގެންގުޅޭނެ މީހާ ސްމާޓް ނުވިޔަސް ކީއްކުރާނީ ދޯ މީވާވަރަކީ..