މީސް މީޑިޔާގައި މީގެ ދެގަޑިއިރެއްހާ އިރު ކުރިން އާންމު ވެފައިވާ ފޮޓޯއަކަށް މިވަނީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައެވެ. ތެޅި ގަލުން ރާނާފައި ހުރި އިމާރާތެއްގެ، އެއް ފަރާތެއްގައި ދިއްލާފައިވާ ބޮތްކެއްގެ މި ފޮޓޯއާއެކު ގިނަ ބަޔަކު މިވަނީ އަންތަރީސް ވެފައެވެ.

ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ފޭސްބުކުގައި ޕޯސްޓުކޮށްފައިވާ މި ފޮޓޯއިން ފެންނަނީ ލ.ފޮނަދޫ ފެހިއަލި ގޭގެ ގިފިލި ތެރެއަށް އަލިކުރުމަށް އެލުވާފައި އޮތް ބޮތްކެކެވެ. "މިއީ ލ. ފޮނަދޫ ފެހިއަލި ގޭގެ ގިފިލި ތެރެއަށް އަލިކުރުމަށްޓަކައި ހަރުކޮށްފައިވާ ބޮތްކެއް. މި ބޮކި ހަރުކުރިތާ 27 އަހަރު ވެއްޖެ ކަމަށް މިގޭގައި ދިރިއުޅޭ މީހުން މަޢުލޫމާތު ދިން." ފޭސްބުކުގައި ފޮޓޯ އާއިއެކުގައި ލިޔެފައިވެއެވެ.

މިވާހަކަ ގަބޫލު ނުކުރާ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް މިއީ ހަމަ ތެދު ވާހަކައެވެ. އެ ބޮތްކަކީ މާލެއިން ގެނައި ބޮތްކެއް ކަމަށާއި، އަދި އެއީ މީގެ 27 އަހަރު ކުރިން ހަރުކޮށްފައިވާ ބޮތްކެއް ކަމަށް ފެހިއަލި ގޭގެ ވެރިފަރާތް ކަމަށްވާ އަބްދުﷲ އަނީސް މިވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

އަނީސް މަޢުލޫމާތު ދިންގޮތުގައި މި ބޮތްކަކީ ފެހިއަލިގެ ހަދައި، އެގެޔަށް އެ އާއިލާއިން ބަދަލުވިއިރު ގިފިއްޔަށް އަލިކުރުމަށް ހަރުކުރި ބޮތްކެކެވެ. އަދި އޭގެ ފަހުން އެ ބޮކި ބަދަލުކޮށްފައި ނުވާ ކަމަށާއި، އަދި އޭގެ ފަހުން ކޮންމެ ދުވަހަކުވެސް އެ ބޮކި ބޭނުންކުރަމުންދާ ކަމަށް އޭނާ ވަނީ ބުނެފައެވެ. "އެ ބޮތްކަކީ މީގެ 27 އަހަރު ކުރިން ގެޔަށް ބަދަލުވަމުން ހަރުކުރި ބޮތްކެއް. އޭރު ފުރަތަމަ ގޯތީގައި ހެދީ ކާގެއަކާއި، ބަދިގެއަކާއި އަދި ގުދަނެއް. އޭރު ހެދި ގިފިއްޔަށް އަލިކުރަން ހަރުކުރި ބޮތްކެއް އެއީ..." އަނީސް ކިޔައިދިނެވެ.

އަނީސް "ވަގުތު" އަށް މައުލޫމާތު ދެނީ
އަނީސް "ވަގުތު" އަށް މައުލޫމާތު ދެނީ

އަނީސް އިތުރަށް ބުނީ އޭރު އުޅުނީ ކާގޭގައި ނިދައިގެން، ބަދިގޭގައި ކައްކާ ކައިގެން ކަމަށެވެ. އަދި ފެހިއަލިގެ ހެދީ އޭގެ ފަހުން ކަމަށާއި، އެހެންނަމަވެސް އެ ބޮކި ބަދަލުކޮށްފައިނުވާނެ ކަމަށް އަނީސް ވަނީ ބުނެފައެވެ. އެ ބޮކި ބަދަލު ނުކުރާ ކަމުގެ %100 ޔަގީންކަން ދޭކަމަށްވެސް އަނީސް ބުންޏެވެ.

މީގެ އަހަރުތަކެއް ކުރިން އުފައްދާފައިވާ އިލެކްޓްރޯނިކް ތަކެތި ފަސޭހައިން ހަލާކު ނުވާ ވާހަކަ އާއި ނަމަވެސް މިހާރު އުފައްދާ އެފަދަ ތަކެތި މާފަސޭހައިން ހަލާކުވާ ވާހަކައަކީ އާއްމު ވާހަކައެކެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ކުބޭ

    ތީކީ އާކަމެއްނޫން ރައްޖޭގަ ވަރައްގިނަރައް ރަށުގަ އެބަހުރި 1990 އަދި 1991 ހާތައި ކަރަންޓްލީ ތަންތަނުގަ ފިހާރަތަކުގަ މުސްކުޅިން ދިިރިއުޅޭންތާގަ އަދިވެސް ފުރަތަމަ ޖެހިބޮކި ސޮކެޓް ހޮޅިބުރި ތަންމަތި މަގުބައްތި

    51
    2
  2. ޢަކު

    ތާޖު މަހަލް އިން ގެއްލުނު ބޮކި ފެނުނީތާ

    31
    14
  3. އައްޑޫ މީހާ

    އަހަރެންގެ އަތުގައި އެބަހުރި 14 އަހަރު ވެފައިވާ ކަރަންޓު އިސްތިރިއެއް ކޮންމެ ދުވަހަކު ބޭނުންކުރޭ އަދިވެސް ހަމަަ ބަރާބަރު

    58
    4
  4. އެން ޑީ

    އަޖައިބެއް ތެޔޯ

    20
    2
  5. ވިސްނޭ

    ޖިންނީގެ ކަމަކަށް ތި ވާނީ..

    23
    13
  6. ލާމް ހަބޭސް

    ދެން އަނީސް އަކައްނު ރަނގަޅީ ދޯ

    40
    2
  7. ސްޓޭންލީ

    އިޒް ދިސް އިޓް؟

    21
    3
  8. ގަޑި

    އަހަރުމެން ގޭގަ އެބަހުރި 30އަހަރުވީ ގަޑިއެއްވެސް ހަމަ އަދިވެސް ރަނގަޅު. އެއވެސް މައްސަލައެއް ނުޖެހޭ

    34
    4
  9. ދިއްދޫ ލަތީފު ބެ

    ތިޔަ ބޮއްކަށް ހި މާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދިނު މަށްޓަކައި އަދި ދާރުލް އާސާރަ ގެނެވެން ދެން ހި މާޔަތައް ފުލުހަކު ވެސް ބަހަށްޓަން އެބަ ޖެހޭ

    41
    4
  10. ހަސަދު

    ތިޔަ ރަށަޗް ކަރުންޓުލިތާ ކިހާދުވަހެއްބާ!!

    34
    1
  11. ޝަހް

    މި ގޭގަވެސް އެބައިން 20 އަހަރު ވެފަ އިން ލައިޓެއް

    19
    3
  12. ބޮކި

    މިގޭގަވެސް އުޅޭ 40 އަހަރުވެފަ ހުރި ބޮތްކެއް. 20 ސަކައް އަހަރު ދިއްލޭތަާ

    9
    3
  13. ޏިސއ

    އަހަރެމެންގެ މައުމޫން ކަހަކަ ބޮތްކެއްދޯ....

    18
    1
  14. ޖަންބު

    އަހަރެމެންގޭ ދޮރުމަތީގަ އެހެރަގޭގަ އެބައުޅޭ ހަތްދިހައަހަރުވީ ޒުވާނެއް އެއްމެދަތެއްވެސް ނުވެއްޓޭ ނުރައެއްނުޖަހާ ބަރާބަރު ޑަކުޓަރުން ނަކީ އޭނަ ދަނަންނަ ބައެއްނޫން އަޅެ އަޖައިބެއްނުން

    22
    3
  15. ނނ

    ކޮންބރޭންޑެއްގެ ލައިޓެއްތަ؟

    12
    1
  16. އެމް ޑީ

    ސްޓެލްކޯގެ ފަރާތުން ބުނެލަން ތީ ހައިރާންވާންވީ ކަމެއް ނޫން. 30 އަހަރުވަންދެން ބަދަލެއް ނައިސް ވެރިކަން ކުރި މައުމޫނެއްވެސް މިރާއްޖޭގައި.

    22
    4
  17. މުދައްރިސް

    އަނީސް ތި ގެވަޅަށް ބަދަކުވިތާ 27 އަހަރު ވެއްޖެ ބާ؟

    7
    2
  18. ޓިނު

    އަހެރެން އު މުރުން އެން މެ 7އ ގަ ގެނާ ބޮތްކެއް އަދިވެސް ނާދާ މިހާރު އަހަރެން އު މުރުން 0 4

    4
    3
  19. މުކި

    ތިބޮކީގެ މައުލޫމާތުބޮކި އުފައްދާކުންފުންޏަކަށް ރިސާޗުހެދުމަށް ދީ ނުވަތަ ވިއްކާލެވިދާނެ ބޮޑުއަގުގަ

    5
    2
  20. މޮޔަ

    އަހަރުންގެއި އިންނާނޭ އަލިފާން އަޅާ އިސްތިރި އެއް، އަދިވެސް ހަމަ ބަރާބަރައް މަސައްކަތް ކުރޭ. އިސްތިރި އަށްވީ އަހަރެއް އިނގޭނީ މުނިމާމާގެ މުނިމާމައަށް. އެމާމަ ގެ ނަމެއް ނޭންގޭ

    18
    3
  21. ކޮތަރުބިސް

    މާދަމާއަކީ އަހަރެންގެ ގޭގެ ފާރުގަ ހަރުކޮއްފަހުރި ބޮޑުގަޑިއައް 80 އަހަރުފުރޭ އުފަންދުއަސް ޅަދުވަސްވަރެކޭ އެއްފަދައިން މިއަދާހަމަޔައްވެސް ރަނގަޅައްހިނގަ ހިނގަ ހުރީތީ ގަޑިހެދިމީހާއައް ށުކުރު އަދާކުރަން

  22. ...

    އަހަރުންގޭ އެބައިން 20 އަށްވުރެ ގިނަ އަހަރުވެފައިން ފަންކާއެއްވެސް.. އަދިވެސް ރަނގަޅު...

  23. އޭތްއޯތް!

    ތި ބޮކި ނުއަނދާ ތިހުރީ، އެ ގެއަށް ފެހިއަލި ކިޔާތީއެވެ.

  24. އަދް

    އަހަރެންގެ އަންހެނުންނަށްވެސް މިހާރު 50 އަހަރުވެއްޖެ، އަދިވެސް ވަރަަށް ޒުވާން

  25. ކިޔުންތެރިޔާ

    އަހަރުމެންގެ ގައުމުގަ އެބަހުރި 30 އަހަރު ވެރިކަންކޮށްފަ ހުރި މީހެއްވެސް. އަދިވެސް ހަމަ ހުރިގޮތައް ހުރީ. ލަކުނެތް ނެތްތާކު ކޫރުމެއްވެސް ނެތް އެޅިފަކާއެއް.

    • ހަހަ

      އެއީތެދެއް.. އަދިވެސް ވެރިކަމާއިވެގެން އުޅެނީ.

      4
      1
  26. ނަވްބެ

    އަހަރުންގޭ ފާހަނާ ތައްޓަށްވެސް ވެދާނެ ތިހާދުވަސްދ....